08 Apr 2012, 22:17
ހެންވޭރު ބެރެބެދިމާގެ އިން ވަގަށް ނަގާފައިވާ އިލެކުޓޯނިކުސް ސާމާނުތަކާއި އެ ތަކެތި ނެގިކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ ވަށްކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ގއ. ވިލިނގިލި، ހަނދުވަރީގެ މިޔާދު އަޙުމަދު،33، އާއި ހ. ސީރާޒް އިބްރާޙީމް ޝާޙް،33،ގެ އިތުރުން މ. ސޭބޫގެ މުޙައްމަދު ފާރިޝް،27، އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ފުލުހުނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ދިރިއުޅޭތަން ތަން ބަލައި ފާސްކުރުމުން ބެރެބެދިމާގެއިން ވަގަށް ނަގާފައިވާ ލެޕްޓޮޕަކާއި ދެ އައިފޯން ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ މޯޑިވުސް ޕޮލިސް ސާވިސް އިން ގެންދަނީ ތަހުގީގުކުރަމުންނެވެ.