Last Updated:
3 year 12 month ago

ވޯލްޑް ކަޕުގެ 32 ވަނަ މެޗުގެ ލައިވް ބްލޮގް: ޕޯޗުގަލް 2 - 0 އުރުގުއާއި

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ 32 ވަނަ މެޗުގައި، ޕޯޗުގަލް އަދި އުރުގުއާއިގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    01:58

    ބްރޫނޯގެ މޮޅު ކުޅުމާއި ދެ ލަނޑާއެކު ޕޯޗުގަލް އިން އުރުގުއާއިގެ މައްޗަށް ކުރި ހޯދައި، މުބާރާތުގެ ރައުންޑް އޮފް 16 އަށް ދަތުރު ކޮށްފި. އުރުގުއާއި އިން އެ ހިސާބަށް ދާން ބޭނުން ނަމަ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސާބިއާ ބަލިކުރަން ޖެހޭނެ.

    ފޮޓޯ/ގެޓީ އިމޭޖަސް
    01:56

    އިތުރު ވަގުތުގެ އަށްވަނަ މިނެޓު: ހެޓްރިކް ފުރިހަމަކޮށް ޕޯޗުގަލް އަށް ތިންވަނަ ލަނޑެއް ޖަހައިދޭން ބްރޫނޯގެ ނުރައްކާތެރި ހަމަލާއެއް. ޑީއޭރިއާ ތެރޭގައި ހުރެފައި ބްރޫނޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.

    01:51

    90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ނުވަ މިނެޓު ދައްކައިފި.

    ފޮޓޯ/ގެޓީ އިމޭޖަސް
    01:50

    ޕެނަލްޓީ ކާމިޔާބުކޮށް އިތުރު ވަގުތުގެ ދެވަނަ މިނެޓުގެ ތެރޭގައި ބްރޫނޯ ފެރްނާންޑޭޒް ޕޯޗުގަލް އަށް ލީޑު ފުޅާ ކޮށްދީފި.

    01:42

    90 ވަނަ މިނެޓު: އޭރިއާ ތެރެއިން އުރުގުއާއި ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހި ޕޯޗުގަލް އަށް ޕެނަލްޓީއެއް ލިބިއްޖެ. ރެފްރީ މި ނިންމުން ނިންމީ ވީއޭއާރުގެ އެހީގައި.

    01:33

    81 ވަނަ މިނެޓު: ރޮނާލްޑޯ. ޖާއޮ ފެލިކްސް އަދި ވިލިއަމް ކަވާލިއޯގެ ބަދަލުގައި ގޮންޒާލޯ ރާމޮސް، މެތިއަސް ނުނޭޒް އަދި ޖާއޮ ޕަލީނިއާ ކުޅެން އަރުވައިފި. ރޮނާލްޑޯ ބޭލުމުން ޕޯޗުގަލްގެ ކެޕްޓަން ބޭންޑު އެޅީ ދަނޑު މަތީގައި ހުރި އެޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ، ޑިފެންޑަރު ޕެޕޭ.

    01:32

    ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މެކްސިމިލިއާނޯ ގޮމޭޒް، ކުޅެން އެރިތާ މިނެޓެއްގެ ތެރޭގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފި. އެހެންނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.

    01:25

    73 ވަނަ މިނެޓު: އުރުގުއާއިގެ އެޓޭކުތައް ވަރުގަދަ ކުރުމުގެ ގޮތުން ބަދަލުތަކެއް ގެނެސްފި. އެގޮތުން ޑާވިން ނޫނޭޒް އާއި އެޑިންސަން ކަވާނީގެ ބަދަލުގައި މެކްސިމިލިއާނޯ ގޮމޭޒް އާއި ލުއިސް ސުއަރޭޒް ވަނީ ކުޅެން އަރުވާފަ.

    01:11

    54 ވަނަ މިނެޓު: ބްރޫނޯ ފެރްނާންޑޭޒްގެ ލަނޑަކުން ޕޯޗުގަލް އިން މެޗުގައި ލީޑު ނަގައިފި. މިއީ ރޮނާލްޑޯ އަށް ހުރަސް ކޮށްދޭން ބްރޫނޯ ނަގައިދިން ހުރަހެއް، ރޮނާލްޑޯގެ ބޮލުގައި ނުޖެހި ގޮސް ގޯލުގެ ތެރެއަށް ވަދެގެން ޕޯޗުގަލް އަށް ކާމިޔާބު ކުރެވުނު ލަނޑެއް.

    ލަނޑޫ ޖެހުމަށްފަހު ޕޯޗުގަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ -- ފޮޓޯ/ގެޓީ އިމޭޖަސް
    01:06

    ޕޯޗުގަލް އާއި އުރުގުއާއި ބައްދަލު ކުރާ މެޗުގެ ދެވަނަ ހާފު ފަށައިފި.

    00:47

    އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނެޓުގެ ކުޅުންވެސް ހަމަވެއްޖެ. ނަތީޖާ އަކަށް ބަދަލެއް ނާދޭ. ދެ ޓީމުންވެސް ކުޅެނީ ލަސް، އާދައިގެ ގޭމެއް.

    00:43

    ދެ ޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް މިހާތަނަށް ފެނިގެންދާ މި މެޗުގެ ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކީ ތިން މިނެޓު.

    ފޮޓޯ/ގެޓީ އިމޭޖަސް
    00:41

    41 ވަނަ މިނެޓު: ލިބުނު އަނިޔާ އަކާއި ގުޅިގެން ރޮވިފައި ހުރެ ނޫނޯ މެންޑޭޒް ދަނޑުން ފައިބައިފި. ބަދަލުގައި ކުޅެން އެރީ ރަފައެލް ގެރޭރޯ. މިއީ މި މެޗުގެ ފުރަތަމަ ބަދަލު.

    00:21

    32 ވަނަ މިނެޓު: ޕޯޗުގަލްގެ ޑިފެންސް ލައިން ފޫ އަޅުވާލުމަށްފަހު ތިން ކުޅުންތެރިން ކައިރިން ނައްޓާލާ އޭރިއާ ތެރެއަށް ވަދެ އުރުގުއާއިގެ ބެންޓަންކޫރު ފޮނުވާލި ހަމަލާ، ވަރަށް ހުސިޔާރު ކަމާއެކު ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޯސްޓާ ވަނީ ދިފާއު ކޮށްފަ.

    00:18

    ފުރަތަމަ ހާފުގެ 20 މިނެޓު ކުޅެވުނުއިރު މިހާތަނަށް އަދި ދެ ޓީމުންކުރެ ޓީމަކަށް އޮން ޓާގެޓް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.

    00:13

    މެޗުގެ 15 ވަނަ މިނެޓާއި ހަމައަށް ކުޅުނު އިރު ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ޕޯޗުގަލް އިން. އެޓީމުން 74 އިންސައްތަ ބޯލް ޕޮޒެޝަން ހިފަހައްޓާފައިވޭ.

    މިހާތަނަށް އައި އިރު އުރުގުއާއި ޓީމުން ޖުމްލަ ހަ ފައުލެއް ކޮށްފައިވާއިރު އެޓީމުގެ ރޮޑްރިގޯ ބެންޓަންކޫރަށް ރީނދޫ ކާޑެއްވެސް ދައްކާފައިވޭ.

    މިއީ މިފަހަރުގެ ވޯލްޑް ކަޕުގައި މެޗެއްގެ ތެރެއިން ފެނުނު އެންމެ އަވަސް ރީނދޫ ކާޑު. އެ ކާޑު ދައްކާފައި ވަނީ ފަސް މިނެޓާއި 46 ސުކުންތުން.

    ފޮޓޯ/ގެޓީ އިމޭޖަސް
    23:54

    މި މެޗުން އުރުގުއާއި ބަލިކޮށްގެން ޕޯޗުގަލް އަށް ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރު ކުރެވޭނެ. މެޗުން އުރުގުއާއި މޮޅުވެއްޖެ ނަމަ އެޓީމަށް އެ ފުރުސަތު ފަހިވާނެ.

    23:24

    މި މެޗުގައި ޕޯޗުގަލްގެ ފުރަތަމަ 11 ގައި ހިމަނާފައިވާ ޕެޕޭ އަކީ މި މެޗު ކުޅުމާއެކު ފީފާ ވޯލްޑް ކަޕުގެ މެޗެއްގައި ކުޅޭނެ ތިންވަނަ އަށް އެންމެ އުމުރުން ދޮށި ކުޅުންތެރިޔާ. އެއީ 39 އަހަރާއި 275 ދުވަސް. މި ރެކޯޑު ލިސްޓުގެ އެއްވަނަ ލިބެނީ ރޮޖާ މިލާއަށް. ދެވަނަ ލިބެނީ އަޓިބާ ހަޗިންސަން އަށް.

    ޕެޕޭ --- ފޮޓޯ/ގެޓީ އިމޭޖަސަް
    23:21

    ޕޯޗުގަލް އާއި އުރުގުއާއި ބައްދަލު ކުރާ މެޗުގައި ދެ ޓީމުން ބޭނުންކުރާ ފުރަތަމަ 11.

    ދެ ޓީމުގެ ފުރަތަމަ 11.