Last Updated:
3 year 12 month ago

ވޯލްޑް ކަޕުގެ 29 ވަނަ މެޗުގެ ލައިވް ބްލޮގް: ކެމަރޫން 3 - 3 ސާބިއާ

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ 29 ވަނަ މެޗުގައި، ސާބިއާ އަދި ކެމަރޫންގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    17:05

    މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުވެސް ހަމަވެއްޖެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕުގައި އެންމެ ފޯރިގަދަ، އެންމެ ތަފާތު މެޗު. 3-3 އިން މެޗު އެއްވަރުވި އިރު ދެ ޓީމުގެ ފަރާތުންވެސް ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ.

    ހާއްސަކޮށް ކެމަރޫން ޓީމުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިންސެންޓް އަބޫބަކުރު މި މެޗުގައި ތަފާތު ދެއްކި.

    16:56

    ދެވަނަ ފަހަރަށް ލީޑު ނަގަން ސާބިއާ އަށް ރަނގަޅު ފުރުސަތެއް. އޭރިއާ ތެރޭގައި ހުރެފައި މިޓްރޮވިޗް ފޮނުވާލި ހަމަލާއަށް ހުރަސް އެޅީ ކެމަރޫންގެ ކީޕަރު.

    16:55

    90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓު ވަނީ ދައްކާފަ.

    16:49

    90 މިނެޓުގެ ކުޅުން ހަމަވާން ކައިރި ވެފައިވާއިރު މިހާތަނަށް މެޗުގައި ޖުމްލަ 25 ހަމަލާއެއް ފެނިގެން ގޮސްފައިވޭ. އެއީ ކެމަރޫން އިން ފޮނުވާލި 12 ހަމަލާ އާއި ސާބިއާ ޓީމުގެ ކުޅުންތެރިން ފޮނުވާޅި 13 ހަމަލާ.

    އެހެންނަމަވެސް ގޯލާއި އަމާޒުވާ ގޮތަށް ކެމަރޫން ޓީމަށް ފޮނުވާލެވުނީ ހަތް ހަމަލާއެއް. ސާބިއާގެ ހަމަލާތަކުގެ ތެރެއިން ހަތަރު ހަމަލާއެއް ވަނީ ގޯލާއި އަމާޒު ކޮށްލާފަ.

    16:47

    ވިންސެންޓް އަބޫބަކުރު އަކީ ތާރީޚުގައިވެސް (1966 ވަނަ އަހަރު މިފަދަ ތަފާސްހިސާބުތައް ބަލަން ފެށިފަހުން) ވޯލްޑް ކަޕުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި އެއް މެޗެއްގައި ލަނޑު ޖަހައި އެސިސްޓު ކުރި އެފްރިކާގެ ފުރަތަމަ ކުޅުންތެރިޔާ.

    16:31

    65 ވަނަ މިނެޓު: ވިންސެންޓް އަބޫބަކުރު ތަނަވަސް ކޮށްދިން ފުރުސަތެއްގައި މުޅިން ހުސްކޮށް ހުރެ ޗުޕޯ މޮޓީންގް ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ކެމަރޫނުން ނަތީޖާ ހަމަހަމަ ކޮށްފި.

    ލަނޑު ޖެހުމަށްފަހު ޗުޕޯ-މޮޓިންގް އުފާ ފާޅު ކުރަނީ --ފޮޓޯ/ގެޓީ އިމޭޖަސް
    16:25

    ކެމަރޫން އިން މެޗުގައި ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފި ކޮށްފި. މިއީ 64 ވަނަ މިނެޓުގައި މުޅިން ހުސްކޮށް ހުރެ ގޯލާއި ދިމާލަށް ގޮސް، ކުރިއަށް ޖެހި ހުރި ސާބިއާގެ ކީޕަރުގެ ބޯމަތިން ބޯޅަ "ޗިޕެއް" ޖަހާލައިގެން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ވިންސެންޓް އަބޫބަކުރު ކާމިޔާބު ކުރި ހިތްގައިމު ލަނޑެއް.

    16:06

    ދެވަނަ ހާފު ފަށައިގެން އަށް މިނެޓުގެ ތެރޭގައި ސާބިއާ އިން ތިންވަނަ ލަނޑެއް ޖަހައިފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިތުބާރު ފޯވާޑް އެލެކްސަންޑްރާ މިޓްރޮވިޗް.

    ފޮޓޯ/ގެޓީ އިމޭޖަސް
    16:04
    ހާފް ޓައިމް ސްކޯ -- ސަން ގްރެފިކްސް/އަލީ ޝާހީން
    16:01
    ސާބިއާގެ ދެވަނަ ލަނޑު ޖަހައިދިން މިލިންކޮވިޗް ސެވިޗް -- ސަން ގްރެފިކްސް/އަލީ ޝާހީން
    15:59
    ސާބިއާޣެ ފުރަތަމަ ލަނޑު ޖަހައިދިން ޕެވްލޮވިޗް -- ސަން ގްރެފިކްސް/އަލީ ޝާހީން
    15:53

    އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ކުޅުންވެސް ހަމަވެއްޖެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގި ކެމަރޫން އަށް ލީޑު ފުޅާކުރާނެ ފުރުސަތު ލިބުނު ނަމަވެސް، ހާފުގެ ފަހު ކޮޅު ދެ ލަނޑު ޖަހައިގެން ސާބިއާ އިން މިވަނީ ނަތީޖާ ހަމަހަމަކޮށް، ފުރަތަމަ ފަހަރަށް ލީޑު ވެސް ނަގާފަ.

    15:48

    އިތުރު ވަގުތުގެ ތިންވަނަ މިނެޓުގެ ތެރޭގައި ސާބިއާ އިން ދެވަނަ ލަނޑެއް ޖަހައި މެޗުގައި ލީޑު ނަގައިފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސެވިޗް. މިއީ ޑީ އޭރިއާ ބޭރުން އޭރިއާ ލައިން މަތީ ކަހަލަ ގޮތަކަށް ހުރެފައި ފޮނުވާލި ހަމަލާއަކުން ސެވިޗް ޖެހި ލަނޑެއް.

    ގެޓީ އިމޭޖަސް
    15:47

    އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ސާބިއާ އިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފި. ހިލޭ ޖެހުމަކުން ޓެޑިޗް އޭރިއާ ތެރެއަށް ނަގައިދިން ހުރަހުގައި ލިބުނު ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕެވްލޮވިޗް.

    ގެޓީ އިމޭޖަސް
    15:46

    45 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ހަ މިނެޓު ވަނީ ދައްކާފަ.

    15:44

    42 ވަނަ މިނެޓު: ކެމަރޫންގެ ނުރައްކާތެރި ހަމަލާއެއް. ސާބިއާގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޕިއާ ކޫންޑޭ ބޯޅަ ހޯދުމަށްފަހު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ ދިޔައީ ސީދާ ކީޕަރާއި ދިމާލަށް. ކީޕަރު ދިފާއު ކުރި ބޯޅަ ރިބައުންސް ވެގެން އައުމުން ދެވަނަ ފަހަރަށް ކޫންޑޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒު ނުވެ.

    15:42

    ކެމަރޫން އިން ވޯލްޑް ކަޕުގައި އެންމެފަހުން ޖެހި ތިން ލަނޑަކީވެސް ސެޓް ޕީސް ތަކުން ކާމިޔާބު ކޮށްފައިވާ ލަނޑުތަކެއް. އެއީ ކޯނަރަކުން ތަނަވަސްވި ދެ ފުރުސަތެއްގައި އާއި، ޕެނަލްޓީ އަކުން ކާމިޔާބު ކުރި ލަނޑެއް.

    15:39
    ސަން ގްރެފިކްސް/އަލީ ޝާހީން
    15:38

    ކެމަރޫންގެ ލަނޑާ ގުޅިގެން އެޓީމުގެ ކުޅުންތެރިން އުފާ ފާޅު ކުރަން އުޅުމުގެ ތެރޭގައި، ކްރިސްޓިއަން ބަސޯގޮގަށް ރީނދޫ ކާޑެއް ދައްކައިފި. ބަސޮގް އަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ބެންޗުގައި އިން ކުޅުންތެރިއެއް. ލަނޑާއެކު އޭނާ ވަނީ ދަނޑު މަތިން، ދަނޑު ހުރަސް ކޮށް ދުވެފަ.

    15:26

    29 ވަނަ މިނެޓު: ކެމަރޫން އިން މެޗުގައި ލަނޑު ޖަހައި ލީޑު ނަގައިފި. މިއީ ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ކާސްޓެލެޓޯ ކާމިޔާބު ކުރި ލަނޑެއް. އެގޮތުން ޓޮލޯ ނަގައިދިން ހުރަހެއް، އޭރިއާ ތެރޭގައި ހުރި ކެމަރޫންގެ އެންކޫލޫ ބޮލުން ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ގޯލު ކުރިމަތިން ހުރަސް ވެގެން ދަނިކޮށް، ކާސްޓެލެޓޯ ވަނީ ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ވައްދާލާފަ.

    ގެޓީ އިމޭޖަސް
    15:23

    24 ވަނަ މިނެޓު: ސާބިއާގެ ޒިވްކޮވިޗަށް ކުރި ފައުލަކާއި ގުޅިގެން ކެމަރޫންގެ އެންކޫލޫ އަށް ރީނދޫ ކާޑެއް. މިއީ މި މެޗުގެ ފުރަތަމަ ރީނދޫ ކާޑު.

    ކެމަރޫނާއި ސާބިއާ ބައްދަލުކުރާ މެޗުގެ ތެރެއިން ---ފޮޓޯ/ގެޓީ އިމޭޖަސް
    15:17

    20 މިނެޓާއި ހަމައަށް ކުޅެވުނުއިރު މެޗުގެ 60 އިންސައްތަ ޕޮޒެޝަން ހިފަހައްޓަނީ ސާބިއާ އިން.

    15:01

    މެޗުގެ 15 ވަނަ މިނެޓާއި ހަމައަށް ކުޅުނުއިރު ސާބިއާ އިން މިހާތަނަށް ތިން ހަމަލާއެއް ފޮނުވާލާފައިވޭ. ކެމަރޫން އަށް ފޮނުވާލެވުނީ އެންމެ ހަމަލާއެއް.

    14:52

    ދެ ޓީމުން މެޗުގައި ބޭނުންކުރާނެ ފުރަތަމަ 11.

    ދެ ޓީމުގެ ފުރަތަމަ 11.