19:00


އެސްޓީއޯ އިން ވިއްކާ ޑީސަލް ލީޓަރަކުން 42 ލާރި މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.


އެސްޓީއޯ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން ވިއްކާ ޑީސަލްގެ އަގަށް މިއަދުން ފެށިގެން ބަދަލު ގެނެސް، މިހާރު ޑީސަލް ލީޓަރެއް ވިއްކާ އަގަކީ ލިޓަރެއް އަށް ރުފިޔާ ފަސްދޮޅަސް ދެ ލާރި އަށް ކަމަށާއި މި ބަދަލު ގެންނަން ޖެހުނީ އެސްޓީއޯ އިން ގެނެސްފައިވާ ޑީސަލް ޝިޕްމަންޓުގެ އަގަށް އައިސްފައިވާ ބަދަލަކާ ގުޅިގެން ކަމަށެވެ.


އެސްޓީއޯ އިން ވިއްކަމުންދާ ޑީސަލް ލީޑަރެއްގެ އަގު މީގެކުރިން ހުރީ އަށް ރުފިޔާ ވިހި ލާރި އަށެވެ. މިއީ އެސްޓީއޯ އިން ތެލުގެ އަގަށް މި އަހަރުގެ ތެރޭގައި ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.