08 Apr 2012, 17:55
އައިޖީސީއެސްއީގެ ހަތަރު މާއްދާއަށް ހާއްސަކޮއްގެން ޓުރެއިނިން ޕުރޮގުރާމެއް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފި އެވެ.
މި ޕުރޮގުރާމަކީ ގުރޭޑު އަށަކުން އަދި ދިހައެއްގެ ސްކޫލްތަކުގެ ޓީޗަރުން ތަމުރީން ކުރުމަށް 2000 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ކެމްބުރިޖް އިންޓަނޭޝަނަލް އެގްޒޭމިނޭޝަންނާ ގުޅިގެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
މިއަހަރުގައި ޓުރެއިނިން ޕުރޮގުރާމުގައި ހިންގާނީ މެތަމެޓިކުސް، އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖް، އޯލެވެލޮ މެރިން ސައެންސް އަދި އޯލެވެލް ފިޒިކުސް މި ހަތަރު މާއްދާ އަށެވެ.
މިތަމުރީން ޕުރޮގުރާމުގައި ކިޔަވައިދޭނީ ކެމްބުރިޖް އިންޓަނޭޝަނަލް އެގްޒަމިނޭޝަންސް ގެ މުގައްރަރަށް އައިސްފައިވާ ބަދަލުތަކާއި ދަރިވަރުން އިމްތިހާނަށް ތައްޔާރުކުރާނެ ގޮތްކަމަށް އެޑިއުކޭޝަން މިނިސްޓުރީން ބުންޏެވެ.
މި ބައްދަލުވުމުގައި ކިޔަވާދެއްވާނީ ކޭމްބްރިޖް އިންޓަރނެޝަނަލް އެގްޒަމިނޭޝަންސްގެ ސާނަވީ އިމްތިހާންތަކާބެހޭ ބައިގެ އެގްޒާމިނަރެވެ. މިބައްދަލުވުމުގައި ރާއްޖޭގެ 90 ސުކޫލަކުން 130 މުދައްރިސުން ބައިވެރި ވެއެވެ.