Last Updated: 3 year 12 month ago
Last Updated:
3 year 12 month ago
ވޯލްޑް ކަޕުގެ 27 ވަނަ މެޗުގެ ލައިވް ބްލޮގް: ކްރޮއޭޝިއާ 4 - 1 ކެނެޑާ
22:54
ކްރޮއޭޝިއާ އިން ހަތަރުވަނަ ލަނޑެއް ޖަހައިފި. މިއީ ލޮވްޖޯ މާޖާ ޖަހައިިދިން ލަނޑެއް.

މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި 6 މިނެޓު ވަނީ ދައްކާފަ.
70 ވަނަ މިނެޓު: ކްރޮއޭޝިއާ އިން ތިންވަނަ ލަނޑެއް ޖަހައިފި. މި ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ކްރެމަރިޗް.
65 ވަނަ މިނެޓު: މެޗުގައި މިހާތަނަށް ކްރޮއޭޝިއާ އިން ހަ ހަމަލާއެއް އުފެއްދިއިރު އޭގެ ތެރެއިން ފަސް ހަމަލާއެއް ވަނީ ގޯލާއި އަމާޒުވާހެން ފޮނުވާލާފަ.
ކެނެޑާ އަށް މެޗުގައި އުފެއްދުނީ ހަތަރު ހަމަލާއެއް. އޭގެ ތެރެއިން ދެ ހަމަލާއެއް ގޯލާއި އަމާޒު ކޮށްލާފައިވޭ.
މެޗުގެ 54 އިންސައްތަ ޕޮޒެޝަން ހިފަހައްޓަނީ ކްރޮއޭޝިއާ އިން.

ކެނެޑާ އިން ދެވަނަ ހާފު ފެށީ ދެ ބަދަލަކާއި އެކު. އެއީ ލެރިން އަދި ސްޓެފަންގެ ބަދަލުގައި އިސްމާއިލް ކޯނޭ އަދި ޖޮނަތަން ކުޅެން އަރުވައިގެން.
ކްރޮއޭޝިއާ އާއި ކެނެޑާ ބައްދަލުކުރާ މެޗުގެ ދެވަނަ ހާފު ފަށައިފި.
އިތުރުވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ކުޅުންވެސް ހަމަވެއްޖެ. މެޗު ފަށައިގެން ދެ މިނެޓުގެ ތެރޭގައި އަލްފޮންސޯ ޑޭވިސްގެ ލަނޑުން ކެނެޑާއަށް ލީޑު ނެގުނަސް، މަޑު މަޑުން ކުޅުން ރަނގަޅުކޮށް ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ކްރޮއޭޝިއާ އިން ވަނީ ލީޑު ނަގާފަ.

މެޗުގެ ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓު ދައްކައިފި.
44 ވަނަ މިނެޓު: ޑީއޭރިއާ ތެރޭގައި ހުރެފައި ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މާކޯ ލިވާޖާ ކްރޮއޭޝިއާ އަށް ދެވަނަ ލަނޑެއް ޖަހައިދީ ލީޑު ނަގައިދީފި.
36 ވަނަ މިނެޓު: ޕެރިސިޗްގެ އެހީތެރިކަމާއެކު ކްރަމަރިޗް ކްރޮއޭޝިއާ އަށް ލަނޑެއް ޖަހައިދީ ނަތީޖާ ހަމަހަމަ ކޮށްފި.
26 ވަނަ މިނެޓު: ކްރޮއޭޝިއާ އިން ލަނޑެއް ޖެހި ނަމަވެސް މި ލަނޑު ބަލައި ނުގަތުމަށް ރެފްރީ ވަނީ ނިންމާފަ. މި ލަނޑު ބަލައި ނުގަންނަން ރެފްރީ ނިންމީ، ލަނޑު ޖެހި ކްރެމަރިޗަށް ބޯޅަ ލިބުނު އިރު އޭނާ އޮފްސައިޑު މަގާމެއްގައި ހުރުމުން. އެ ނިންމުން ނިންމީ ވީއޭއާރުގެ އެހީ ހޯދުމަށްފަހު.

22 ވަނަ މިނެޓު: ނަތީޖާ ހަމަހަމަ ކުރަން ކްރޮއޭޝިއާ އަށް ރަނގަޅު ފުރުސަތެއް. ކޮވެސިޗް ދިން ތުރޫ ޕާހެއްގެ އެހީގައި މާކޯ ލިވާޖާ އަށް ހަމަލާއެއް ފޮނުވާލަން ފުރުސަތު ލިބުނު ނަމަވެސް، ބޯޅަ ދިޔައީ އޭނާއަށް ނުލިބި ކެނެޑާގެ ކީޕަރުގެ އަތައް.
ކެނެޑާއިން މެޗުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ޖެހި ލަނޑަށްފަހު ދެ ޓީމުގެ ފަރާތުންވެސް ފެންނަނީ ދާދި ހަމަހަމަ، ވާދަވެރި ކުޅުމެއް. ކްރޮއޭޝިއާ އިން އެއް ހަމަލާ އޮން ޓާގެޓަށް ފޮނުވާލައި އެ ހަމަލާއިން ލަނޑު ޖެހިއިރު ކްރޮއޭޝިއާ އަށް އަދި މެޗުގައި ހަމަލާއެއް އުފެއްދިފައެއް ނުވޭ.
އަލްފޮންސޯ ޑޭވިސް އަކީ އެ ޓީމުން ފީފާ ވޯލްޑް ކަޕުގައި ކުޅުނު ދެ މުބާރާތުގެ ތެރެއިން ކުޅުނު ފަސް މެޗުން، އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ. މީގެ 36 އަހަރު ކުރިން ކުޅުނު ވޯލްޑް ކަޕުގައި ކެނެޑާ ތިން މެޗު ކުޅެފައިވާއިރު އަދި މި ފަހަރުގެ ވޯލްޑް ކަޕުގައި މި މެޗާއި ހަމައަށް އިތުރު އެއް މެޗު ކުޅެފައިވާއިރު މިއީ އެ ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ލަނޑެއް ކާމިޔާބު ނުކުރެވޭ.
މެޗު ފަށައިގެން 1 މިނެޓާއި 10 ސިކުންތުގެ ތެރޭގައި ކެނެޑާއިން ލަނޑު ޖަހައި ލީޑު ނަގައިފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލްފޮންސޯ ޑޭވީސް. މިއީ ބުޗަނަން ނަގައިދިން ހުރަހަކަށް އޭރިއާ ތެރެއަށް އަރައި ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ޑޭވީސް ކާމިޔާބު ކުރި ލަނޑެއް. މިއީ މިފަހަރުގެ ވޯލްޑް ކަޕުގެ އެންމެ އަވަސް ލަނޑު.

މެޗުގައި ވާދަކުރާ ކްރޮއޭޝިއާ އާއި ކެނެޑާ ޓީމުގެ ފުރަތަމަ 11.