Last Updated:
3 year 12 month ago

ވޯލްޑް ކަޕުގެ 26 ވަނަ މެޗުގެ ލައިވް ބްލޮގް: ބެލްޖިއަމް 0 - 2 މޮރޮކޯ

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ 26 ވަނަ މެޗުގައި، ބެލްޖިއަމް އަދި މޮރޮކޯގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    19:55

    އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ކުޅުންވެސް ހަމަވެއްޖެ.. 0-2 އިން މެޗު ކާމިޔާބު ކުރީ މޮރޮކޯ. މޮރޮކޯ އަކީ ފުޓުބޯޅައިގެ ދުނިޔޭގެ ރޭންކިންގެ 22 ވަނައިގައި އޮތް ޓީމެއް. ބެލްޖިއަމް އަކީ ރޭންކިންގެ ދެވަނައިގައި އޮތް ޓީމު.

    މި މޮޅާއެކު މޮރޮކޯ އަށް ހަތަރު ޕޮއިންޓު ލިބުނުއިރު އެޓީމަށް ވަނީ މުބާރާތުގެ ނޮކް އައުޓް ސްޓޭޖުން ޖާގަ ހޯދުމުގެ ފުރުސަތު ވަރަށް ބޮޑަށް ތަނަވަސް ވެފަ.

    19:51

    މޮރޮކޯ އިން އިތުރުވަގުތުގެ ދެވަނަ މިނެޓުގެ ތެރޭގައި ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފި. މިއީ މޮޅު ކުޅުމަކަށްފަހު ބެލްޖިއަމްގެ ހާފުގެ މެދެއްހައި ހިސާބުން ބޯޅަ ހިފައިގެން ގޮސް އޭރިއާ ތެރެއަށް ވަދެ ހަކީމް ޒިޔެޗް ހުރަސް ކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ޒަކަރިއްޔާ ކާމިޔާބު ކޮށްދިން ލަނޑެއް.

    19:50

    އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި މޮރޮކޯ އަށް ކޯނަރެއް. މިއީ މެޗުގައި އެ ޓީމަށް ލިބުނު ފުރަތަމަ ކޯނަރު.

    19:38

    މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓު ދައްކައިފި.

    19:26

    73 ވަނަ މިނެޓު: ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ހަނި އޭންގަލް އަކުން ގޯލުގެ ތެރެއަށް ވައްދާލައިގެން މޮރޮކޯއިން ލީޑު ނަގައިފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުލް ހަމީދު ސަބީރީ.

    ލަނޑު ޖެހުމަށްފަހު މޮރޮކޯގެ ކުޅުންތެރިން ޝުކުރުގެ ސަޖިދައެއް ޖަހަނީ --- ފޮޓޯ/ގެޓީ އިމޭޖަސް
    19:22

    65 ވަނަ މިނެޓު: ބެލްޖިއަމްގެ ނުރައްކާތެރި ހަމަލާއެއް. ޑީއޭރިއާ ތެރޭގައި ހުރެފައި މާޓެންސް ފޮނުވާލި ބާރު ހަމަލާއަށް ހުރަސް އެޅީ މޮރޮކޯގެ ކީޕަރު.

    19:08

    މޮރޮކޯ އާއި ބެލްޖިއަމް ބައްދަލުކުރާ މެޗުގެ ދެވަނަ ހާފު ފަށައިފި.

    18:48

    ޒިޔެޗް ފޮނުވާލި ބޯޅަ ގޯލަށް ވަން ނަމަވެސް، މޮރޮކޯގެ ރޮމައިން ސައިސް އޮފްސައިޑު މަގާމެއްގައި ހުރެ ބޯޅައަށް މަސައްކަތް ކުރުމުން މިއީ ލަނޑެއް ނޫން ކަމަށް ރެފްރީ ވަނީ ނިންމާފަ. މި ނިންމުން ނިންމުމަށް ރެފްރީ ވަނީ ވީއޭއާރުގެ އެހީ ހޯދާފަ.

    ފޮޓޯ/ގެޓީ އިމޭޖަސް
    18:47

    މި ލަނޑު ބަލައި ގަތުމަށް ރެފްރީ ވީއޭއާރުގެ އެހީ ހޯދަނީ.

    18:46

    އިތުރު ވަގުތުގެ ތެރޭގައި ލިބުނު ހިލޭ ޖެހުމެއް ގޯލަށް ވައްދާލައިގެން މޮރޮކޯ އިން ލީޑު ނަގައިފި. ހިލޭ ޖެހުން ފޮނުވާލީ ހަކީމް ޒިޔެޗް.

    18:41

    ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކީ އެންމެ މިނެޓެއް.

    18:37

    40 މިނެޓާއި ހަމައަށް ކުޅެވުނު އިރު ބެލްޖިއަމް އިން ޖުމްލަ ހަ ހަމަލާއެއް ފޮނުވާލައި އޭގެއިން އެއް ހަމަލާ ގޯލާއި އަމާޒު ކޮށްލާފައިވޭ..

    މޮރޮކޯ އަށް ގޯލާއި އަމާޒުވާ ގޮތަށް އެންމެ ހަމަލާއެއްވެސް ފޮނުވާ ލެވިފައެއް ނެތް. އޮފް ޓާގެޓު ތިން ހަމަލާއެއް ފޮނުވާލާފައިވޭ.

    18:31

    35 ވަނަ މިނެޓު: ބެލްޖިއަމްގެ ހާފުގެ ތެރެއިން ދަނޑުގެ އަރިމަތިން ތަނަވަސްވި ފުރުސަތެއްގައި ބޯޅަ ހިފައިގެން ގޮސް މޮރޮކޯގެ އަޝްރަފް ހަކީމީ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާއި އަމާޒު ނުވެ ބޭރަށް.

    18:24

    28 ވަނަ މިނެޓު: މެޗުގެ ފުރަތަމަ ރީނދޫ ކާޑު ބެލްޖިއަމްގެ އަމަޑޫ އޮނާނާ އަށް. ބެލްޖިއަމް އިން ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގައި އޮނާނާ އަށް ނުކުޅެވޭނެ. އޭނާއަށް ކެނެޑާ މެޗުގައިވެސް ރީނދޫ ކާޑެއް ދައްކާފައިވޭ.

    ފޮޓޯ/ހެޓީ އިމޭޖަސް
    18:09

    މެޗުގެ 20 މިނެޓުގެ ކުޅުން ހަމަވިއިރު، ނަތީޖާއަށް ބަދަލު ނައި ނަމަވެސް، ބެލްޖިއަމްގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ދަނީ ފެންނަމުން. މިހާތަނަށް ހަތަރު ހަމަލާއެއް އެޓީމުގެ ކުޅުންތެރިން އުފައްދާފައިވާއިރު އެއް ހަމަލާ ގޯލާއި އަމާޒުވާ ގޮތަށް ފޮނުވާލާފައިވޭ.

    މޮރޮކޯ އަށް މެޗުގައި މިހާތަނަށް އުފެއްދުނީ އޮފް ޓާގެޓު އެއް ހަމަލާ.

    މެޗުގެ ބޯލް ޕޮޒެޝަން 77 އިންސައްތަ އާއިއެކު ކޮންޓްރޯލް ކުރަނީ ބެލްޖިއަމް އިން.

    ބެލްޖިއަމް އާއި މޮރޮކޯގެ ކުރިމަތިލުމުގެ ތެރެއިން --- ފޮޓޯ/ގެޓީ އިމޭޖަސް
    18:07

    މެޗު ފަށައިގެން ފުރަތަމަ ހަ މިނެޓުގެ ތެރޭގައި ބެލްޖިއަމް އަށް ދެ ކޯނަރު. ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު.

    18:03

    މިއީ ފީފާ ވޯލްޑް ކަޕުގައި މި ދެ ޓީމުގެ ކުރިމަތިލުން ފެނިގެންދާ ދެވަނަ މެޗު. މީގެކުރިން 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މި ދެ ޓީމު ކުޅެފައިވާއިރު، އެ މެޗު 0-1 އިން ކާމިޔާބު ކުރީ ބެލްޖިއަމް.

    ފޮޓޯ/ގެޓީ އިމޭޖަސް
    18:01

    ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ ދެވަނައިގައި އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިންވަނަ ހޯދި ބެލްޖިއަމް އިން ވަނީ މި ފަހަރުގެ ވޯލްޑް ކަޕުގައި ކުޅުނު ފުރަތަމަ މެޗުގައި ކެނެޑާގެ މައްޗަށް 0-1 އިން ކުރި ހޯދާފަ.

    މޮރޮކޯގެ ފުރަތަމަ މެޗުގައި 2018 ވަނަ އަހަރުގެ ރަނަރަޕް މޮރޮކޯ އާއި ދެކޮޅަށް ކުޅެ މޮރޮކޯ ވަނީ އެއްވަރު ކޮށްފަ.

    އެހެންކަމުން މި މެޗު ކާމިޔާބު ކޮށްލައިގެން ބެލްޖިއަމް އަށް މުބާރާތުގެ ރައުންޑް އޮފް 16 ގެ ޖާގައެއް ކަށަވަރު ކުރެވޭއިރު މެޗުން މޮޅުވެގެން މޮރޮކޯ އަށް ދެވަނަ ބުރުގެ ފުރުސަތު ބޮޑު ކުރެވޭނެ.

    18:00

    މޮރޮކޯ އާއި ބެލްޖިއަމްގެ ކުރިމަތިލުން ފަށައިފި. މި މެޗަކީ މި ދެ ޓީމަށްވެސް މުބާރާތުގައި ކުރިއަށް ދާން ބޭނުންވާ ނަމަ މުހިންމު މެވެއް.

    17:58

    ފީފާ ވޯލްޑް ކަޕުގެ ގްރޫޕް އެފްގައި ބެލްޖިއަމް އާއި މޮރޮކޯ ބައްދަލުކުރާ މެޗުގައި ދެ ޓީމުން ބޭނުންކުރާ ފުރަތަމަ 11.

    ދެ ޓީމުގެ ފުރަތަމަ 11.