ތ. ދިޔަމިނގިލީ ރަށު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާ މީހުންގެ މުސާރަ ނުލިބޭތާ ތިން މަސް ދުވަސް ވުމުން އެ އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން ހުއްޓާލާފައިވާ ކަމަށް ސެކިއުރިޓީ ބެލެހެއްޓުމާ ހަވާލުވެފައިވާ ފަރާތުން ބުނެފި އެވެ.

"ތިން މަސް ދުވަހުގެ ފައިސާ ވަނީ ނުލިބި، އެހެންވެ ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް މުސާރަ ނުދެވިގެން މިއުޅެނީ،" ދިޔަމިނގިލީ ކައުންސިލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެފައިވާ މުހައްމަދު ނާޝިދު ބުންޏެވެ.

ދިޔަމިނގިލީ ކައުންސިލްގެ ރައީސް މުހައްމަދު ރިޔާޒް ވިދާޅުވީ ސެކިއުރިޓީ ބަލަހައްޓާ ފަރާތަށް ދޭން ޖެހޭ ފައިސާ ނުދެވިގެން އުޅެނީ ފިނޭންސް މިނިސްޓްރީން އެ ފައިސާ ދޫ ނުކޮށްވާތީ ކަމަށެވެ.

"ތިން މަސް ދުވަސް ވެއްޖެ މިހާރު ފައިސާ ނުލިބޭތާ، އަޅުގަނޑުމެން ކޮންމެ މަހަކު ވެސް ޝީޓް އެބަ ފޮނުވަން. ކޮންމެ މަހަކު ވެސް ބުނަނީ ޖެހިގެން އަންނަ މަހު ފައިސާ ޖަމާކޮށްދޭނަމޭ،" ރިޔާޒް ވިދާޅުވި އެވެ.