Last Updated: 3 year 18 hour ago
Last Updated:
3 year 18 hour ago
ވޯލްޑް ކަޕުގެ 22 ވަނަ މެޗުގެ ލައިވް ބްލޮގް: ޕޮލެންޑް 2 - 0 ސައުދީ
20:06
އިތުރު ވަގުތުގެ ކުޅުންވެސް ނިމިއްޖެ. 0-2 އިން މެޗު ކާމިޔާބު ކުރީ ޕޮލެންޑް.
މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓު ވަނީ ދައްކާފަ.
މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓު ވަނީ ދައްކާފަ.
82 ވަނަ މިނެޓު: ސައުދީގެ ޑިފެންސްލައިނުން އަލް މާލިކީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ތަނަވަސްވި ފުރުސަތުގެ ބޭނުން ހިފައި މުޅިން ހުސްކޮށް ހުރެ އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލުގެ ތެރެއަށް ފޮނނުވާލައިގެން ލެވަންޑޮސްކީ، ޕޮލެންޑަށް ލީޑު ނަގައިދީފި.
މިއީ ވޯލްޑް ކަޕުގެ މެޗެއްގައި ލެވަންޑޮސްކީ ޖެހި ފުރަތަމަ ލަނޑު.
71 ވަނަ މިނެޓު: ޕޮލެންޑުގެ ބަދަލެއް. މިލިކްގެ ބަދަލުގައި ކްރިސްޓޮފް ވަނީ ކުޅެން އަރުވާފަ.
ސައުދީން 65 ވަނަ މިނެޓުގައި ބަދަލެއް ގެނެސްފި. މުހައްމަދު އަލް ބުރައިކުގެ ބަދަލުގައި ކުޅެން އެރުވީ ސުލްތާން އަލް ޣައްނާމް.
64 ވަނަ މިނެޓު: އޭރިއާ ތެރޭގައި ހުއްޓައި ލެވަންޑޮސްކީ އަށް ހުރަސް ކޮށްދިން ބޯޅަ އަކުން އޭނާ ނުރައްކާތެރި ހަމަލާއެއް އުފައްދައިފި. ބޯޅަ ދިޔައީ ސައުދީގެ ކީޕަރު އަލް އުވެއިސްގެ އަތުގައި ޖެހިފައި ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި.
63 ވަނަ މިނެޓު: މެޗުގައި ޕޮލެންޑުގެ ލަނޑު ކާމިޔާބު ކޮށްދިން ޒިއެލިންސްކީގެ ބަދަލުގައި ޔާކޫބް ކަމިންސްކީ ކުޅެން އަރުވައިފި.
60 ވަނަ މިނެޓު: ޓީމެއްގެ ގޮތުގައި ކުޅެގެން ސައުދީން ނުރައްކާތެރި ހަމަލާއެއް. އޭރިއާ ތެރެއަށް ވަދެ ފަރާސް އަލް ބުރައިކާން ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ. ފުލުފުލުގައި ސައުދީން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރަނީ.
54 ވަނަ މިނެޓު: ސައުދީގެ ވަރަށް ނުރައްކާތެރި ހަމަލާއެއް. ގިނަ ކުޅުންތެރިންތަކެއް ޕޮލެންޑުގެ އޭރިއާ ތެރެއަށް ވަދެ ތަނަވަސްކުރި މި ފުރުސަތުގައި ގޯލާއި ދިމާލަށް ބޯޅަ ފޮނުވާލީ އަލް ދައުސަރީ. މި ހަމަލާ އަމާޒުވީ ޕޮލެންޑުގެ ކީޕަރުގެ ފަޔަށް. ދެވަނަ ހާފު ފަށައިގެންވެސް މޮޅަށް ކުޅެމުން ދަނީ ސައުދީން.
ދެވަނަ ހާފުގެ ކުޅުން ފަށައިފި. 46 ވަނަ މިނެޓުގައި ސައުދީން ވަނީ ބަދަލެއް ގެނެސްފަ. އެއީ ސާމީ އަލް ނަޖީގެ ބަދަލުގައި ނަވާފް އަލާބިދު.




މި މެޗުގެ ފުރަތަމަ ހާފުގައި 5 ރީނދޫ ކާޑު ފެނިގެންދިޔަ. އެއީ ޕޮލެންޑުގެ ތިން ކުޅުންތެރިއަކާއި ސައުދީގެ ދެ ކުޅުންތެރިއަކަށް ދެއްކި ރީނދޫ ކާޑު ތަކެއް. މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުގައި ނެދަލެންޑްސް އާއި ސްޕެއިން ބައްދަލުކުރި މެޗުގައި ދެއްކި 5 ރީނދޫ ކާޑަށްފަހު، ވޯލްޑް ކަޕުގެ މެޗެއްގެ ފުރަތަމަ ހާފުގައި އެންމެ ގިނަ އަދަދަކަށް ރީނދޫ ކާޑު ދެއްކި ފަހަރު.

މެޗުގެ ފުރަތަމަ ހާފުގެ 45 މިނެޓުގެ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނެޓުގެ ކުޅުންވެސް ހަމަވެއްޖެ.
މެޗުގައި 0-1 އިން ޕޮލެންޑް ލީޑުގައި އޮތް ނަމަވެސް އެޓޭކިންގް މޮޅު ގޭމެއް ކުޅެނީ ސައުދީން.

އިތުރުވަގުތުގައި އަލް އަމްރީ އަށް ރެފްރީ ރީނދޫ ކާޑެއް ދައްކައިފި. މިއީ ލެވަންޑޮސްކީ އަށް ކުރި ފައުލަކާއި ގުޅިގެން ދެއްކި ކާޑެއް.
45 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި 10 މިނެޓު ވަނީ ދައްކާފަ.
ފަރާކް އަލް ބުރައިކީ ފޮނުވާލި ޕެނަލްޓީ ޕޮލެންޑުގެ ކީޕަރު ޝެޒްނީ ވަނީ ހުއްޓުވާފަ. ރިބައުންސް ބޯޅަ ފޮނުވާލުމަށް އަލް ޝެހްރީ އަށްވެސް ފުރުސަތު ލިބުނު. އޭނާ ފޮނުވާލި ބޯޅައަށްވެސް ހުރަސް އެޅީ ޝެޒްނީ. މިއީ މި ވޯލްޑް ކަޕުގައި މިހާތަނަށް ޖެހި 10 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވި ތިންވަނަ ޕެނަލްޓީ. ދެން ކާމިޔާބު ނުވާ ދެ ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ އަކީ ޕޮލެންޑުގެ ކެޕްޓަން ލެވަންޑޮސްކީ، މެކްސިކޯ އާއި ދެކޮޅަށް ޖެހި ޕެނަލްޓީ.

މިއީ މި މުބާރާތުގައި ޖަހާ 10 ވަނަ ޕެނަލްޓީ.
ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ ބިއެލިކް ކުރީ ފައުލެއް ކަމަށް. ސައުދީ އަށް ޕެނަލްޓީ ދީފި. ޕެނަލްޓީ ފޮނުވާލަނީ ސައުދީގެ އަލް ބުރައިކާން.
ސައުދީ އަށް ޕެނަލްޓީއެއް ލިބުމުގެ ފުރުސަތު: 43 ވަނަ މިނެޓު: އަލް ޝެހްރީ އަށް އޭރިއާ ތެރެއިން ޕޮލެންޑުގެ ބިއެލިކް ކުރި ފައުލަކަށް ރެފްރީ ވީއޭއާރް ބަލަނީ.
40 ވަނަ މިނެޓު: ސައުދީގެ އެންމެ މުހިންމު އެއް ޑިފެންޑަރު ނެތުމުގެ ފައިދާ ނަގައި، ޕޮލެންޑުން މެޗުގައި ލަނޑު ޖަހައިފި. މިއީ ލެވަންޑޮސްކީ ދިން ޕާހަކުން މުޅިން ހުސްކޮށްހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ޒިއެލިންސްކީ ކާމިޔާބު ކުރި ލަނޑެއް.
އާޖެންޓީނާ މެޗުގައިވެސް އަދި މި މެޗުގައިވެސް މިހާތަނަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސައުދީގެ އަލް ބުލައިހީގެ އުޅަނބޮށީ ކަށިގަނޑަށް އަނިޔާވެގެން ފަރުވާ ދެނީ. މި މެޗުގައި ޕޮލެންޑުގެ ކުޅުންތެރިންގެ ގިނަ ފައުލްތަކެއް ފެނޭ. އަދި ނުރައްކާތެރި ފައުލުތަކެއް މި މެޗުގައި ފެންނަކަން ފާހަގަކޮށްލެވޭ.
2002 ވަނަ އަހަރަށްފަހު ވޯލްޑް ކަޕުގެ މެޗެއްގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ތިން ރީނދޫ ކާޑު ހޯދި ފުރަތަމަ ޓީމަކީ ޕޮލެންޑް. 2002 ވަނަ އަހަރު މިކަން ކޮށްފައި ވަނީ އިޓަލީން. އެއީ އެފަހަރުގެ މުބާރާތުގައި މެކްސިކޯ އާއި ދެކޮޅަށް އިޓަލީން ކުޅުނު މެޗެއްގައި.

މެޗުގެ ހަތަރު ވަނަ ރީނދޫ ކާޑު ސައުދީގެ ކުޅުންތެރިއަކަށް. އަބްދުﷲ އަލްމާލިކީ އަށް.
26 ވަނަ މިނެޓު: ޕޮލެންޑުގެ ފުރަތަމަ ހަމަލާ. ނުރައްކާތެރި ހަމަލާއެއް. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އޭރިއާ ތެރޭގައި ހުރި ޕޮލެންޑުގެ ބިއެލިކް ބޮލުން ގޯލާއި ދިމާލަށް ފޮނުވާލި ހަމަލާ ދިފާއު ކުރީ ސައުދީގެ ފޯވާޑު އަލް ޝެހްރީ.

ދެވަނަ ރީނދޫ ކާޑަށް ހަތަރު މިނެޓު ނުވަނިސް އަނެއްކާވެސް ޕޮލެންޑުގެ ކުޅުންތެރިއަކަށް ރީނދޫ ކާޑެއް. މިފަހަރު މިލިކް އަށް.

އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެވޭ ސަލްމާން އާއި ޔާސިރު އަށް، ދަނޑަށް ވަދެތިބި ސައުދީގެ ސަޕޯޓަރުންގެ ހާއްސަ މެސެޖެއް.

ފުރަތަމަ ރީނދޫ ކާޑަށް މިނެޓެއްވެސް ނުވަނީސް، ސައުދީގެ ސަލީމް އަށް ކުރި ފައުލަކާއި ގުޅިގެން ޕޮލެންޑުގެ މެޓީ ކޭޝް އަށް ރެފްރީ ރީނދޫ ކާޑެއް ދައްކައިފި.
15 ވަނަ މިނެޓު: މެޗުގެ ފުރަތަމަ ރީނދޫ ކާޑޫ ޕޮލެންޑުގެ ޔާކޫބް ކިވިއޯ އަށް.
12 މިނެޓު ކުޅުނު އިރު ކޮންމެ ޓީމަކުން ވަނީ ދެ ފައުލެއް ކޮށްފަ. މެޗުގައި ދެ ޓީމުންވެސް ކުޅެމުން ދަނީ އަވަސް، އެޓޭކިންގް ގޭމެއް.

މެޗުގެ 12 ވަނަ މިނެޓާއި ހަމައަށް ކުޅުނުއިރު، 61 އިންސައްތަ ބޯލް ޕޮޒެޝަން އާއިއެކު މޮޅަށް ކުޅެމުން ދަނީ ސައުދީން. އެޓީމުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތް ކޮށްފަ. މިހާތަނަށް ސައުދީން ދެ ހަމަލާއެއް ފޮނުވާލާފައި ވާއިރު އެއް ހަމަލާ ފޮނުވާލީ ގޯލާއި އަމާޒުވާހެން. މި ހަމަލާ ދިފާއު ކުރީ މެޗުގެ 12 ވަނަ މިނެޓުގައި ޕޮލެންޑުގެ ކީޕަރު ޝެޒްނީ.
މެޗާއި ކުރިމަތިލިއިރު ސައުދީ ޓީމުން ވަނީ އާޖެންޓީނާ މެޗުގައި ނެރުނު ފުރަތަމަ 11 އަށް ތިން ބަދަލެއް ގެނެސްފަ. އެގޮތުން އަލް އަމްރީ އާއި އަލް ބްރެއިކު ކުޅެން އަރުވާފައި ވަނީ އަލް ބުލައިހީ އާއި އާޖެންޓީނާ މެޗުގައި ބޮޑު އަނިޔާއެއް ކުރިމަތިވި ޔާސިރް އަލް ޝަހްރާނީގެ ބަދަލުގައި.
މީގެއިތުރުން އަލް ފަރާޖްގެ ބަދަލުގައި އަލް ނަޖީ ވަނީ ކުޅެން އަރުވާފަ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސައުދީން ވަނީ ފުޓުބޯޅައިގެ ގަދަ ބާރު އާޖެންޓީނާގެ މައްޗަށް 0-1 އިން ކުރިހޯދާފަ. ސައުދީ، ޕޮލެންޑް އާޖެންޓީނާގެ އިތުރުން ދެން މި ގުރޫޕުގައި ހިމެނޭ މެކްސިކޯވެސް ވަނީ މުބާރާތުގައި އެއް މެޗު ކުޅެފަ.
މެކްސިކޯ އަދި ޕޮލެންޑުގެ ކުރިމަތިލުންވީ އެއްވަރު. މި މެޗާއި ކުރިމަތިލިއިރު މި ގުރޫޕުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ސައުދީ.
ޕޮލެންޑާއި ސައުދީ އަރަބިއްޔާ ބައްދަލުކުރާ މެޗުގައި ދެޓީމުން ބޭނުންކުރާ ފުރަތަމަ 11.
