ފީފާ ވޯލްޑްކަޕްގައި ޓުނީޝިއާގެ މައްޗަށް އޮސްޓްރޭލިއާއިން ކުރި ހޯދައި ދެވަނަ ބުރަށް ދިއުމުގެ އުންމީދު ހޯދައިފިއެވެ.

އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުން ޓުނީޝިއާ މޮޅުވެގެންނެވެ.

މެޗުގެ 23 ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ވަނީ ގޯލުޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ ކްރައިގް ގޯޑްވިން ނެގި ހުރަހަކުން މިޝެލް ޑޫކް ބޮލުން ޖެހި ގޯލެކެވެ.

މެޗުގެ 40 ވަނަ މިނެޓުގައި ޓުނީޝިއާ އިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ޓުނީޝިއާގެ މުހައްމަދު ޑްރާގާ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ފޮނުވާލި ބާރު ހަމަލާއަށް ހުރަސް އެޅީ އޮސްޓްރޭލިއާގެ ޑިފެންޑަރު ހެރީ ސައުޓާއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ޓުނީޝިއާ އަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތު ލިބިފައެވެ. ޔޫސުފް ސަކްނީ އޮސްޓްރޭލިއާގެ ހާފު ތެރޭގައި ހުސްކޮށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ ސީދާ ނުވެއެވެ.

މެޗުގެ 87 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ޑިފެންސް ލައިނުން ހެދި ގޯހެއްގެ ބޭނުން ހިފައިގެން އަޑްޖިން ހުރިސްޓިޗް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ފޮނުވާލުމުގެ ކުރިން އޮސްޓްރޭލިއާގެ ޑިފެންޑަރުން ވަނީ އެ ބޯޅައަށް ހުރަސް އަޅައިފައެވެ.

މި ނަތީޖާއާއެކު އޮސްޓްރޭލިއާ މޮޅުވެ އެ ޓީމު ވަނީ ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ.

އެ ޓީމު ދެވަނައިގައި އޮތީ ދެމެޗު ކުޅެ ލިބުނު ތިން ޕޮއިންޓާއެކުއެވެ. އަދި އެ ގްރޫޕްގެ އެއްވަނައިގައި އޮތް ފްރާންސް، އެއްމެޗު ކުޅެ ތިން ޕޮއިންޓު ހޯދާފައިވެއެވެ. ތިން ވަނައިގައި އޮތް ޑެންމާކަށް އެއް މެޗު ކުޅެގެން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ތާވަލުގެ ފުލުގައި އޮތް ޓުނީޝިއާ އަށްވެސް ދެ މެޗުން އެއް ޕޮއިންޓު ލިބިފައިވެއެވެ.