Last Updated: 3 year 21 hour ago
Last Updated:
3 year 21 hour ago
ވޯލްޑް ކަޕުގެ 21 ވަނަ މެޗުގެ ލައިވް ބްލޮގް: ޓިއުނީޝިއާ 0 - 1 އޮސްޓްރޭލިއާ
16:58
1974 ވަނަ އަހަރަށްފަހު ފީފާ ވޯލްޑް ކަޕުގައި ބައިކޮޅަށް ލަނޑެއް ވަނަ ނުދީ މެޗެއް ކާމިޔާބުކޮށް، 0-1 އިން ޓިއުނީޝިއާގެ މައްޗަށް ކުރިހޯދީ އޮސްޓްރޭލިއާ އިން. މިއާއެކު މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އޮސްޓްރޭލިއާ އަށް މިވަނީ ހުޅުވިފަ.
މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ހަ މިނެޓު ވަނީ ދައްކާފަ.
79 ވަނަ މިނެޓާއި ހަމައަށް އައި އިރު ޓިއުނީޝިއާ އިން ވަނީ ނުވަ ހަމަލާއެއް ފޮނުވާލާފަ. އޮސްޓްރޭލިއާ އިން ފަސް ހަމަލާއެއް ފޮނުވާލާފައިވޭ. ދެ ޓީމަށްވެސް އޮން ޓާގެޓަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާ.
ލީޑު ފުޅާކުރުމަށް އޮސްޓްރޭލިއާ އަށް ރަނުގެ ފުރުސަތެއް. މެޗުގެ 70 ވަނަ މިނެޓުގައި އޭރިއާ ތެރެއަށް ޖޭމީ މެކްލެރެން ހުރަސް ކޮށްދިން ބޯޅައަށް މެތިއު ލެކީ އަރައި ހުރި ނަމަވެސް، އޭނާ ވެއްޓިލާފައި ބޯޅަ ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް ބޯޅަ ދިޔައީ އޭނާއަށް އަތުނުވެ ގޯލު ކުރި މަތިން ހުރަސް ވެގެން.
65 ވަނަ މިނެޓު: ދެވަނަ ހާފު ފަށައިގެން ދެ ޓީމުން އަންނަނީ އެޓޭކިންގް ގޭމެއް ކުޅެ ލަނޑެއް ޖެހޭތޯ އިތުރު މަސައްކަތްތަކެއް ކުރަމުން. މިހާތަނަށް އޮސްޓްރޭލިއާ އިން 8 ހަމަލާއެއް ފޮނުވާލާފައި ވާއިރު ޓިއުނީޝިއާ އިން ފަސް ހަމަލާއެއް ފޮނުވާލާފައިވޭ.
ޓިއުނީޝިއާ އިން ދެވަނަ ހާފު ފެށީ ބަދަލަކާއި އެކު. ޑްރޭގާގެ ބަދަލުގައި ފެރްޖާނީ ސަސީ.
އޮސްޓްރޭލިއާ އާއި ޓިއުނީޝިއާ ބައްދަލުކުރާ މެޗުގެ ދެވަނަ ހާފު ފަށައިފި. ފުރަތަމަ ހާފު ނިމުނީ 0-1 އިން އޮސްޓްރޭލިއާ ކުރީގައި އޮވެގެން. އެޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބު ކޮށްދިނީ މިޝޭލް ޑޫކް.

ފުރަތަމަ ހާފުގެ 45 މިނެޓު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ކުޅުން ވެސް ހަމަވެއްޖެ.
އިތުރު ވަގުތުގެ ތިންވަނަ މިނެޓު: މެޗުގައި ލަނޑެއް ޖަހަން ޓިއުނީޝިއާ އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު. ޖެބާލީ ހުރަސް ކޮށްދިން ބޯޅައެއް އޭރިއާ ތެރޭގައި ގޯލާއި ވަރަށް ކައިރީގައި ހުރެފައި ކެޕްޓަން ޔޫސުފް ސަކްނީ ފޮނުވާލިއިރު، މި ހަމަލާ ދިޔައީ ގޯލާއި އަމާޒު ނުވެ ބޭރަށް.

މެޗުގެ 45 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ފަސް މިނެޓު ވަނީ ދައްކާފަ.
40 ވަނަ މިނެޓު: ނަތީޖާ ހަމަހަމަ ކުރަން ޓިއުނީޝިއާ އަށް ރަނގަޅު ފުރުސަތެއް. އޭރިއާ ތެރެއަށް ވަދެފައި ޖެބާލީ ތަނަވަސްކޮށްދިން ފުރުސަތަކުން މުހައްމަދު ޑްރަގާރް ފޮނުވާލި ހަމަލާ ދިފާއުކުރީ އޮސްޓްރޭލިއާގެ ހެރީ ސޮއުޓާ.
30 ވަނަ މިނެޓުގެ ކުޅުން ހަމަވިއިރު އަދިވެސް ޓިއުނީޝިއާ އަށް އޮސްޓްރޭލިއާގެ ގޯލާއި އޮން ޓާގެޓަށް ހަމަލާއެއް އުފެއްދިފައެއް ނުވޭ.
23 ވަނަ މިނެޓު: އޮސްޓްރޭލިއާ އިން މެޗުގައި ލަނޑު ޖަހައި ލީޑު ނަގައިފި. މިއީ މިޝޭލް ޑިއުކް ކާމިޔާބު ކުރި ލަނޑެއް.

20 މިނެޓުގެ ކުޅުން ހަމަވިއިރު ދެ ޓީމުންކުރެ ޓީމަކަށް އޮން ޓާގެޓަށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ. އެހެން ނަމަވެސް އޮސްޓްރޭލިއާ ޓީމުން އޮފް ޓާގެޓު ހަމަލާއެއް ފޮނުވާލާފައިވޭ.
މެޗުގެ ފުރަތަމަ 10 މިނެޓުގައި ދެ ޓީމުން ކުރެ ޓީމަކަށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، ބޯލް ޕޮޒެޝަން ކޮންޓްރޯލް ކުރެވިފައެއް ނުވޭ.

އޮސްޓްރޭލިއާ ޓީމުގެ ކްރެއިގް ގުޑްވިން، ފްރާންސް އާއި ދެކޮޅަށް އެޓީމުން ކުޅުނު މެޗުގައި ލަނޑު ޖަހާފައި ވާއިރު، މިއަދުގެ މެޗުގައި އޭނާ ލަނޑު ޖަހައިފި ނަމަ، އޭނާ ވާނީ ކުޅުންތެރިއެއްގެ ޑެބިއު ވޯލްޑް ކަޕުގައި، ފުރަތަމަ ދެ މެޗުގައި ލަނޑު ޖަހާނެ ފުރަތަމަ އޮސްޓްރޭލިއާ ކުޅުންތެރިޔާ އަށް.



މުބާރާތުގެ ގްރޫޕް ޑީގައި ހިމެނޭ ޓީމުތަކުގެ ދެވަނަ މެޗުތައް މިއަދު ކުޅޭއިރު ޓިއުނީޝިއާ އާއި އޮސްޓްރޭލިއާ ބައްދަލުކުރާ މެޗުގައި ބޭނުނުންކުރާ ފުރަތަމަ 11.
