Last Updated: 3 year 2 day ago
Last Updated:
3 year 2 day ago
ވޯލްޑް ކަޕުގެ 20 ވަނަ މެޗުގެ ލައިވް ބްލޮގް: އިންގްލެންޑް - ޔޫއެސްއޭ
01:48
އިންގްލެންޑާއި ޔޫއެސްއޭ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތާއި އިތުރުވަގުގެ ކުޅުންވެސް ހަމަވެއްޖެ. ނަތީޖާ އަކަށް ބަދަލެއް ނާދޭ. މިއާއެކު މި ގުރޫޕުގެ ހުރިހާ ޓީމަކަށްވެސް ނޮކް އައުޓް ސްޓޭޖަށް ދިއުމުގެ ފުރުސަތު މިވަނީ ހުޅުވިފަ.
މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ހަތަރު މިނެޓު ވަނީ ދައްކާފަ.

78 ވަނަ މިނެޓު: ދެ ޓީމުންވެސް ބަދަލުތަކެއް ގެނެސްފި. އިންގްލެންޑުން ބުކާޔޯ ސަކާގެ ބަދަލުގައި މާކަސް ރަޝްފޯޑު ކުޅެން އެރުވިއިރު އެމެރިކާ އިން ސާޖީނިއޯ ޑެސްޓުގެ ބަދަލުގައި ޝަކީލް މޫރެ އަރުވައިފި.
68 ވަނަ މިނެޓު: ޖޫޑް ބެލިންގްހަމް އާއި ރަހީމް ސްޓާލިންގެ ބަދަލުގައި އިންގްލެންޑުން ޖޯޑަން ހެންޑާސަން އާއި ޖެކް ގްރީލިޝް ކުޅެން އަރުވައިފި.

މެޗުގެ 60 ވަނަ މިނެޓާއި ހަމައަށް ކުޅެވުނު އިރު، ޔޫއެސްއޭ އިން ނުވަ ހަމަލާއެއް އުފައްދާފައިވޭ. އެހެންނަމަވެސް ގޯލާއި އަމާޒުކޮށް އެޓީމުގެ ކުޅުންތެރިންނަށް ފޮނުވާލެވުނީ އެންމެ ހަމަލާއެއް.
އިންގްލެންޑް ޓީމުން މިހާތަނަށް އޮން ޓާގެޓަށް ފޮނުވާލާފައި ވަނީ އެންމެ ހަމަލާއެއް. އޮފް ޓާގެޓް ހަތަރު ހަމަލާ ފޮނުވާލާފައިވޭ.
މެޗުގައި މިހާތަނަށް ޔޫއެސްއޭ އަށް ތިން ކޯނަރު ލިބުނުއިރު އިންގްލެންޑަށް ދެ ކޯނަރު ވަނީ ލިބިފަ.

ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ފުރަތަމަ ހާފު ނިމުނުއިރު، އިންގްލެންޑުން އެންމެފަހުން ވޯލްޑް ކަޕުގައި ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިންމާލި ފަސް މެޗުގައިވެސް މޮޅުވެފައެއް ނުވޭ. އެ ފަސް މެޗުގެ ތެރެއިން ހަތަރު މެޗު އެއްވަރުވި އިރު އަނެއް މެޗުންވީ ބަލި.
45 ވަނަ މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ދެއްކީ އެންމެ މިނެޓެއް. އެ މިނެޓުގެ ތެރޭގައި އިނގިރޭސި ޓީމުގެ ނުރައްކާތެރި ހަމަލާއެއް. ބުކާޔޯ ސަކާ ތަނަވަސް ކޮށްދިން ފުރުސަތަކުން މޭސަން މައުންޓު ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ އެމެރިކާގެ ކީޕަރު ޓާނާ.
44 ވަނަ މިނެޓު: އޭރިއާ ތެރެއަށް ލޫކް ޝޯ ހުރަސް ކޮށްދިން ބޯޅަ އެންމެ ރަނގަޅަށް ފޮނުވާ ނުލެވި ބުކާޔޯ ސަކާ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށް.

އެމެރިކާގެ ނުރައްކާތެރި ހަމަލާއެއް. ހުރަހަކުން ތނަވަސްވި ފުރުސަތެއްގައި އެޓީމުގެ ޕުލިސިޗް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށް.
40 ވަނަ މިނެޓާއި ހަމައަށް އައި އިރު އިނގިރޭސި ޓީމުން ގިނަވަގުތު ބޯޅަ ހިފަހައްޓައިން ކުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާ އެޓޭކިންގް ގޭމެއް ކުޅެނީ އެމެރިކާ އިން.
ޔޫއެސް ޓީމުން ފުރަތަމަ މެޗުގައި އެރުވި ޖޯޝް ސާޖަންޓަށް މި މެޗުގައި ފުރުސަތު ދީފައެއް ނުވޭ. ބަދަލުގައި ކުޅެން އަރުވާފައިވަނީ ހާޖީ ރައިޓްސް.
އިންގްލެންޑުން މި މެޗުގައި ބޭނުންކުރާނީ މި މުބާރާތުގައި އީރާން އާއި ދެކޮޅަށްވެސް އެ ޓީމުން ނެރުނު ފުރަތަމަ 11.

މިއީ ފީފާ ވޯލްޑް ކަޕުގައި މި ދެ ޓީމުގެ ތިންވަނަ ކުރިމަތިލުން. މީގެކުރިން މި ދެ ޓީމު ބައްދަލުކުރި ދެމެޗުގެ ތެރެއިން އެއްމެޗު އެއްވަރުވިއިރު، އަނެއް މެޗުގައި ކުރިހޯދީ ޔޫއެސްއޭ އިން.
ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޫޕް ސްޓޭޖުގައި އިންގްލެންޑް އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫއެސްއޭ) ގެ ވެސް ދެވަނަ މެޗު، މި ދެ ޓީމުގެ ކުރިމަތިލުމުގައި ދެ ޓީމުން ބޭނުންކުރާ ފުރަތަމަ 11.