ދިވެހި ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގުން ޓަޗްނެޓް ޕުރޮމޯޝަން ފަށައިފި އެވެ. އެ ޕުރޮމޯޝަންގެ ދަށުން ކުރިން ދިރާގުން 800ރ. ވިއްކި މޮޑަމް މިހާރު ވިއްކަނީ 599ރ. އަށް ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ މާކެޓިން އެންޑް ޕީއާރު އެގްޒެކްޓިވް އިބްރާހިމް އިމްޖާދު ޖަލީލް މިއަދު ވިދާޅުވީ މިއީ ލުއިފަސޭހަ ގޮތެއްގައި ގިނަ ބަޔަކަށް އިންޓަނެޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ޓަކައި ހިންގާ ޕުރޮމޯޝަނެއް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިޕުރޮމޯޝަނުގެ ސަބަބުން މިހިދުމަތް ވަރަށް ލުއި ފަސޭހަ ގޮތަކަށް ގިނަ ބޭފުޅުނަށް ލިބިގެންދާނެ" އިމްޖާދު ވިދާޅުވި އެވެ.

އެ ޕޮމޯޝަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މޭ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަ ށެވެ.