08 Apr 2012, 14:30
ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ އެލީޓް ޕްރޮގްރާމްގެ ދަށުން އަވައްޓެރި ސްރީލަންކާގައި ދެ މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކުރިކެޓް ބޯޑުން މައުލޫމާތު ދޭގޮތުގައި، މިމަހުގެ ފަހުކޮޅު ސްރީލަންކާގެ މާތަރާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމަށް ތިން ކުޅުންތެރިއަކު ފޮނުވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޕްރޮގްރާމަށް ހޮވޭ ކުދިންނަށް ޓްރެއިން އާއި މެޗް ކުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކުރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.
ކުރިކެޓް ބޯޑުން ބުނީ، ޕްރޮގްރާމަށް ކުދިން ހޮވުމުގައި ބާލާނީ ކުރިކެޓުގެ ހުނަރާއި ތަޖްރިބާ އަށާއި، ގައުމީ އެކިއެކި އުމުރުފުރާގެ ޓީމްތައް ތަމްސީލްކޮށްފައިވާ މިންވަރަށާއި އަދި އަހްލާގަށް ކަމަށެވެ. އަދި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމް ކުރިކެޓް ބޯޑުގެ އޮފީހުންނާއި އެ ބޯޑުގެ ވެސްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީހަކީ އަންނަ އަފުތާގެ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.