Last Updated: 3 year 3 day ago
Last Updated:
3 year 3 day ago
ވޯލްޑް ކަޕުގެ 15 ވަނަ މެޗުގެ ލައިވް ބްލޮގް: ޕޯޗުގަލް 3 - 2 ގާނާ
22:53
މެޗުގެ އިތުރުވަގުތުގެ ކުޅުންވެސް ހަމަވެއްޖެ. 2-3 އިން މޮޅުވީ ޕޯޗުގަލް. މުޅި މެޗު ޑޮމިނޭޓު ކޮށް މޮޅަށް ކުޅުނީ ޕޯޗުގަލް އިން.

އިތުރުވަގުތުގެ ފަސްވަނަ މިނެޓު: ބްރޫނޯ ފެރްނާންޑޭޒް އަށް ރީނދޫ ކާޑެއް.
މެޗުގެ 90 މިނެޓު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ނުވަ މިނެޓު ދައްކައިފި.
89 ވަނަ މިނެޓު: ގާނާއިން އިތުރު ލަނޑެއް ޖަހާ ފަރަގު ކުޑަ ކޮށްފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އުސްމާން ބުޚާރީ.
88 ވަނަ މިނެޓު: ޕޯޗުގަލް އިން ތިން ބަދަލެއް. ރޮނާލްޑޯ އާއި ބާނާޑޯ ސިލްވާ އަދި ޖާއޮ ފީލިކްސްގެ ބަދަލުގައި ގޮންޒާލޯ ރާމޮސް، ޖާއޮ މާރިއޯ އަދި ޖާއޮ ޕަލީނިއާ ވަނީ ކުޅެން އަރުވާފަ.
މި މެޗުގައި ޕޯޗުގަލް އިން ޖެހި ދެވަނަ އަދި ތިންވަނަ ލަނޑު ޖެހުމަށް އެސިސްޓު ކޮށްދިން ބްރޫނޯ ފެރްނާންޑޭޒް އަކީ، ވޯލްޑް ކަޕުގައި އެއް މެޗުގެ ތެރެއިން ދެ އެސިސްޓު ކޮށްދިން ޕޯޗުގަލްގެ ދެވަނަ ކުޅުންތެރިޔާ. މީގެކުރިން 1966 ވަނަ އަހަރު ބްރެޒިލް އާއި ޕޯޗުގަލް ވޯލްޑް ކަޕުގައި ކުޅުނު މެޗެއްގައި ހޯސޭ ޓޮރޭޒް ވަނީ ދެ އެސިސްޓު ކޮށްފަ.

80 ވަނަ މިނެޓު: ޕޯޗުގަލްގެ ތިންވަނަ ލަނޑު. ބްރޫނޯ ފެރްނާންޑޭޒްގެ ޕާހަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ 77 ވަނަ މިނެޓުގައި ކުޅެން އެރި ރަފައެލް ލިއާއޮ.
ޕޯޗުގަލް އިން ދެވަނަ ލަނޑެއް ޖަހައިފި. މިއީ 78 ވަނަ މިނެޓުގައި ޖާއޮ ފެލިކްސް ޖެހި ލަނޑެއް.
73 ވަނަ މިނެޓު: ގާނާއިން މެޗުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އާޔޫ.
72 ވަނަ މިނެޓު: ގާނާގެ ނުރައްކާތެރި ހަމަލާއެއް. މިފަހަރުވެސް ކޫޑޫ ފޮނުވާޅި ހަމަލާއެއް. ހުރަހަކަށްވީ ޕޯޗުގަލްގެ ކީޕަރު.
65 ވަނަ މިނެޓު: ޕެނަލްޓީ ކާމިޔާބުކޮށް ރޮނާލްޑޯ ރެކޯޑެއް ގާއިމް ކޮށްފި. ރޮނާލްޑޯ އަކީ ފަސް ވޯލްޑް ކަޕުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ.
62 ވަނަ މިނެޓު: ޕޯޗުގަލް އަށް ޕެނަލްޓީއެއް. ރެފްރީ ވީއޭއާރުގެ އެހީ ހޯދަނީ.
57 ވަނަ މިނެޓު: މެޗުގެ ތިންވަނަ ރީނދޫ ކާޑުވެސް ގާނާގެ ކުޅުންތެރިއަކަށް. ޖާއޮ ފެލިކްސް އަށް ކުރި ފައުލަކާއި ގުޅިގެން އަލިޑޫ ސެއިޑޫ އަށް.
55 ވަނަ މިނެޓު: ޕޯޗުގަލް އިން އޮޓާވިއޯގެ ބަދަލުގައި ވިލިއަމް ކަވާލިއޯ ކުޅެން އަރުވައިފި.
53 ވަނަ މިނެޓު: މެޗުގައި ގާނާއިން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާ. ކައުންޓާ އެޓޭކެއްގައި ކުރިއަށް ޖެހި އޭރިއާ ބޭރުން، ކޫޑުސް ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާއި އަމާޒު ނުވެ ބޭރަށް.
މެޗުގެ ދެވަނަ ރީނދޫ ކާޑުވެސް ގާނާގެ ކުޅުންތެރިއަކަށް. މިފަހަރު ކެޕްޓަން އަޔޫ އަށް.
ދެޓީމުންވެސް ދެވަނަ ހާފު ފެށީ ފުރަތަމަ ހާފުގައި ނެރުނު ފުރަތަމަ 11 އާއި އެކު.
ޕޯޗުގަލް އާއި ގާނާ ބައްދަލުކުރާ މެޗުގެ ދެވަނަ ހާފު ފަށައިފި.
އިތުރު ވަގުތުގެ ދެ މިނެޓުގެ ކުޅުންވެސް ހަމަ ވެއްޖެ. ޕޯޗުގަލް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުން. ނަތީޖާ އަށް ބަދަލު ނާދޭ.

މެޗުގެ ފުރަތަމަ ރީނދޫ ކާޑު ގާނާގެ މުހައްމަދު ކުޑޫސް އަށް.
45 ވަނަ މިނެޓު: ޕޯޗުގަލް އިން 7 ހަމަލާއެއް އުފައްދާފައިވޭ. ދެ ހަމަލާއެއް ގޯލާއި އަމާޒުކޮށްލި. ރޮނާލްޑޯ އަށް ހާއްސަ ގޮތެއްގައި ގިނަ ފުރުސަތުތަކެއް ލިބުނު. ނަތީޖާ ބަދަލު ކުރުމަށް ދެ ޓީމުވެސް ނުކުޅެދިފަ.

35 ވަނަ މިނެޓު: ޕޯޗުގަލް އިން މިހާތަނަށް ފަސް ހަމަލާއެއް ފޮނުވާލާފައިވޭ، ގޯލާއި އަމާޒުވީ އެންމެ ހަމަލާއެއް. މެޗުގައި އަދި ގާޏާ އަށް ހަމަލާއެއް ފޮނުވާލެވިފައެއް ނުވޭ.
31 ވަނަ މިނެޓު: ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިފި. އެހެންނަމަވެސް ބޯޅަ ހޯދުމުގައީ ރޮނާލްޑޯ ފައުލުކުރި ކަމަށް ބަލައި، ރެފްރީ މި ލަނޑު ބަލައި ނުގަތް.
25 ވަނަ މިނެޓު: ބޯޅަ މުޅިންހެން އޮންނަނީ ގާނާގެ ހާފު ތެރޭގައި. ޕޯޗުގަލް އިން އެޓޭކިންގް ގޭމެއް ގުޅޭއިރު ގާނާގެ ކުޅުންތެރިން ފެންނަނީ ފަހަތަށް ޖެހި ޑިފެންޑު ކުރަން ޖެހޭތަން.
ފުރަތަމަ ހާފުގެ 15 ވަނަ މިނެޓާއި ހަމައަށް ކުޅެވުނު އިރު ޕޯޗުގަލް އިން ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައިވޭ. އެއީ ރޮނާލްޑޯ އުފެއްދި ހަމަލާތަކެއް. ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައިވެސް ރޮނާލްޑޯ ވަނީ ބޮލުން، ނުރައްކާތެރި ހަމަލާއެެއް ފޮނުވާލާފަ.
10 ވަނަ މިނެޓު: ޕޯޗުގަލް އަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް. މުޅިން ހުސްކޮށް ހުރި ރޮނާޅްޑޯ އަށް ބާނާޑޯ ސިލްވާ ޖައްސާރި ތުރޫ ޕާސް، އޭނާއަށް އެންމެ ރަނގަޅަށް ފޮނުވާ ނުލެވުނު.
މެޗުގެ ފުރަތަމަ ކޯނަރު ޕޯޗުގަލް އަށް، ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި. އެންމެ ރަނގަޅަށް ބޭނުން ނުހިފުނު.
ސްޓޭޑިއަމް 974 ގައި ޕޯޗުގަލް އާއި ގާނާ ބައްދަލުކުރާ މެޗު ފަށައިފި.
މިއީ ބްރޫނޯ ފެރްނާންޑޭޒް ޕޯޗުގަލްގެ ޖާޒީގައި ކުޅޭ 50 ވަނަ މެޗު. މެންޗަސްޓަރ ޔުނައިޓެޑުގެ މެދުތެރެ ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މި ތަޖުރިބާކާރު މިޑްފީލްޑަރު ވަނީ ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެދިން 49 މެޗުގެ ތެރޭގައި 11 ލަނޑު ޖަހައިދީ އަށް އެސިސްޓު ކޮށްދީފަ.

ޕޯޗުގަލް އާއި ގާޏާއިން މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެއް. އެއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި 1-2 އިން ޕޯޗުގަލް މޮޅުވި މެޗު. އެ މެޗުގައި ޕޯޗުގަލް މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ.

ވޯލްޑް ކަޕުގެ 15 ވަނަ މެޗުގައި ޕޯޗުގަލް އާއި ގާނާ ބައްދަލުކުރާ މެޗުގައި ދެ ޓީމުން ބޭނުން ކުރާނެ ފުރަތަމަ 11.