Last Updated:
3 year 4 day ago

ވޯލްޑް ކަޕުގެ 10 ވަނަ މެޗުގެ ލައިވް ބްލޮގް: ޖަރުމަނު 1 - 2 ޖަޕާން

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ 10 ވަނަ މެޗުގައި، ޖަރުމަނު އަދި ޖަޕާންގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    19:53

    90 މިނެޓާއި އިތުރުވަގުތުގެ 7 މިނެޓުވެސް ހަމަވެއްޖެ. އެންމެން ހައިރާން ކޮށްލާ ޖަރުމަނުގެ މައްޗަށް ފަހަތުން އަރާ ކުރި ހޯދީ ޖަޕާނުން.

    19:53

    90 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ހަތް މިނެޓު ދައްކައިފި.

    19:51

    90 ވަނަ މިނެޓު: ޖަރުމަނުގެ ފަހު ބަދަލުގެ ގޮތުގައި މީގެ ތިން ދުވަސް ކުރިން 18 އަހަރު ފުރުނު ޔޫސުފާ މޫކޯކޯ އަރުވައިފި. މޫކޯކޯ އެރީ ސާޖް ނަބްރީގެ ބަދަލުގައި.

    19:44

    82 ވަނަ މިނެޓު: ޖަޕާނުން ދެވަނަ ލަނޑެއް ޖަހައި ޖަރުމަނު ސިއްސުވާލައިފި. މި ލަނޑު ޖަޕާނަށް ކާމިޔާބު ކޮށްދިނީ ޓަކޫމާ އަސާނޯ

    19:38

    79 ވަނަ މިނެޓު: ޖަރުމަނުން އަނެއްކާވެސް ދެ ބަދަލެއް ގެނެސްފި. މުސިއާލާ އާއި ހަވާޓްޒްގެ ބަދަލުގައި މާރިއޯ ގޮޓްޒޭ އާއި ނިކްލަސް ވަނީ ކުޅެން އަރުވާފަ.

    19:36

    75 ވަނަ މިނެޓު: ޖަޕާނުން މެޗުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފި. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި 74 ވަނަ މިނެޓުގައި ކުޅެން އެރި ރިޓްސޫ ޑުއާން ކާމިޔާބު ކުރި ލަނޑެއް.

    19:32

    73 ވަނަ މިނެޓު: ގޯލާއި ވަރަށް ކައިރީގައި ހުރެފައި ޖަޕާނުގެ ކުޅުންތެރިއަކު ފޮނުވާލި ބާރު ހަމަލާ ހުއްޓުވީ ތަޖުރިބާކާރު ކީޕަރު ނޯއާ.

    19:22

    67 ވަނަ މިނެޓު: ޖަރުމަނުން ދެ ބަދަލެއް ގެނެސްފި. ބަދަލު ކުރީ މިހާރުވެސް ޖަރުމަނު ޓީމަށް ކުޅޭ ހުރިހާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ ތޯމަސް މުލާ އާއި މި މެޗުގައި ޖަރުމަނުގެ ލަނޑު ޖަހައިދިން ގުންޑޮގާން.

    ބަދަލުގައި ކުޅެން އެރީ ޖޯނަސް ހޮފްމަން އާއި ލިއޯން ގޮރެޓްޒްކާ.

    19:16

    60 ވަނަ މިނެޓު: ޑީ އޭރިއާ ތެރޭގައި ހުރެފައި ގުންޑޮގާން ފޮނުވާލި ރީތި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށް.

    19:09

    50 ވަނަ މިނެޓު: އޭރިއާ ތެރެއިން ޖަޕާނުގެ ހަތަރު ކުޅުންތެރިއަކު ބީޓު ކޮށްލުމަށްފަހު ޖަމާލް މުސިއާލާ ފޮނުވާލި ހަމަލާ މިފަހަރުވެސް ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށް.

    19:08

    މިހާތަނަށް އައި އިރު ޖަރުމަނުން ވަނީ ޖުމްލަ 14 ޝޮޓު ފޮނުވާލާފަ. އޭގެއިން ފަސް ހަމަލާއެއް ގޯލާއި އަމާޒުވާ ގޮތަށް ފޮނުވާލާފައިވޭ.

    ޖަޕާނަށް މިހާތަނަށް އުފެއްދުނީ އެންމެ ހަމަލާއެއް.

    19:07

    ޖަޕާނާއިި ޖަރުމަނުގެ ކުރިމަތިލުމުގެ ދެވަނަ ހާފު ފަށައިފި.

    18:50

    ބޯޅަ ލިބުނުއިރު ހަވާޓްސް އޮފްސައިޑު މަގާމެއްގައި ހުރި ކަމަށް ނިންމާ ރެފްރީ މި ލަނޑު ބަލައިގެންފައެއް ނުވޭ. ނަތީޖާ އަކީ 0-1.

    މިއާއެކު މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތާއި އިތުރުވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ކުޅުންވެސް ނިމިއްޖެ.

    18:48

    އިތުރުވަގުތުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ޖަރުމަނުން ދެވަނަ ލަނޑެއް ޖަހައިފި. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކައި ހަވާޓްސް.

    18:46

    ފުރަތަމަ ހާފުގެ 45 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި ހަތަރު މިނެޓު ވަނީ ދައްކާފަ.

    18:45

    45 ވަނަ މިނެޓު: ޖަޕާނުގެ އިޓަކޫރޯ ކައިރިން ނައްޓާލުމަށްފަހު ޑީ އޭރިއާ ތެރޭގައި ހުރެފައި ޖަމާލް މުސިއާލާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން.

    18:43

    43 ވަނަ މިނެޓު: ގިނަވަގުތު ބޯޅަ އޮންނަނީ ޖަޕާނު ހާފުގައި. ޖަރުމަނުން އަންނަނީ ފުލުފުލުގައި ފުރުސަތުތަކެއް ތަނަވަސް ކުރަމުން. އެހެންނަމަވެސް ހަމަލާއެއް ފޮނުވާ ލެވެނީ މަދު ފަހަރެއްގެ މަތީން.

    18:34

    ގުންޑޮގާން އެންމެފަހުން ޖަރުމަނުގެ ގައުމީ ޓީމަށް ކާމިޔާބު ކޮށްދިން ހަ ލަނޑުގެ ތެރެއިން ފަސް ލަނޑަކީ ޕެނަލްޓީން ކާމިޔާބު ކުރި ލަނޑުތަކެއް.

    18:33

    33 ވަނަ މިނެޓު: ޕެނަލްޓީ ކާމިޔާބު ކޮށް، ގުންޑޮގާން ޖަރުމަނަށް ލީޑު ނަގައިދީފި.

    18:32

    ޕެނަލްޓީ އެއް ކަމަށް ވީއޭއާރްގެ އެހީގައި ރެފްރީ ނިންމައިފި.

    18:32

    ޕެނަލްޓީ ކަށަވަރު ކުރުމަށް ރެފްރީ ވީއޭއާރުގެ އެހީ ހޯދަނީ.

    18:31

    ޖަރުމަނުގެ ރައުމް އަށް އޭރިއާ ތެރެއިން ޖަޕާނުގެ ކީޕަރު ގޮންޑާ ކުރި ފައުލަކާއި ގުޅިގެން ޖަރުމަނަށް ޕެނަލްޓީއެއް.

    18:23

    28 ވަނަ މިނެޓު: ޖަރުމަނުގެ ފަރާތުން ފުލުފުލުގައި ނުރައްކާތެރި ދެ ހަމަލާއެއް. ނަބްރީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައަށް މުލާ ހުސްވާން މަސައްކަތް ކުރި ނަމަވެސް ޖަޕާނުގެ ކީޕަރު ގޮންޑާ ވަނީ ބޯޅަ ޕަންޗު ކޮށްލާފަ. ދެވަނަ ފަހަރަށް ގުންޑޮގާން އަށް ބޯޅަ ފޮނުވާލަން ލިބުނުއިރު އޭނާ ފޮނުވާލި ބޯޅަވެސް ދިފާއުކުރީ ގޮންޑާ.

    18:21

    20 މިނެޓު ކުޅުނުއިރު ޖަރުމަނުން ވަނީ ދެ ހަމަލާއެއް ފޮނުވާލާފަ. އެހެންނަމަވެސް ގޯލާއި އަމާޒުވެފައެއް ނުވޭ. މެޗުގައި 82 އިންސައްތަ ޕޮޒެޝަން ހިފަހައްޓަނީ ޖަރުމަނުން. ލިބޭ މަދު ފުރުސަތުތަކުގައި ޖަޕާޏުންވެސް ހަމަލާތައް އުފައްދަން މަސައްކަތް ކުރޭ.

    18:06

    8 ވަނަ މިނެޓު: ޖަޕާނުން ޖަރުމަނުގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފި. އެހެންނަމަވެސް ރެފްރީ ނިންމީ މި ހަމަލާ ފޮނުވާލި ޖަޕާނުގެ މައިޑާ ހުރީ އޮފްސައިޑުގައި ކަމަށް.

    މިއީ ލަނޑެއް ކަމަށް ބަލައިގަތް ނަމަ މި ލަނޑު ވާނީ މިފަހަރުގެ ވޯލްޑު ކަޕުގައި ފެނިގެންދިޔަ އެންމެ އަވަސް ލަނޑަށް. މިހާރު މި ރެކޯޑު އޮތީ ރޭގެ މެޗުގައި ފްރާންސް ކޮޅަށް ލަނޑު ޖެހި އޮސްޓްރޭލިއާގެ ކްރެއިގް ގުޑްވިންގެ އަތުގައި.

    18:04

    ފީފާ ވޯލްޑް ކަޕުގެ ގްރޫޕް އީގައި ޖަޕާނާއި ޖަރުމަނު ބައްދަލުކުރާ މެޗުގައި ދެ ޓީމުން ބޭނުން ކުރާނެ ފުރަތަމަ 11.