ހޯމް މިނިސްޓަރުގެ ނައިބު ކަމަށް ދިވެހި ބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފް އަލީ އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ގއ. ނިލަންދޫ، ލިލީމާގޭ އަޝްރަފް އަލީ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއިން 2016 ވަނަ އަހަރު މާސްޓާސް ޑިގްރީ އިން ލެންގުއޭޖެ އެންޑް ކަލްޗާ ހާސިލްކުރައްވާފައެވެ.

މި މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަޝްރަފް އަލީ ވަނީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް އެންޑް ކަލްޗާގެ ޑީންގެ މަގާމާއި، އަލިމަސް އެކަޑެމީގެ ރައީސްގެ މަގާމު ވެސް ފުރުއްވާފައެވެ. މީގެ އިތުރުން އަޝްރަފް އަލީއަށް ވަނީ ސާކް ލިޓްރަރީ އެވޯޑް 2019 ވަނަ އަހަރު ލިބިވަޑައިގަންނަވާފައެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށްފައިވާ ދަނޑިވަޅެއްގައި ސިޔާސީ މަގާމްތަކަށް ކުރާ ޚަރަދު ބޮޑުވެފައިވާތީ ގިނަ ބައެއްގެ ފާޑިޔުން ވަނީ އަމާޒުވެފައެވެ.