ފީފާ ވޯލްޑްކަޕްގައި މެކްސިކޯއާއި ޕޮލެންޑްގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.

ސްޓޭޑީއަމް 974 ގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެ ފުރުސަތުތަކަށް ހުރަސްއެޅީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ދެ ޓީމުގެ ކީޕަރުންނެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ޕޮލެންޑުން ގޯލު ޖަހާނެ ފުރުސަތެއް ތަނަވަސްކުރިއެވެ. ޕޮލެންޑުގެ ތަރި ރޮބާޓް ލެވަންޑޯސްކީ ބޯޅައާއެކު މެކްސިކޯގެ އޭރިއާ ތެރެއަށް ވަތް ނަމަވެސް އެ ބޯޅަ ފޮނުވާލުމުގެ ކުރިން މެކްސިކޯގެ ޑިފެންޑަރުން ވަނީ އެ ބޯޅައަށް ހުރަސް އަޅާފައެވެ.

ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރި މެޗުގެ ތެރެއިން ----

ލެވަންޑޯސްކީ ހުއްޓުވަން މަސައްކަތް ކުރުމުގެ ތެރޭގައި އޭނާއަށް މެކްސިކޯގެ ކުޅުންތެރިން ފައުލު ކުރިކަމަށް ނިންމާ ޕޮލެންޑަށް ޕެނަލްޓީއެއް ލިބުނެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ލެވަންޑޯސްކީ ފޮނުވާލި ހަމަލާ، ހުސިޔާރުކަމާއެކު މެޗުގައި މޮޅު ކުޅުމެއް ދެއްކި މެކްސިކޯގެ ގޯލް ކީޕަރު ގައުލާމޯ އޮޗޯއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގައި މެކްސިކޯ އަދި ޕޮލެންޑު ހިމެނެނީ ގްރޫޕް ސީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ އާޖެންޓީނާއާއި ސައުދީ އަރަބިއްޔާއެވެ.

އެ ގްރޫޕްގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު ގްރޫޕްގެ ފުލަށް ދާނެކަމަށް ލަފާކުރި ސައުދީ އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓާއެކުއެވެ. އަދި ގްރޫޕްގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު އާޖެންޓީނާ އޮތީ ތާވަލުގެ ފުލުގައެވެ.

އާޖެންޓީނާއާއި ސައުދީ މިއަދު ބައްދަލުކުރި މެޗު ނިމުނީ 2-1 ގެ ނަތީޖާއަކުން ސައުދީ މޮޅު ވެގެންނެވެ.