ހުޅުމާލޭ ފަޅުތެރޭ ޔޮޓްތައް ބަދަރުކުރާ ސަރަހައްދުގައި އަޅާފައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ މީހަކު ފިހިއްޖެ އެވެ.

ފުލުހުން ބުނީ ފިހިފައިވަނީ ހދ. ނޮޅިވަރަމްފަރު، އިބްރާހިމް އަބްދުލް ހަކީމް، 21 ކަމަށެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންނަކަމަށް ފުލުހުން ބުންޏެވެ.

އެ ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު މިރޭ ވިދާޅުވީ އަލިފާން ރޯވި "އަމާން" ކިޔާ މުދާ އުފުލާ އެ ދޯންޏަކީ އެމްޑީޕީގައި ހުންނެވުމަށްފަހު ދާދިފަހުން އެ ޕާޓީއާ ގުޅިވަޑައިގަތް މުހަންމަދު އިމްތިޔާޒް (އިންތި)ގެ ދޯންޏެއްކަމަށެވެ.

އެ ސަރަހައްދުގައި ހުރި ސަންގެ ރިޕޯޓަރު ބުނީ އަލިފާންގަނޑު މުޅިންހެން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި ބުނީ އަލިފާންގަނޑު ނިއްވާލެވުނު އިރު ދޯނީގެ ބޮޑުބައެއް އަދާފައިވާ ކަމަށެވެ.