Last Updated:
3 year 6 day ago

ވޯލްޑް ކަޕުގެ ދެވަނަ މެޗުގެ ލައިވް ބްލޮގް: އީރާން 1 - 6 އިންގްލެންޑް

    ބުލޮގު ޚުލާސާ

    ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕް 2022 ގެ ދެވަނަ މެޗުގައި، އީރާން އަދި އިންގްލެންޑުގެ ކުރިމަތިލުމުގެ ލައިވް ކަވަރޭޖް.

    20:13

    މިއާއެކު މެޗުގެ ފުރިހަމަވަގުތުގެ ކުޅުން އަދި އިތުރުވަގުތުވެސް މިވަނީ ހަމަވެފަ. 2-6 އިން މިމެޗު ކާމިޔާބު ކުރީ އިންގްލެންޑް.

    މުޅި މެޗުގައިވެސް ގިނަވަގުތު ބޯޅަ ހިފަހައްޓާ މޮޅަށް ކުޅުނީ އިންގްލެންޑުން. މެޗުގެ 79 އިންސައްތަ ޕޮޒެޝަން ހިފެހެއްޓީ އިންގްލެންޑުން. އެޓީމުން ވަނީ 13 ހަމަލާއެއް ފޮނުވާލާފަ. 7 ހަމަލާއެއް ގޯލާއި އަމާޒުވާގޮތަށް ފޮނުވާލާފައިވޭ.

    އީރާނުން 8 ހަމަލާއެއް ފޮނުވާލިއިރު ގޯލާއި އަމާޒުވީ ތިން ހަމަލާއެއް.

    މިމެޗުގެ އިތުރުން ވޯލްޑް ކަޕުގައި ކުރިއަށް ހުރި މެޗުތަކުގެވެސް ލައިވް ކަވަރޭޖް ސަން އޮންލައިން މެދުވެރިކޮށް ގެނެސްދޭނެ.

    20:13

    މިއާއެކު މެޗުގެ ފުރިހަމަވަގުތުގެ ކުޅުން އަދި އިތުރުވަގުތުވެސް މިވަނީ ހަމަވެފަ. 2-6 އިން މިމެޗު ކާމިޔާބު ކުރީ އިންގްލެންޑް.

    މުޅި މެޗުގައިވެސް ގިނަވަގުތު ބޯޅަ ހިފަހައްޓާ މޮޅަށް ކުޅުނީ އިންގްލެންޑުން. މެޗުގެ 79 އިންސައްތަ ޕޮޒެޝަން ހިފެހެއްޓީ އިންގްލެންޑުން. އެޓީމުން ވަނީ 13 ހަމަލާއެއް ފޮނުވާލާފަ. 7 ހަމަލާއެއް ގޯލާއި އަމާޒުވާގޮތަށް ފޮނުވާލާފައިވޭ.

    އީރާނުން 8 ހަމަލާއެއް ފޮނުވާލިއިރު ގޯލާއި އަމާޒުވީ ތިން ހަމަލާއެއް.

    މިމެޗުގެ އިތުރުން ވޯލްޑް ކަޕުގައި ކުރިއަށް ހުރި މެޗުތަކުގެވެސް ލައިވް ކަވަރޭޖް ސަން އޮންލައިން މެދުވެރިކޮށް ގެނެސްދޭނެ.

    20:12

    މެޗުގެ 103 ވަނަ މިނެޓު: އީރާން އިން ޕެނަލްޓީގެ އެހީގައި ދެވަނަ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފި. މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ތަމޭރީ.

    20:10

    އިތުރުވަގުތުގެ 10 ވަނަ މިނެޓު: އީރާންގެ ޓަރޭމީއަށް އޭރިއާ ތެރެއިން އިންގްލެންޑުގެ ކުޅުންތެރިން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވީއޭއާރުގެ އެހީ ހޯދުމަށްފަހު ނިންމީ އީރާން އަށް ޕެނަލްޓީ ދިނުމަށް.

    20:08

    އިތުރުވަގުތުގެ އަށްވަނަ މިނެޓު: އީރާންގެ ސަރްދާރް އަޒްމޫންގެ ނުރައްކާތެރި ހަމަލާއެއް. މުޅިން ހުސްކޮށް ހުރެ އޭރިއާ ތެރެއަށްވަދެ އޭނާ ފޮނުވާލި ހަމަލާ، އިންގްލެންޑުގެ ކީޕަރުގެ އަތުގައި ޖެހިފައި، ގޯލުގެ ހުރަސް ދަނޑޫގައި ޖެހިފައި ދިޔައީ އަރިމަތީ ލައިނު ކައިރިން ބޭރަށް. އީރާނަށް އަރިމަތިން އެއްލުން.

    19:59

    90 މިނެޓުގެ ކުޅުން ހަމަވެއްޖެ. އިތުރުވަގުތުގެ ގޮތުގައި 10 މިނެޓު ދައްކައިފި.

    19:57

    89 ވަނަ މިނެޓު: އިންގްލެންޑުން ހަވަނަ ލަނޑެއް ޖަހައިފި. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖެކް ގްރީލިޝް.

    19:55

    85 ވަނަ މިނެޓާއި ހަމައަށް އައިއިރު ނަތީޖާ އަކީ 1-5. މިހާ ހިސާބަށް އައިއިރު އިންގްލެންޑުން ވަނީ 79 އިންސައްތަ ޕޮޒެޝަން ހިފަހައްޓާފަ.

    އެޓީމުން މިހާތަނަށް ޖުމްލަ 12 ހަމަލާއެއް ފޮނުވާލާ ހަ ހަމަލާއެއް ގޯލާއި އަމާޒުވާގޮތަށް އުފައްދާފައިވޭ. އީރާނަށް މުޅިއެކު އުފެއްދުނީ ހަ ހަމަލާ. ގޯލާ އަމާޒުވާގޮތަށް ފޮނުވާލެވުނީ އެންމެ ހަމަލާއެއް.

    19:47

    77 ވަނަ މިނެޓު: އީރާންގެ ބަދަލެއް. ނޫރުﷲ ގެ ބަދަލުގައި ސަރްދާރް އަޒްމޫން ކުޅެން އަރުވައިފި.

    19:43

    76 ވަނަ މިނެޓު: ހެރީ ކޭންގެ ބަދަލުގައި އިންގްލެންޑުން ކެލަމް ވިލްސަން ކުޅެން އަރުވައިފި.

    19:42

    71 ވަނަ މިނެޓު: އިންގްލެންޑުގެ ފަސްވަނަ ލަނޑު. މިލަނޑު ޖަހައިދިނީ ކުޅެން އެރިތާ މިނެޓެއްގެ ތެރޭގައި މާކަސް ރަޝްފޯޑު. ނަތީޖާ އަކީ 1-5

    19:40

    އިންގްލެންޑުގެ ތިން ބަދަލެއް. މެގުއާ، ސަކާ، ސްޓާލިންގ އަދި މޭސަން މައުންޓުގެ ބަދަލުގައި ކުޅެން އެރީ މާކަސް ރަޝްފޯޑާއި އެރިކް ޑަޔާ އަދި ޖެކް ގްރީލިޝް އާއި ފިލް ފޯޑެން.

    19:35

    65 ވަނަ މިނެޓު: އީރާން އިން މެޗުގައި ފުރަތަމަ ލަނޑު ޖަހައިފި. އަލީ ގޮލިޒާދެހްގެ އެހީތެރިކަމާއެކު މިލަނޑު އެޓީމަށް ޖަހައިދިނީ މެހްދީ ތަރޭމީ.

    19:29

    62 ވަނަ މިނެޓު: އިންޑިވިޖުއަލް މޮޅު ކުޅުމަކަށްފަހު އޭރިއާ ތެރެއަށް ވަދެ، އީރާންގެ ޑިފެންޑަރުންގެ ތެރެއިން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ބުކާޔޯ ސަކާ އިންގްލެންޑުގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފި. މިއީ މި މެޗުގައި އޭނާ ޖެހި ދެވަނަ ލަނޑު.

    19:21

    48 ވަނަ މިނެޓު: އިންގްލެންޑުގެ ހެރީ ކޭން އަށްކުރި ފައުލަކާ ގުޅިގެން އީރާންގެ މުރްތަޒާ އަށް ރީނދޫ ކާޑެއް.

    19:17

    ދެވަނަ ހާފަށް އީރާން ނުކުތީ އިތުރު ތިން ބަދަލަކާއެކު. އެއީ ރޫޒްބޭ ޗެޝްމީ އާއި އަލީ ރިޒާ ޖަހަންބަކްޝް އަދި އަލީ ކަރީމީގެ ބަދަލުގައި ހޮސެއިން ކަނާނިޒަޑެގަން އާއި ސައީދް އިޒަތޮލާހީ އަދި އަލީ ގޮލިޒަދޭހް ކުޅެން އަރުވައިގެން.

    19:16

    ދެވަނަ ހާފުގެ ކުޅުން ފަށައިފި 0-3 އިން ކުރީގައި އޮތީ އިންގްލެންޑް

    18:55

    ފުރަތަމަ ހާފުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވެ، އިތުރުވަގުތުގެ ގޮތުގައި ދެއްކި 14 މިނެޓުގެ ކުޅުންވެސް ނިމިއްޖެ. ހާފު ނިމުންއިރު އިންގްލެންޑް އޮތީ 0-3 އިން ކުރީގައި.

    ފުރަތަމަ ހާފުގައި އިންގްލެންޑުން ވަނީ 7 ހަމަލާއެއް އުފައްދާ، އޭގެ ތެރެއިން 4 ހަމަލާއެއް ވަނީ ގޯލާއި އަމާޒުކޮށްލާފަ. އީރާންގެ ކުޅުންތެރިން 4 ހަމަލާއެއް އުފެއްދިއިރު އެންމެ ހަމަލާއެއްވެސް ގޯލާއި އަމާޒުވާގޮތަށް ފޮނުވާލެވިފައެއް ނުވޭ.

    ހާފުގެ ޖުމްލަ 59 މިނެޓުގެ ތެރޭގައި 82 އިންސައްތަ ޕޮސެޝަން ހިފެހެއްޓީ އިންގްލެންޑުން. އީރާނަށް ލިބުނީ 18 އިންސައްތަ. ފުރަތަމަ ހާފުގައި ފާހަގަކޮށްލެވުނު ކަންތައްތަކުގެ ތެރޭގައި އީރާންގެ ކީޕަރަށް ސީރިއަސް އަނިޔާއެއް ކުރިމަތިވެ ދަނޑުން ބޭލުން އަދި އިންގްލެންޑުން ގާތްގާތުގައި ތިން ލަނޑު ޖެހުން ހިމެނޭ.

    18:52

    45 މިނެޓުގެ ކުޅުން ހަމަވެ އިތުރުވަގުތުގެ ގޮތުގައި 14 މިނެޓު ވަނީ ދައްކާފަ. މިހާ ގިނައިން އިތުރުވަގުތު ދީފައިވަނީ އީރާންގެ ކީޕަރަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުން މެދުކަނޑާލާފައި އޮތުމުން.

    18:45

    45 ވަނަ މިނެޓު: އިންގްލެންޑުން ތިންވަނަ ލަނޑެއް ޖަހައިފި. މިއީ ކޭން ނަގައިދިން ހުރަހެއް މުޅިން ހުސްކޮށް ހުރެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާޅައިގެން ރަހީމް ސްޓާލިންގް ކާމިޔާބުކޮށްދިން ލަނޑެއް.

    18:41

    43 ވަނަ މިނެޓު: އިންގްލެންޑަށް ކޯނަރެއް. އަނެއްކާވެސް ލަނޑެއް. މިލަނޑު ޖަހައިދިނީ ބުކާޔޯ ސަކާ. މިއީ ޓްރިޕިއާ ނަގައިދިން ކޯނަރު، އީރާންގެ ކުޅުންތެރިން ބޯޅައަށް ހުރަސްއަޅަން ކުރި މަސައްކަތް ހެރީ މެގުއާ ނާކާމިޔާބު ކޮށްލާ، ސަކާ އަށް ހޯދައިދިނުމުން އޭނާ ޖެހި ލަނޑެއް.

    ލަނޑުޖެހުމަށްފަހު ސަކާ އުފާ ފާޅުކުރަނީ -- ފޮޓޯ/ގެޓީ އިމޭޖަސް
    18:35
    އިންގްލެންޑާއި އީރާންގެ ކުރިމަތިލުން -- ފޮޓޯ/ގެޓީ އިމޭޖަސް
    18:34

    35 ވަނަ މިނެޓު. އިންގްލެންޑުން ލަނޑު ޖަހައިފި. ލަނޑު ޖަހައިދިނީ ޒުވާން ތަރި ޖޫޑް ބެލިންގްހަމް.

    18:33

    32 ވަނަ މިނެޓު: ކޯނަރަކުން ޓްރިޕިއާ ނަގައިދިން ހުރަހުގައި ހެރީ މެގުއާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށް.

    18:27

    30 ވަނަ މިނެޓު: އިންގްލެންޑުގެ ނުރައްކާތެރި ހަމަލާއެއް. ޓީމެއްގެ ގޮތުގައި ކުޅެ ބުކާޔޯ ސަކާ ތަނަަސްކޮށްދިން ފުރސަތެއްގައި އޭރިއާ ތެރޭގައި ހުރެ މޭސަން މައުންޓު ފޮނުވާލި ހަމަލާ އަމާޒުވީ ބޭރު ދާގަނޑަށް.

    18:23

    ފުރަތަމަ ހާފުގެ 25 މިނެޓުގެ ކުޅުން: ނަތީޖާއަކަށް ބަދަލެއް ނާދޭ. އީރާންގެ ކީޕަރަށް އަނިޔާވެގެން ގިނަވަގުތު ކުޅުން މެދުކެނޑިފައި އޮތް. ކުޅުނު ވަގުތުގެ ތެރެއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިން މޮޅަށް ކުޅުނީ އިންގްލެންޑޫން. 25 މިނެޓުގެ ތެރޭގައި އިންގްލެންޑުން ގޯލާއި އަމާޒުކޮށް އެއް ހަމަލާ ފޮނުވާލާފައިވޭ. އީރާންގެ ޖަހަންބަކްޝް އަށް ރީނދޫ ކާޑެއް ދައްކާފައިވޭ.

    18:20

    21 ވަނަ މިނެޓު: އީރާނަށް ހިލޭ ޖެހުމެއް. އެންމެ އެދެވޭގޮތަށް ބޭނުމެއް ނުހިފުން.

    18:17

    20 ވަނަ މިނެޓު: ލިބުނު އަނިޔާއާ ގުޅިގެން ބެއިރަންޑްވާންޑަށް ކުޅުން ކުރިއަށް ނުގެންދެވުން. ބަދަލު ކީޕަރު ހޮސެއިން ހޮސެއިނީ ކުޅެން އެރުވުމަށްފަހު ކުޅުން އަލުން ފަށައިފި.

    18:16

    18 ވަނަ މިނެޓު: އީރާންގެ ކީޕަރު އަނެއްކާވެސް ދަނޑުމަތީގައި އޮށޯވެއްޖެ. އަތުގެ އިޝާރާތުން، އޭނާ ބަދަލުކޮށްދިނުމަށް އެދިއްޖެ.

    18:15

    ފަރުވާ ހޯދުމަށްފަހު 16 ވަނަ މިނެޓުގެ ތެރޭގައި އީރާންގެ ކީޕަރު އެނބުރި ކުޅުމާ ބައިވެރިވެއްޖެ. ކުޅުން ފަށައިފި. ލިބުނު އަނިޔާއާ ގުޅިގެން ބަދަލު ކީޕަރު އަރުވަންވެސް އީރާނުން ތައްޔާރުވި.

    18:11

    15 ވަނަ މިނެޓު: ކީޕަރަށް ލިބުނު އަނިޔާއާ ގުޅިގެން އަދިވެސް ކުޅުން ވަނީ މެދުކަނޑާލާފަ

    18:10

    8 ވަނަ މިނެޓު: އިންގްލެންޑުގެ ހަމަލާ ދިފާއުކުރަން އުޅުމުގެ ތެރޭގައި އީރާންގެ ކީޕަރު ބެއިރަންޑްވާންޑާއި ޑިފެންޑަރު ހޮސެއިނީގެ މޫނު ޖެހި އަނިޔާވެއްޖެ. ކުޅުން ވަނީ މެދުކަނޑާލާފަ.

    18:08

    8 ވަނަ މިނެޓު: ހެރީ ކޭން ނަގައިދިން ހުރަހަކުން އިންގްލެންޑަށް ރަނުގެ ފުރުސަތެއް. މެގުއާ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނު. ބޯޅަ އަމާޒުވީ ގޯލުގެ ބޭރު ދާގަނޑަށް.

    18:04

    އިންގްލެންޑުގެ މެޗު ބެލުމަށް އެޓީމުގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑް ޑޭވިޑް ބެކަމް ދަނޑަށް ހާޒިރުވި

    18:02

    މެޗުގެ ތިންވަނަ މިނެޓުގައި އިންގްލެންޑަށް ކޯނަރެއް ލިބިއްޖެ. ކޯނަރުން ލިބުނު ފުރުސަތު ގެއްލުނީ އީރާނުގެ އޭރިއާ ތެރެއިން އިންގްލެންޑުގެ މެގުއާ ފައުލް ކުރުމުން.

    18:00

    ފީފާ ވޯލްޑް ކަޕުގެ ދެވަނަ މެޗު އަދި ގްރޫޕް ބީގެ ފުރަތަމަ މެޗުގައި އީރާނާއި އިންގްލެންޑް ބައްދަލުކުރާ މެޗު ފަށައިފި.