ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގައި ކުޅޭ ދެވަނަ މެޗުގައި މިރޭ 09:00 ގައި ސެނެގާލާއި އިންގްލެންޑް ކުރިމަތިލާނެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ގަތަރާއި އެކުއެޑޯ ބައްދަލުކުރި މެޗުން 0-2 އިން މޮޅުވީ އެކުއެޑޯ އެވެ.

މި ގުރޫޕުގެ ދެވަނަ މެޗުގައި ނެދަލެންޑްސް އާއި ސެނެގާލް ބައްދަލުކުރާ މެޗު ކުޅޭނީ އަލް ތުމާމާ ސްޓޭޑިއަމުގައެވެ. މިއީ 40،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ.

ސެނެގާލް

ސެނެގާލް އިން އެންމެފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ 2002 ވަނަ އަހަރުއެވެ.

ފުރަތަމަ މުބާރާތުގައިވެސް އެޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެ މުބާރާތުގެ ކުއާޓާ ފައިނަލާއި ހަމައަށް ސެނެގާލް ދަތުރުކުރިއެވެ. އެއީ ރައުންޑް އޮފް 16 ގައި ސްވީޑަންގެ މައްޗަށް ކުރިހޯދައިގެންނެވެ.

ސެނެގާލް ރައުންޑް އޮފް 16 އަށް ދަތުރުކުރީ އެޓީމު ހިމެނުނު ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެ ގުރޫޕުގައި ވަރުގަދަ ފްރާންސް ވެސް ހިމެނެއެވެ. އެހެންނަމަވެސް ފްރާންސް އަށް ޖެހުނީ ގްރޫޕް ސްޓޭޖާއި ހަމައިން ވަކިވާށެވެ.

އޭގެފަހުން ދެން ސެނެގާލް ވޯލްޑް ކަޕެއްގައި ކުޅުނީ 2018 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ސެނެގާލް ވަނީ ކަޓާފައެވެ.

މިފަހަރުގެ މުބާރާތުގައި ސެނެގާލް އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، ޖަރުމަނުގެ ބަޔާން މިއުނިިކަށް ކުޅެމުން އަންނަ ސަޑިއޯ މާނޭއަށް އަނިޔާގެ ސަބަބުން މުބާރާތުގައި ނުކުޅެވުމެވެ.

ނެދަލެންޑްސް

މީގެކުރިން ތިން 10 ފަހަރެއްގެ މަތީން މުބާރާތުގައި ކުޅެފައިވެއެވެ. އަދި ތިން ފަހަރެއްގެ މަތީން މުބާރާތުގެ ފައިނަލުގައިވެސް ކުޅެފައިވެއެވެ. އެއީ 1974 ގެ ވޯލްޑް ކަޕާއި 1978 ގެ ވޯލްޑް ކަޕުގައެވެ. އެހެންނަމަވެސް ނެދަލެންޑްސް އަށް މި ޝަރަފުވެރި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މީގެއިތުރުން އެންމެފަހުން ބޭއްވި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިވެފައެއްވެސް ނުވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕާއި ކުރިމަތިލާއިރު ނެދަލެންޑްސް އޮތީ ރަނގަޅު ފޯމެއްގައެވެ. އެޓީމުގެ ސްކޮޑުގައި، ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ.

އެންމެފަހުން ކުޅުނު ފަސް މެޗު:

ސެނެގާލް:

  • ސެނެގާލް 1-1 އީރާން
  • ސެނެގާލް 2-0 ބޮލީވިއާ
  • ސެނެގާލް 1-1 މޮޒަމްބީކް (ޕެނަލްޓީ: 2-4)
  • ސެނެގާލް 3-4 ޒަމްބިއާ
  • ސެނެގާލް 1-1 އެސްވަޓީނީ (ޕެނަލްޓީ: 10-9)

ނެދަލެންޑްސް:

  • ނެދަލެންޑްސް 1-0 ބެލްޖިއަމް
  • ނެދަލެންޑްސް 2-0 ޕޮލެންޑް
  • ނެދަލެންޑްސް 3-2 ވޭލްސް
  • ނެދަލެންޑްސް 2-2 ޕޮލެންޑް
  • ނެދަލެންޑްސް 2-2 ވޭލްސ

ސެނެގާލް (3-3-4)

އެޑުއާޑް މެންޑީ؛ ސަބަލީ, ކުލިބާލީ، ޑިއާލޯ، ބަލޯ ޓޫރޭ، އިދްރީސާ ގޭއި، ޕަޕޭ ގުޔޭ، މަޓާ ސާ؛ ޑިއެންގް، ޑިއާ، އިސްމާއިލާ ސާ.

ނެދަލެންޑްސް (2-3-5)

ނޮޕާޓް؛ ޑަމްފްރީސް، ޓިމްބާ، ވެންޑައިކް، ނޭތަން އެކޭ، ޑޭލީ ބްލިންޑް،؛ ޑި ޖޯންގ، ބާގުއިސް، ގެކްޕޯ؛ ޖެންސެން، ބާޖްވައިން.

ޓީމުގެ ތަރިއަކީ؟

ސެނެގާލް: އިސްމާއިލާ ސާ

ސެނެގާލް ޓީމުން ސަޑިއޯ މާނޭއަށް އަނިޔާގެ ސަބަބުން ފުރުސަތު ގެއްލިފައިވާއިރު، ދެން އެޓީމުގައި އެންމެފާހަގަކޮށްލެވޭ ކުޅުމެއް ދެއްކޭނެ ކުޅުންތެރިއެއްގެ ގޮތުގައި ބެލެވެނީ ފޯވާޑަށް ކުޅޭ އިސްމާއިލާ ސާ އެވެ.

އޭނާ އަކީ އިނގިރޭސިވިލާތުގެ ދެވަނަ ޑިވިޝަނުގައި ކުޅޭ ވަޓްފޯޑުގެ ކުޅުންތެރިއެކެވެ.

ކުލަބު ކެރިއަރުގައި މިހާތަނަށް 219 މެޗު ކުޅެފައިވާ ސާ ވަނީ 53 ލަނޑު ކާމިޔާބު ކޮށްފައެވެ.

އަދި ސެނެގާލްގެ ގައުމީ ޓީމަށް ކުޅެދިން 43 މެޗުން 10 ލަނޑު ޖަހައިދީފައިވެއެވެ.

އޭނާ ވަނީ 2021 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި ސެނެގާލް ޓީމުގައި ހިމެނިފައެވެ.

ނެދަލެންޑްސް: ވާޖިލް ވެންޑައިކު

ވާޖިލް ވެންޑައިކަކީ މިވަގުތު ފުޓުބޯޅައިގައި ފެންނަންހުރި އެންމެ މޮޅު އެއް ޑިފެންޑަރެވެ.

ޖެހިލުމެއް ނެތި އިދިކޮޅު ޓީމުގެ ފޯވާޑުން ހުއްޓުވުމުގައި ހުށިޔާރުކަން ދައްކަމުން އަންނަ ވެން ޑައިކަކީ ނެދަލެންޑްސް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމާއިމެދު އެކަކުވެސް ދެބަހެއް ނުވާނެއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަބާރު ލިވަޕޫލުގެ ފަހަތް ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ވެންޑައިކު ވަނީ ގައުމީ ޓީމަށް ޑިފެންޑަރެއްގެ ގޮތުގައި 49 މެޗު ކުޅެދީ 6 ލަނޑުވެސް ޖަހައިދީފައެވެ.