މަސްތުވާއެއްޗެއް ކަމަށް ތުހުމަތު ކުރެވޭ ބްލެޓް ސައިޒުގެ ޕެކެޓަކާ އެކު 45 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިރޭ ބުނީ މިއަދު ހެނދުނު 10:30 އެހާކަންހާއިރު މަޖީދީމަގުގައި ހުންނަ ވީބީ މާޓް ސަރަހައްދުން ބްލެޓް ސައިޒުގެ ޕެކެޓަކާ އެކު ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި ކަރަންކާވިލާ އަހުމަދު ޝަމީމު 45، ކަމަށެވެ.

ފުލުހުން ބުނީ ބުލެޓް ސައިޒްގެ ޕެކެޓެއް އޭނާގެ އަތުން ފެނިފައި ވަނީ ޝަމީމްގެ އަމަލުތައް ހުރި ގޮތުން ފުލުހުން އޭނާ ބަލައި ފާސްކުރުމުގެ ތެރޭގައި ޝަމީމްގެ ޖިންސުގެ ކުރިމަތީ ޖީބުން ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އޭނާއަކީ މަސްތުވާތަކެތީގެ ބޮނޑުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނާ މ. ލޮނުމިދިލިގޭ، ޝަފާޒު އަބްދުއްރައްޒާގުގެ ބައިވެރިއެއް ކަމަށްވާ އިސްމާއިލް ޝަހީމްގެ ބޭބެ އެވެ.