ހޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރުންގެ ލިސްޓުގައި ހިމެނޭ ކްރިސް ހެމްސްވޯތު އެކްޓިން އިން ބްރޭކެއް ނެގުމަށް ނިންމައިފިއެވެ.

މާވެލްގެ "ތޯ" ކެރެކްޓާއާއެކު ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ހެމްސްވޯތު އެކްޓިން އިން ބްރޭކެއް ނެގުމަށް ނިންމާފައި ވަނީ އޭނާގެ ހަށިގަނޑުގައި އަލްޒައިމާސް އުފެދުން އެކަށީގެންވާކަން އެނގުމުންނެވެ.

"މިއީ ޕްރީ ޑިޓާމިނިސްޓިކް ޖީން އެއް ނޫން އަލްޒައިމާސް ހުރި ކަމުގެ. އެކަމު އަލްޒައިމާސް ހުރެ ދާނެ ކަމުގެ ބޮޑު އިޝާރާތެއް ލިބިފައިވަނީ،" ދާދިފަހުން ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ހެމްސްވޯތު ބުންޏެވެ.

ދާދިފަހުން އެނގިފައިވާގޮތުގައި އޭނާގެ ޖެނެޓިކް މޭކަޕްގައި "އޭޕީއޯއީ4" ޖީންގެ ދެ ކޮޕީ އެބަހުއްޓެވެ. އެއް ކޮޕީއަކީ އޭނާގެ ބައްޕަގެ ފަރާތުންނެވެ. އަދި އަނެއް ކޮޕީ އަކީ އޭނާގެ މަންމަގެ ފަރާތުންނެވެ. މި ކޮމްބިނޭޝަނަކީ އަލްޒައިމާސްގެ ނުރައްކާ ބޮޑުވާ ކޮމްބިނޭޝަނެކެވެ.

މިކަން އެނގުމުގެ ސަބަބުން އޭނާ ބޭނުންވީ ފިލްމު ކުޅުމުން ބްރޭކެއް ނަގަން ކަމަށް އޭނާ ބުންޏެވެ.

މިހާރު ކުރިއަށްދާ ފިލްމުގެ ޝޫޓިން ނިންމާލައި މިހާރު ކުރިއަށްދަނީ ފިލްމުގެ ޕްރޮމޯޝަނަލް ޓުއާއެވެ. މި ޓުއާއަކީ ނޭޝަނަލް ޖޯގްރަފިކްގެ ލިމިޓެޑް ސީރީޒްގެ އެއްކަމަށްވާ "ލިމިޓްލެސް" އެވެ. މި ޝޯގެ ޕްރޮމޯޝަނަލް ޓުއާއަށް ފަހު ހެމްސްވޯތު އެކްޓިން އިން ބްރޭކެއް ނެގުމަށްފަހު އަމިއްލަ ނަފުސަށް ވަގުތު ނަގާނީ ކަމަށް އޭނާ ބުންޏެވެ. އަދި އެއަށްފަހު އާއިލާ ގާތަށް ގޮސް އަންހެނުންނާއި ދަރިންނާއެކު މި ވަގުތު ހޭދަ ކުރާނީ ކަމަށްވެސް ހެމްސްވޯތު ބުންޏެވެ.