17 Nov 2022, 23:14
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް މިއަދު ހުޅުވާލައިފިއެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރާ ގުޅިގެން ބީއެމްއެލްއިން 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެސް ވަނީ އިކޮނޮމިކް ސްޓިމިއުލަސް ލޯން ދޫކޮށްފައެވެ.
އިކޮނޮމިކް ސްޓިމިއުލަސް ލޯނަށް ޝަރުތު ހަމަވާ މީހުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިއުންތައް ފޮނުވާނީ ބީއެމްއެލްގެ[email protected]އީމެއިލް މެދުވެރިކޮށެވެ.
މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް ހަތް މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާއިރު މި ލޯނަށް ކަނޑައެޅިފައިވަނީ ހަ ޕަސަންޓުގެ އިންޓްރެސްޓް ރޭޓެކެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރުގެ މުއްދަތެއް ލިބޭނެއެވެ.
އީއައިބީ ކޮވިޑް ރިލީފް ލޯނާއި އިކޮނޮމިކް ސްޓިމިއުލަސް ލޯނު ކުރިން ލިބިފައިވާ ފަރާތްތަކަށް މި ލޯނަށް ޝަރުތު ހަމައެއް ނުވާނެއެވެ. ލޯނަށް އެދި ހުށަހެޅުމުގެ ފަހު ވަގުތަކީ މިމަހުގެ 30ވަނަ ދުވަހެވެ.