ފުލުހުން ބަލާ ފާސްކުރި މީހެއްގެ އަތުން ގަލޮޅު ގެއަކުން ވަގަށް ނަގާފައިވާ ފައިސާއާއި ބައެއް ތަކެތި ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގ. އިންސިޔާމަންޒިލުން ވަގަށް ނަގަފައިވާ އައިޕޮޑަކާއި ފޯން ތަކެއްގެ އިތުރުން 3،700 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވަނީ މަޖީދީ މަގު އޮލިމްޕަސް ކައިރިން ރޭ ފަތިހު 05:17 ހާއިރު ހިފަހައްޜާ ބަލާ ފާސްކުރި މީހެއްގެ އަތުން ކަމަށެވެ.

ފުލުހުން ބަލާ ފާސް ކޮށްފައި ވަނީ ޏ. ފުވައްމުލައް މާދަޑު، ޑޭލައިޓް، އިބްރާހިމް އަޝްފާގު އަހުމަދު 29، އެވެ. އޭނާ ޗެކްކުރީ ވަގަށް އެއްޗެހިތަކެއް ނަގައިގެން އުޅޭ ކަމަށް ތުހުމަތު ކުރެވިގެނެވެ.

ފަހަކަށް އައިސް މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.