ސައުތު ކޮރެއަން ބޯއި ބޭންޑް ބީޓީއެސް، ގްރެމީސްގެ ޓޮޕް ކެޓަގަރީތަކުން ނޮމިނޭޓްވެއްޖެއެވެ.

ބީޓީއެސް ނޮމިނޭޓްވީ، މިއުޒިކް އިންޑަސްޓްރީގައިދޭ އެންމެ ބޮޑު އެއް އެވޯޑު ގްރެމީސްގެ އެންމެ މުހިންމު އަދި އެންމެ ވަރުގަދަ ތިން އެވޯޑަށެވެ. އިއްޔެ ރިލީޒްކުރި ލިސްޓުގައި ބީޓީއެސް ވަނީ އަލްބަމް އާއި ރެކޯޑް އާއި ސޯންގް އޮފް ދަ އިޔާ އަދި ބެސްޓް ނިއު އާޓިސްޓް ކެޓަގަރީއިން ނޮމިނޭޓްވެފައެވެ.

މީގެ ތެރެއިން އަލްބަމް އާއި ރެކޯޑް އަދި ސޯންގް އޮފް ދަ އިޔާ އަކީ ގިނަ ބަޔަކު އެންމެ ބޭނުންވާ އެންމެ ވާދަވެރި އެވޯޑެވެ.

މި ނޮމިނޭޝަންސްގައި، އެ ގްރޫޕުގެ އެންމެ ފަހު ލަވަ 'ޔެޓް ޓު ކަމް – ދަ މޯސްޓް ބިއުޓިފުލް މޮމެންޓް' ނޮމިނޭޓްވެފައިވަނީ ބެސްޓް މިއުޒިކް ކެޓަގަރީ އިންނެވެ. އަދި ކޯލްޑްޕްލޭ އާއެކު ނެރުނު 'މައި ޔުނިވާސް' އަށް ދެ ނޮމިނޭޝަނެއް ލިބިފައިވެއެވެ. އެއީ، ބެސްޓް ޕޮޕް ޑުއޯ / ގްރޫޕް ޕަފޮމަންސް އާއި އަލްބަލް އޮފް ދަ އިޔާއެވެ. މިއީ ކޯލްޑްޕްލޭ އާއެކު ނެރުނު 'މައި ޔުނިވާސް' ހިމެނޭ އަލްބަމް (މިއުޒިކް އޮފް ދަ ސްފިއާސް) އެވެ.

ބެސްޓް ޕޮޕް ޑުއޯ / ގްރޫޕް ޕަފޮމަންސްގެ ގޮތުގައި މިދިޔަ އަހަރު ބީޓީއެސް ވަނީ 'ޑައިނަމައިޓް' އާއި 'ބަޓަރ' ނޮމިނޭޓްވެފައެވެ. އަދި، އައު ކޮރެއަން ޕޮޕް ބޭންޑް އަކަށް ގްރެމީސް އެވޯޑުގައި ހުށަހެޅުމުގެ ފުރުސަތު ލިބުނު ކަމުގެ ޝަރަފުވެސް މި ގްރޫޕުން ވަނީ ހޯދާފައެވެ.

ކޭޕޮޕްގެ ބޭންޑަކަށް އަލަށް މި ނޮމިނޭޝަން ލިބިފައިވާއިރު ގްރެމީސް ޝޯގެ އެވޯޑުތައް ދިނުން އޮންނާނީ އަންނަ އަހަރު ފެބްރުއަރީ މަހު ފަހެއްގައެވެ. މި ޝޯ ސީބީއެސް އިން ލައިވްކުރާނެއެވެ.