އުތުރުގެ ރަށެއްގައި ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 12 އަހަރާއި 14 އަހަރުގެ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.

މިއީ ކުޑަކުދިންނާ ގުޅޭ މައްސަލައަކަށް ވާތީ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ބެލުމަށް ފަހު، ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކުރީ ރޭ ކަމަށެވެ. އަދި ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.