ރާއްޖޭގެ މުއާސަލާތީ ކުންފުނި ދިރާގުން ރީލޯޑް "ބޯނަސް" ގެ ނަމުގައި އާ ޕުރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުގެ މާކެޓިން އެންޑް ޕީއާރު އެގްޒެކްޓިވް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވީ ޕްރިޕެއިޑް ކަސްޓަމަރުނަށް ހާއްސަކޮން ހިންގާ ޕުރޮމޯޝަނުގައި ހުކުރު ދުވަހު 50 ރުފިޔާއިން މަތީ ރީލޯޑު ކުރާ ފަރާތް ތަކަށް ބޯނަސް ލިބޭނެ ކަމަށެވެ.

"މިއީ ހުކުރު ދުވަހު އަޅުގަޑުމެންގެ ކަސްޓަމަރުނަށް ހަދިޔާއެއްގެ ގޮތުގައި ހިންގާ ޕްރޮމޯޝަނެއް އެގޮތުން ހުކުރު ދުވަހު 50 ރުފިޔާއިން މަތީ ރީލޯޑް ތަކަށް ބޯނަސް ލިބޭނެ "އިމްޖާދު ވިދާޅުވި އެވެ.

ދިރާގުން ބުނީ ޕުރޮމޯޝަން ގެ މުއްދަތުގައި ބޯނަސް ލިބޭނީ ހުކުރު ދުވަހު 50 ރުފިޔާއިން މަތީގެ ރީލޯޑު ކުރާފަރާތް ތަކައްއެކަނި ކަމަށެވެ.

މިޕުރޮމޯޝަންގައި 50 އާ 99ރ. ދެމެދުގެ ރީލޯޑަކަށް ބޯނަސްގެ ގޮތުގައި 15 ރުފިޔާ ލިބޭނެ އެވެ. އަދި 100-199ރ. ގެ ރީލޯޑަކަށް 35ރ. ލިބޭނެ އެވެ. އަދި ކޮންމެ 200 އާ 499ރ. ދެމެދުގެ ރީލޯޑުތަކަށް ލިބޭނީ 100ރ އެވެ. އަދި 500ރ މަތީގެ ކޮންމެ ރީލޯޑަކަށް 150ރ ލިބޭނެ އެވެ.

ދިރާގުން މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އޭޕްރީލް މަހުގެ ނިޔަލަށެވެ.