ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންނަ މަހުގެ 15އިން ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ އެ ކޭމްޕުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 25އެވެ. އެގޮތުން އެ މުއްދަތުގައި 3351610އަށް ގުޅައިގެން ނަންނޯޓުކުރެވޭނެއެވެ.

މި ޚިތާނީ ކޭމްޕުގައި ހަ ޑޮކްޓަރުން ހަރަކާތްތެރިވާނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރުން ކަމުގައިވާ ޑރ. އަބްދުﷲ އުބައިދު، ޑރ. އިބްރާހިމް މޫމިން، ޑރ. މައުމޫން އާސިމް، ޑރ. ރިޝީ ކާންތް އާރިޔަލް، އަދި ޑރ. އުކަތަމް އަބްދުއްލާޔެވް އެވެ. އަދި ކުޑަކަމުދާ ނިޒާމުގެ ޚާއްސަ ޑޮކްޓަރު، ޑރ. މެހްމެތު އޮޑަރު ވެސް އެ ޓީމުގައި ހިމެނޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ކޭމްޕުގެ މައިގަނޑު މަގުސަދަކީ، ކޭމްޕުގައި ބައިވެރިވާ ކުދިން އެންމެ ފުރަތަމަ ޑޮކްޓަރަށް ދައްކާ ހިސާބުން ފެށިގެން ފަރުވާ ހޯދައި ނިމެންދެން އެންމެ ފުރިހަމަ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުން ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.

މި ޚިތާނީ ކޭމްޕުގެ ޕެކޭޖްގެ އަގަކީ އާސަންދައަށް ކެނޑުމަށްފަހު 4000 ރުފިޔާ އެވެ. އަދި ކޮޓަރި އަޕްގްރޭޑް ކުރަން ބޭނުންވާނަމަ ޕްރައިވެޓް ކޮޓަރިތަކަށް ޚާއްސަ އަގުތަކެއް ހަމަޖެހިފައިވާކަމަށްވެސް ޓްރީ ޓޮޕުން ބުނެއެވެ.

މި ކޭމްޕާ ގުޅޭ އިތުރު މައުލޫމާތު 3351610 އަށް ގުޅުމުން، ނުވަތަ[email protected]އަށް އީމެއިލް ކުރުމުން ލިބޭނެއެވެ.