ސިނަމާލެ ފުލެޓް ތެރޭގައި މިދިއަ ބުރާސްފަތި ދުވަހު ޒުވާނެއްގެ ގަޔަށް ވަޅިހަރައި ޒަޚަމްކޮށްލި މައްސަލާގައި ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހައިދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭ ވިދާޅުވީ، ޏ. ފުވައްމުލަކު، ހޯދަޑު އަވަށު އަހުމަދު ނަޒީމް، 24، ގަޔަށް ވަޅިހަރައި ޒަހަމުކޮށްލި މައްސަލައާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ އެ މައްސަލައާ ގުޅުން ހުރި މީހުން ކަމަށާއި ނަމަވެސް ތަހުގީގު ކުރިއަށް ދާތީ އެއީ ކޮންބައެއް ކަން އަދި އާންމު ކުރެވެން ނެތް ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅުން ހުރި އިތުރު މީހުން ވެސް ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސިނަމާލޭ ފުލެޓް ތެރެއިން ވަޅިހަރައި ޒަޚަމްކޮށްލި ނަޒީމްގެ ބުރަކަށީގެ ދެ ތަނަކަށް ވަޅިހަރައި ޒަޚަކޮށްލި ނަމަވެސް އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.