Home minister aai fuluhunnaai corrections ge verin baavaa noosveringe bahdhaluvumuge live coverage
Home minister aai fuluhunnaai corrections ge verin baavaa noosveringe bahdhaluvumuge live coverage

Last Updated:
3 year 2 week ago

ހޯމް މިނިސްޓަރާއި ފުލުހުންނާއި ކަރެކްޝަންސްގެ ވެރިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖް

    ބުލޮގު ޚުލާސާ

    ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުހައްމަދުފުޅު ބާއްވާ ނޫސްވެރިންގެ ބައްދަލުވުވުމުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

    12:03

    ޕްރެންސް ކޮންފަރެންސް ނިންމާލަމުން ހޯމް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އެ ޓީމްގެ ފަރާތުން ކުރައްވާނެ ކަމަށް.

    11:12

    ނުފޫޒުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ސީޕީ ހަމީދު ވިދާޅުވީ އެމަގާމުގައި ހުންނަވާތާ ހަތަރު އަހަރުވާން ކައިރިވެފައިވާއިރު މިހާތަނަށް ނުފޫޒެއް ފޯރުވުމުގެ ފުރުސަތު ނުދޭ ކަމަށް.

    11:10

    ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތުން ޖާގަ ދޭއިރު އެ މީހުންގެ ކަންކަން ރަނގަޅަަށް ބަލަމުން އަންނަ ކަމަށް. އަދި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތުގައި ތިބުން ރަނގަޅު ނޫން ކަމަށް ފާހަގަވި 82 މީހަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި

    11:07

    ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވިދާޅުވީ މަރު ކޮމިޝަނަށް ފުލުހުންގެ އެއްބާރުލުން ދޭ ކަމަށް، މީގެ ކުރިން ހައްޔަރު ނުކުރި ތިބި މީހުންގެ މައްޗަށް ހެކި ހޯދައި ހައްޔަރު ކޮށްފައިވާ ކަމަށް ވިދާޅުވި. އަދި މި ތަހުގީގުތަކުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުން ބޭނުން ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި.

    11:05

    ގޮތްނޭނގޭ މަރުތަކުގެ ތަހުގީގާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަބާވުދެއްވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އެކަން ބައްލަވާ ކޮމިޝަނަށް ފުރިހަމަ އެއްބާރުލުމެއް ދެމުން އަންނަ ކަމަށް،

    11:00

    ސީޕީ ހަމީދު ވިދާޅުވީ މާލެއާއި އެެހެން ސަރަހައްދުތަކުގައި ވެސް ހަށިވިއްކުމުގެ ކަންކަން ފުޅާވެފައިވާ ކަމަށް. އެހެންވެ ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވި

    އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މިފަދަ 58 މައްސަލައެއް ހުށަހެޅި، ބައްތިރީސް މައްސަލަ ބަލާފައިވާ ކަމަށް. އެފަދަ ކުށްތަކުގައި 140 މީހުން ހައްޔަރުކޮށް 84 މީހުން ޑީޕޯޓް ކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވި. އަދި ފުލުހުންގެ އިސްނެގުމުގެ މަތިން އެފަދަ ތަންތަނަށް ހާއްސަކޮށްގެން 58 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ވިދާޅުވި

    10:59

    މިނިސްޓަރު ވިދާޅުވީ ހަށިވިއްކުމަށް ފުރުސަތު ދީގެން ނުތިބޭ ކަމަށާއި އެކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް

    10:55

    ހަށިވިއްކާތަންތަން އިތުރުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެކަން ސޯޝަލް މީޑިއާއިން މިހާރަކަށް އައިސް ގިނައިން ފެންނަނީ އެ މީޑިއާ ފުޅާވެފައިވާވަރުން ކަމަށް. އަދި ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން އެފަދަ ހަރަކާތްތަކަށް ފަސޭހަ ވެގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި

    10:54

    މާލެ ސަރަހައްދުގައި ކެފޭ އުސޫލުން މަސްތުވުމަށް ހިންގާ ތަންތަން ހުއްޓުވުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަމީދު ވިދާޅުވި

    10:52

    ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 562 އޮޕަރޭޝަނެއް ހިންގާފައިވާއިރު 11955 މީހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާ ކަމަށް ހަމީދު ވިދާޅުވި

    10:47

    މަސްތުވާތަކެއްޗަކީ ފުލުހުންގެ އޮޕަރޭޝަންތަކުގައި މިއަހަރު ވެސް އަދި އަންނަ އަހަރުވެސް އެންމެ އިސްކަން ދޭނެ ކަންތައް ކަމަށް ހަމީދު ވިދާޅުވި

    10:44

    ހަމީދު ވިދާޅުވީ ހަތަރު އަހަރުގެ ތެރޭގައި ފުލުހުންގެ ހިދުމަތަށް 984 މީހުން އިތުރު ކޮށްފައިވާ ކަމަށް. އޭގެ ތެރެއިން 613 މުވައްޒަފުންނަކީ ޔުނީފޯމް އަޅާ މުވައްޒަފުން. އަދި 27 ޕަސެންޓަކީ އަންހެނުން ކަމަށް އޭނާ ވިދާޅުވި.

    10:43

    ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 4201 ފުލުހަކު ތަމްރީން ކޮށްފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވި

    10:40

    ހަމީދު ވިދާޅުވީ ފުލުހުންގެ އާ ގާނޫނުގެ ދަށުން އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ފުލުހުންގެ ތެރެއިން ތަހުގީގު ކުރުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ އެންމެނަކީ އެންމެ ދަށް ވެގެން ޑިޕްލޮމާ ފެންވަރުގެ މީހުންނަށް ހަދަން ޖެހޭ ކަމަށް. އެކަން ކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި

    10:38

    ވޭތުވެދިޔަ ހަތަރު އަހަރު ކުރެވުނު މަސައްކަތްތައް ހިއްސާ ކުރައްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެންމެ އިސްކަމެއް ދިނީ ފުލުހުންގެ ތަމްރީނަށް ކަމަށާއި ރާއްޖެއާއި ރާއްޖޭން ބޭރުން ގިނަ އަދަދެއްގެ ފުލުހުން ތަމްރީން ކޮށްފައިވާ ކަމަށް.

    10:37
    10:35

    މިވޭތުވެދިޔަ އަށް އަހަރުގެ ތެރެގައި 248 އޮފިސަރުން އަލަށް އެ މުއައްސަސާއާ ގުޅުނުއިރު އިތުރު 80 އޮފިސަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އަޙްމަދު ވިދާޅުވި.

    10:33

    މުވައްޒަފުން ތަމްރީނު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން 1907 މުވައްޒަފަކު ތަމްރީން ކޮށްފައިވާ ކަމަށް ވެސް އަޙްމަދު ވިދާޅުވި

    10:32

    އޭނާ ވިދާޅުވީ ދެ ޖަލެއްގައި މެޑިކަލް ސެންޓަރު ހަދައި ޑޮކްޓަރުން މެދުވެރިކޮށް ގައިދީނަށް ފަރުވާ ދެމުން އަންނަ ކަމަށް.

    10:31

    ރިހިބިލިޓޭޝަން ޕްރޮގްރާމަށް ފަހު މުޖުތަމައުއަށް ނެރުނު މީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވިދާޅުވި. އަދި ދެވަނަ ރިހިބިލިޓޭޝަންގެ ޕްރޮގްރާމް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އަޙްމަދު ވިދާޅުވި

    10:29

    ގައިދީން ރިހިބިލިޓޭޝަންގެ މަސައްކަތްތައް ރަނގަޅަށް ހިންގުމަށްޓަކައި ވަކި ޑިޕާޓްމަންޓެއް ހަދައި ފަންނީ މުއައްޒަފުން ހޯދާފައިވާ ކަމަށް އަޙްމަދު ވިދާޅުވި. މިއަހަރުގެ ތެރޭގައި މަސްތުވާތަކެތީން ސަލާމަތް ކުރުމުގެ ޕްރޮގްރާމެއް ޖަލުގައި ހިންގައި ބައެއް ގައިދީން އަނބުރާ މުޖުތަމައުއަށް ނެރެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި

    10:26

    ކޮމިޝަނާ އޮފް ޕްރިޒަން އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ ގައިދީނަށް އަސާސީ ހިދުމަތްތައް ދިނުމަށް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެެރޭގައި ގިނަ މަސައްކަތްތަކެއް ކުރި ކަމަށް. އެގޮތުން ވީޑިއޯ ކޯލް މެދުވެރިކޮށް ގައިދީނާއި އާއިލާތަކާ ގުޅުވައި ދެމުން އަންނަ ކަމަށް ވިދާޅުވި.

    މިނިސްޓަރު އިމްރާން

    ރާއްޖޭގެ ދާހިލީ ސަލާމަތް ކަށަވަރު ކުރުމަށްޓަކައި އަޅުގަނޑުމެން މިވަނީ ސާފް އަމާޒުތަކެއް ކަނޑައަޅައި ދިގު އުސް ފިޔަވަޅުތަކެއް އަޅާފައި
    10:21

    ފުލުހުންނާއި ކަރެކްޝަންސްގެ ފަރާތުން ހިދުމަތް ދޭއިރު އަނިޔާވެރި އަމަލެއް ނުހިންގާކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި

    10:20

    ގޭންގްތައް ހައްލު ކުރުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުން އަންނަ ކަމަށާއި އެކަމަށް ބުރަ އަދި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި

    10:19

    ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެ، ކުރީގައި ހުރި މަސްތުވާތަކެއްޗާއެކު 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި

    10:17

    މިނިސްޓަރު ވިދާޅުވީ އެންމެ އިސްކަމެއް ދިނީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ކަމަށް

    10:13

    މިނިސްޓަރު ވިދާޅުވީ ފުލުހުން ރިފޯމް ކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ އިސްކަމެއް ދިނީ ޒަމާނާ ގުޅޭ ގާނޫނެއް ވުޖޫދު ކުރަން ކަމަށް.

    10:10

    މިނިސްޓަރު އިމްރާން ވިދާޅުވީ މި ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހޯދުނު ކާމިޔާބީތައް ހިއްސާ ކުރުމަށް ކަމަށް

    10:09

    10:08އަހުމަދު ސާއިލް އަލީ

    ނޫސްވެރިންގެ ބައްދަލުވުން ކުޑައިރުކޮޅެއްގެ ތެރޭގައި ފެށިގެން ދާނެ.