ވޯލްޕޭޕަރާއި ތަޅުމުގެ ތަފާތު ވައްތަރުތަކުގެ ފްލޯރިން އާއި އެއާއި ގުޅޭ ހިދުމަތް ފޯރު ކޮށްދޭ ހެބިޓެޓް ޕްރައިވެޓް ލިމިޓެޑުން ފުރާންސްގެ އުފެއްދުމެއް ކަމަށްވާ "ޓާކެޓް" ބުރޭންޑްގެ ފްލޯރިން ރާއްޖެއަށް ތާއަރަފު ކޮށް ޝޯރޫމެއް ހުޅުވައިފި އެވެ.

" ހެބިޓެޓް މެގަ"އިގެ ނަމުގައި ހުޅުވި އާ ޝޯރޫމާއެކު ޓާކެޓް ފްލޯރިން ރާއްޖެއަށް ތައާރަފް ކޮއްދިނީ އޯކިޑް މަގުގައި ހުންނަ އެ ޝޯރޫމްގައި ރޭ ބޭއްވި ހަފުލާއެއްގައި ހެބިޓެޓް ހަތަރު ޑިރެކްޓަރުން ކަމަށްވާ މުހަންމަދު ނައީމާއި އަހުމަދު މައުމޫނާއި މުހަންމަދު ރަޝްވާން އަދި މުހަންމަދު ފާތިހު އެވެ.

ޓާކެޓް ފްލޯރިން ދައްކުވައިދޭ ޝޯރޫމަކާއެކު ފްލޯރިން ތައާރަފު ކުރުމަށްފަހު ހެބިޓެޓުން ބުނީ މި އަހަރު ތެރޭގައިއާ އުފެއްދުން ތަކެއް ރާއްޖޭގެ ބާޒާރަށް ތައާރަފު ކުރާނެ ކަމަށެވެ.

ހެބިޓެޓުގެ ޝޯރޫމްގައި ޓާކެޓްގެ ވިނައިލް އާއި ލިނޯލިއަމް އާއި ލެމިނޭޓް ވޫޑް ފްލޯރިން އަދި ސުޕޯޓުސް ފްލޯރިން ވަނީ ހިމަނާފަ އެވެ.

އަލަށް ތައާރަފު ކުރި ޓާކެޓް ބުރޭންޑުގެ މި އުފެއްދުމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި 130 އަހަރު ކާމިޔާބުކަމާއެކު ބޭނުން ކޮށްފައިވާ އަދި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ އުފެއްދުމެކެވެ.

ހެބިޓެޓްގެ ޝޯރޫމްތައް އައްޑު އަތޮޅުގަ އާއި މާލޭގައި މިހާރު ވެސް ހުރެ އެވެ.