15 Nov 2022, 10:33
ޓްރީޓޮޕް ހޮސްޕިޓަލްގެ ފެމިލީ މެޑިސިން ކްލިނިކުން ގިނަ ޚިދުމަތްތަކެއް ލިބޭނެއެވެ.
އެ ހޮސްޕިޓަލުން ބުނީ އެ ކްލިނިކު ހުޅުވައިފައިވަނީ މީހުންގެ ތެރޭގައި، ބަލިތަކުން ރައްކާތެރިވުމަށާއި، ބަލިތަކުގެ އަލާމާތްތައް ދެނެގަތުމާއި، ކުރިއާލައި ފަރުވާ ހޯދުމަށް މަގުފަހިކޮށްދިނުމަށްކަމަށެވެ.
ހަމައެއާއެކު ދުޅަހެޔޮ ދިރިއުޅުމެއް ގާއިމްކުރުމަށް އެހީވެދިނުމަށްކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ހޮސްޕިޓަލްގެ ފެމެލީ މެޑިސިން ކްލިނިކުން ގިނަ ޚިދުމަތްތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ޕްރިވެންޓިވް ކެއާއާއި ޗެކައަޕް ހެދުމާއި ހެލްތް ރިސްކް އެސެސްމެންޓުތައް ހެދުން ހިމެނެއެވެ. މީގެ އިތުރުން ވެކްސިން ޖަހައިދިނުމާއި، ވޯކް ޕާމިޓް މެޑިކަލްގެ އިތުރުން ދުޅަ ހެޔޮ ދިރިއުޅުމެއް ބިނާ ކުރަން ކައުންސިލިން ޚިދުމަތް ދިނުން ވެސް ހިމެނެއެވެ.
ކްލިނިކް ހުޅުވާފައި ހުންނަނީ ހޮސްޕިޓަލްގެ އެއްވަނަ ފަންގިފިލާގައެވެ. އެ ކްލިނިކްގެ ޚިދުމަތް ދޭނީ ފެމިލީ މެޑިސިން ސްޕެޝަލިސްޓް ޑރ. އިބްރާހީމް އިޔާޒުގެ ލަފާގެ ދަށުންނެވެ. ޑރ. އިޔާޒަކީ އެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހާސިލްކޮށްފައިވާ ބޭފުޅެކެވެ.
ފެމިލީ ކްލިނިކްގެ މައިގަނޑު މަސައްކަތަކަށްވާނީ ބަލި މީހުންނަށް ޖެނެރަލް ކޮންސަލްޓޭޝަން އަދި ނޮން އެމާރޖެންސީ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.
މިކަމާ ބެހޭ އިތުރު މައުލޫމާތު އެ ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅުމުން ލިބޭނެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލަކީ ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގައި ޚިދުމަތް ފޯރުކޮށްދެނީ އެންމެ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށެވެ.