Last Updated:
3 year 2 week ago

ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖް

    ބުލޮގު ޚުލާސާ

    ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް ކަވަރޭޖަށް މަރުހަބާ

    މުހައްމަދު ސާމިހް، ހޮމިސައިޑް އިންވެސްޓިގޭޝަންގެ ހެޑް

    މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި ފުރަތަމަ އަލިފާން ރޯވީ ގަރާޖުގައިކަން އެނގޭ
    16:35

    ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައި

    އުސްވަތު އަހްމަދު، އިންސްޕެކްޓާ އޮފް ޕޮލިސް

    މިފަރާތްތަކުން ރާވަމުންދިޔައީ ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށްކަން ފާހަގަކުރެވިފައިވޭ
    އުސްވަތު އަހްމަދު، އިންސްޕެކްޓާ އޮފް ޕޮލިސް

    ޓެރަރިޒަމްގެ މައްސަލައާ ގުޅިގެން ބަލައި ފާސްކުރި ގެތަކުން މައްސަލައާ ގުޅުންހުރި ތަކެތި ވަނީ ފެނިފައި
    އުސްވަތު އަހްމަދު، އިންސްޕެކްޓާ އޮފް ޕޮލިސް

    ޓެރަރިޒަމްގެ އޮޕަރޭޝަންގައި ހައްޔަރުކުރި 14 މީހުންނަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހުން. އޭގެތެރެއިން ނުވަ މީހުންނަކީ މީގެކުރިން ވެސް ޓެރަރިޒަމްގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން
    16:28

    ޓެރަރިޒަމްގެ އޮޕަރޭޝަންގައި އައްޑޫ ސިޓީން 10 ފިރިހެނަކު ހައްޔަރުކޮށް 11 ގެއެއް ބަލައި ފާސްކޮށްފައިވޭ. މާލެއިން ދެ ފިރިހެނަކު ހައްޔަރުކޮށް ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވޭ. ކ. ގުރައިދޫން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވޭ

    16:24

    އައްޑޫ ސިޓީގައި ހަރުކަށި ފިކުރަށް ތާއީދު ކުރާ ފަރާތްތަކުން އައިއެސް އަށް ތާއިދު ކުރާ ފަރާތްތަކުން ރާއްޖެއަށް ޓެރަރިޒަމްގެ ހަމަލާއެއް ދީ ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅުނު ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި

    16:24

    އިންޑިއާގެ ތިން މީހެއްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް ގައުމަށް ވަނީ ފޮނުވާފައި

    16:21

    މި އަހަރުގެ މެއި ފަސް ވަނަ ދުވަހު މ. ނިރުފެހިގޭގެ ގަރާޖުގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ

    މުހައްމަދު ސާމިހް، ހޮމިސައިޑް އިންވެސްޓިގޭޝަންގެ ހެޑް

    މ. ނިރުފެހިގޭގައި ގަރާޖް ހިންގަމުން ދަނީ އެކަން ކުރުމުގެ ގަވާއިދާ ޚިލާފަށްކަން މިހާތަނަށް ތަހުގީގަށް އެނގިފައިވޭ
    މުހައްމަދު ސާމިހް، ހޮމިސައިޑް އިންވެސްޓިގޭޝަންގެ ހެޑް

    މ. ނިރުފެހިގޭގައި ހިންގަމުންދާ ގަރާޖްގެ ވެރިފަރާތުގެ ނަމުގައި، އޭއެސްއެމް ގަރާޖްގެ ނަމުގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކަމާއި އަދި އެ ވިޔަފާރި ހިންގުމަށް ހުއްދަ ދީފައި ވަނީ ހުޅުމާލޭގައިކަން މިހާތަނަށް ކުރެވުނު ތަހުގީގުތަކުން އެނގިފައިވޭ
    މުހައްމަދު ސާމިހް، ހޮމިސައިޑް އިންވެސްޓިގޭޝަންގެ ހެޑް

    މި. ނިރުފެހިގެ، އިމާރާތްކޮށްފައި ވަނީ ލަކުޑިން ޑެކްއަޅައިގެން ދެ ފަންގިފިލާއަކަށް. މަތީގައި ހުރި ދެ ފްލޯއަކީ މީހުން ދިރިއުޅެން ގިނަ ކޮޓަރިތަކެއްގެ މައްޗަށް ހަދާފައި ހުރި ދެބައި
    މުހައްމަދު ސާމިހް، ހޮމިސައިޑް އިންވެސްޓިގޭޝަންގެ ހެޑް

    ފަރުވާދެމުން ދިޔަ އެކަކު މަރުވި. އިތުރު މީހަކަށް މިހާރުވެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން
    މުހައްމަދު ސާމިހް، ހޮމިސައިޑް އިންވެސްޓިގޭޝަންގެ ހެޑް

    އަލިފާން ރޯވިއިރު މ. ނިރުފެހިގޭގެ އިމާރާތުގައި 26 މީހަކު ދިރިއުޅުނު. އެވަގުތު އޭގެތެރެއިން ގިނަ ބަޔަކު ބޭރަށް ނުކުމެފައިވޭ