ދަމާސް އިން އެކުންފުނީގެ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް "ވާވް ސޭލް"ގެ ނަމުގައި ފަންސާސް އިންސައްތަ އާ ހަމައަަށް ޑިސްކައުންޓް ލިބޭ ބޮޑު ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަނާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ދަމާސްގެ ބިޒަނަސް ޑިވެލޮޕްމެންޓް މެނޭޖަރު ޒުލޭޚާ އިބްރާހީމް ވިދާޅުވީ "ވާވް ސޭލް"ގެ ދަށުން އެ ކުންފުނީގެ ފިހާރަތަކުން ވިޔަފާރި ކުރާ މީހުންގެ ތެރެއިން، ކޮންމެ ފިހާރައަކުން ގުރުއަތުން ހޮވޭ އެކަކަށް ހަފުތާއަކު އެއް ފަހަރު އިނާމެއް ދެވޭނެ ކަމަށެވެ.

ހަފުތާގެ ގުރުއަތުގައި ބައިވެރިވެވޭނީ 500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށެވެ. 500 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރުމުން އެ މީހަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ ކަމަށްވެސް ޒުލޭޚާ ވިދާޅުވިއެވެ.

އެހެންނަމަވެސް، ކޮންމެ އައިޓަމަކުންވެސް ފަސް ޕަސެންޓުން ފެށިގެން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެކަމަށްވެސް ޒުލޭޚާ ވިދާޅުވިއެވެ.

މި ޕްރޮމޯޝަންތައް މިމަހުގެ އެކެއްގައި ފެށިއިރު، މި އަންނަ މަހުގެ ނިޔަލަށް މި ޕްރޮމޯޝަންތައް ކުރިއަށް ދާނެއެވެ. އަދިދަމާސް އެކްސްޕްރެސްގެ ވެބްސައިޓްއިންވެސްމި ޕްރޮމޯޝަންގައި ބައިވެރިވުވޭނެ ކަމަށްވެސް ޒުލޭޚާ ވިދާޅުވިއެވެ.

ދަމާސްގެ އައުޓްލެޓް ތަކުގެ ތެރޭގައި، ދަމާސް ހޯމް (ވައިލެޓް މަގު)، ދަމާސް ހާޑްވެއާ (ފާމުދޭރި މަގު)، ދަމާސް ޕެއިންޓް (ފާމުދޭރީ މަގު)، ދަމާސް ކިޗެން (މަޖީދީ މަގު)، ދަމާސް ރިސޯޓްވެއާ (ކޮލި އުމަރު ގޯޅި)، އިންޑެކްސް ފަރުނީޗާ (ހަނދުވަރީ ހިނގުން އަދި އިރަމާ މަގު ގުޅޭ ކަންމަތި) ހިމެނެއެވެ.

ދަމާސް އިން ވިޔަފާރި ކުރާ މީހުންނަށް މާލެ އަދި ހުޅުމާލެގައި ނަމަ ހިލޭ ޑެލިވަރީ އަދި ރާވައިދިނުމުގެ ޚިދުމަތް ކޮށްދޭނެއެވެ. އަދި އަތޮޅު ތެރޭގައި ނަމަ އެރަށެއްގެ ބޯޓަކާ ހަމައަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

މި ޕްރޮމޯޝަނަކީ ކޮންމެ އަހަރަކުވެސް އަހަރު ނިންމުމުގެ ގޮތުން ދަމާސްއިން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. ދަމާސްގެ "ވާވް ސޭލް"އަށް ކޮންމެ އަހަރަކުވެސް ބޮޑު ތަރުހީބެއް ލިބެއެވެ.