13 Nov 2022, 22:24
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޕްރިމިއަމް ލަގްޒަރީ ވިލާތަކެއް އެޅުމަށް ބެޗް ކޮންސްޓަރަކްޝަނާ މިއަދު އެޗްޑީސީއިން ހަވާލުކޮށްފިއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓުއަރިޒަމް އައިލެންޑު ކައިރީގައި ވިލާތައް އަޅަނީ 300،000 އަކަ ފޫޓުގެ ބިމެއްގައެވެ. މި ވިލާ ތަކުގެ ތެރޭގައި ރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރާ ތިން ވައްތަރެއްގެ ވިލާތައް ހިމެނެއެވެ.
މީގެ ތެރޭގައި ހިމެނެނީ ބީޗް ޑްވެލިން، ގާޑެން ޑްވެލިން އަދި އާބަން ޑްވެލިން އެވެ.
މި ވިލާތަކުގެ ސަބަބުން 100 އަށް ވުރެ ގިނަ ވަޒީފާ ހުޅުވޭނެ ކަމަށް އެޗްޑީސީއިން ލަފާކުރެއެވެ.
ހ. މީރުމާގައި މިއަދު ބޭއްވި ހަފްލާގައި ވިލާތައް އެޅުމުގެ އެއްބަސްވުމުގައި ބެޗް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ސައީދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފްއެވެ.