13 Nov 2022, 19:01
އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް މި ޕްރޮމޯޝަންގައި ހިމެނޭނެއެވެ. މިއަދުން ފެށިގެން އަންނަ މަހުގެ 13ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެއެވެ.
އެގޮތުން:
ކޮންމެ ހަފުތާއަކު ދެ މީހަކަށް 5،000 ރުފިޔާ
- ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި ދެ މީހަކަށް ލަންޑަނަށް ރިޓާން ޓިކެޓާއެކު ދަތުރުގެ ހަރަދުގެ ގޮތުގައި 1،000 ޕައުންޑް
މި ޕްރޮމޯޝަންގެ ނަސީބުވެރިން ބީއެމްއެލްގެ ވެބްސައިޓުން ހާމަކުރާނެއެވެ. ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންނުވާނަމަ އެކަން ބޭންކަށް ސިޓީއަކުން އަންގަން ބޭންކުން އެދެއެވެ.
މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެވެބްސައިޓުންލިބޭނެއެވެ.