މަސްތުވާތަކެއްތި އަޅާފައިހުރި ކަމަށް ބެލެވޭ ފުޅިއެއް ހިފައިގެން މަގުމަތީގައި މަސްތުވެގެން އުޅުނު ކަމަށް ބެލެވޭ 18 އަހަރުން ދަށުގެ ހަތަރުކުއްޖަކު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ހަތަރު ކުދިން ހައްޔަރުކުރީ ކަބާ އައިސާ ރަނި ހިނގުމުގައި ހުންނަ ޕޮޑް ރެސްޓޯރަންޓް ކައިރިން މިރޭ 9:30 އެހާއިރު ކަމަށެވެ. އަދި ބުނީ އެ ސަރަހައްދު ޕެޓްރޯލްކުރި ފުލުހުން އެ ކުދިން ހުއްޓުވީ އެ ކުދިންގެ އަމަލުތައް ހުރިގޮތުން މަސްތުވެގެން ތިބިކަމަށް ޝައްކުކުރެވިގެން ކަމަށާއި އެ ކުދިންގެ އަތުން މަސްތުވާއެއްޗެއް ކަމަށް ބެލެވޭ ދިޔާއެއްޗެއް އަޅާފައި ހުރި ފުޅިއެއް ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.