06 Apr 2012, 21:54
ހެންވޭރު، ލަކީ ޕެލަސްގެ ކޮޓަރިއެއްގެ ތެރޭގައި ފިރިހެނަކާއި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ތިއްބާ ދެ މީހަކު އެކޮޓަރީގެ ތެރެއަށް ވަދެ ތޫނު އެއްޗަކުނ ބިރު ދައްކާ ފިރިހެން މީހާގެ ދެ ކޭޝް ކާޑާއި ދެ މީހުންގެ އައިޑީ ކާޑް އަތުލުމަށްފަހު ކޭޝް ކާޑުން ފައިސާ ނަގައިފި އެވެ.
ފުލުހުން ބުނީ ކޮޓަރިއަށް ވަދެ ބިރުދެއްކި ދެ މީހުން ފައިސާ ފޭރިގެން ފިލަން މަސައްކަތް ކުރަނިކޮށް މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެ ދެމީހުން އަތުލައިގަނެ ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި އެ ދެމީހުން ފޭރިގަތް ކާޑުތަކާއި ކޭޝް ކާޑުން ނެގި ފައިސާތައް ވެސް އަތުލާފައިވާ ކަމަށެވެ.
މިރޭ 7:25 އެހާ ކަންހާއިރު ހިނގި މި ހާދިސާގެ ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.
ނަމަވެސް ބުނީ މައްސަލަ ބަލަމުން ދާއިރު 18 ނުފުރޭ އަންހެން ކުއްޖާ ގޮވައިގެން ކޮޓަރިއެއްގައި ހުރި މީހާގެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ކުޑަ އަންހެން ކުއްޖާއާ ފިރިހެން މީހާ ތިބި ލަކީޕެލަސް އަކީ ގެސްޓް ހައުސްގެ ގޮތަށް ހިންގަމުން އަންނަ ތަނެކެވެ.