Last Updated:
3 year 2 week ago

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގެ ލައިވް ކަވަރޭޖް

    ބުލޮގު ޚުލާސާ

    މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގެ ލައިވް ކަވަރޭޖް

    23:41

    މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ހަޔާތީ އަރުތަ އެވޯޑް ހާސިލުކުރީ ޑރ. އަލީ ރަފީގާއި މަޑުލު މުހައްމަދު ވަހީދު

    22:50

    އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލުރީ އާމިނަތު ޝިފްލީން. އޭނާއަށް އެވޯޑް ހާވަލުކޮށްދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ

    22:35

    އެންމެ އުންމީދީ ނޫސްވެރިޔާގެ މަގާމު ހާސިލުކުރީ އާލިމް އަބްދުއްލަތީފް. އެ އެވޯޑް ޗީފް އޮޑިޓް އެގްޒެކެޓިވް ހައްވާ ނާފިއާ

    22:31

    ނޫސް މަޖައްލާ ކެޓަގަރީން ގްރެފިކްސް އިލަސްޓްރޭޝަންގެ ދާއިރާއިން އެވޯޑް ހާސިލުކުރީ އަބްދުﷲ ޝަފީއު. އެ އެވޯޑް ހަވާލުކޮށްދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު

    22:20

    ފޮޓޯ ޖާނަލިޒަމްގެ ދާއިރާއިން އެވޯޑް ހާސިލުކުރީ ނިޝާން އަލީ. އެ އެވޯޑް ހާސިލުކުރީ ނިޝާން އަލީ. އެ އެވޯޑް ހަވާލުކޮށްދެއްވީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ

    22:14

    ނޫސް މަޖައްލާ ކެޓަގަރީން ފީޗަރ ދާއިރާއިން އެވޯޑް ހާސިލުކުރީ ނަޖާހް މަސްއޫދު. އެ އެވޯޑް ހަވާލުކޮށްދެއްވީ އަދާރަން ރިސޯޓްގެ ސޭލްސް މެނޭޖަރު ފާތިމަތު މިލްނާ

    22:08

    ނޫސް މަޖައްލާ ކެޓަގަރީން ވީޑިއޯ ޖާނަލިޒަމްގެ ދާއިރާއިން އެވޯޑް ހާސިލުކުރީ އަހްމަދު އަލީ. އެ އެވޯޑް ހާވާލުކޮށްދެއްވީ ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު ގައިސް.

    22:02

    ކުޅިވަރުގެ ދާއިރާ ނޫސް މަޖައްލާ ކެޓަގަރީން އެވޯޑް ހާސިލުކުރީ އައްޒާމް އަލިފުޅު. އެ އެވޯޑް ހަވާލުކުރީ ދިރާގުގެ ޑައިރެކްޓަރ ލީގަލް ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތު ރަޝީދު ހުސައިން.

    21:58

    ވިޔަފާރި އާއި އިގްތިޞާދީ ދާއިރާއިން ނޫސް މަޖައްލާ ކެޓަގަރީން އެވޯޑް ހާސިލުކުރީ އަހްމަދު ނާއިފް. އެ އެވޯޑް ހަވާލުކުރެއްވީ އެމްއެމްއޭގެ އެގްޒެކެޓިން ޑިރެކްޓަރު އަބްދުލްހަމީދު މުހައްމަދު

    21:52

    ޝަރުއީ އަދި ގާނޫނީ ދާއިރާއިން ނޫސް މަޖައްލާ ގެޓަގަރީން އެވޯޑް ހާސިލުކުރީ ޝަފްނާ ހުސައިން. އެ އެވޯޑް ހަވާލުކޮށްދެއްވީ އުރީދޫގެ ސީއޯއޯ ހުސައިން ނިޔާޒް

    21:47

    ނޫސް މަޖައްލާ ކެޓަގަރީން ސިޔާސީ ދާއިރާގެ އެވޯޑް ހާސިލުކުރީ ފަޒީނާ އަޙްމަދު. އެ އެވޯޑް ހަވާލުކޮށްދެއްވީ ސައުދީ އެމްބަސީގެ ޑައިރެކްޓާ އޮފް އެމްބަސީ މުހައްމަދު އަލް ޝާރިފް

    21:42

    ދެމެހެއްޓެނިވި ތަރައްގީ އާއި އިޖްތިމާއީ ދާއިރާއިން ނޫސް މަޖައްލާ ކެޓަގަރީން އެވޯޑް ހާސިލު ކުރީ މުހައްމަދު ހަމްދޫން. މި އެވޯޑް ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމާ ސާވިސް ޑިރެކްޓަރު ގުލްނާޒް މާހިރު

    21:39

    މީޑިއާ ކައުންސިލްގެ މި ދައުރު ނިމުމުގެ ކުރިން މީޑިއާ މަސައްކަތްތެރިންނަށް ޕްރެސް ކްލަބެއް ހެދުމުގެ މަސައްކަތް ފުރިހަމަވާނެ ކަމަށް މީޑިއާ ކައުންސިލްގެ ރައީސް ވިދާޅުވި.

    މުހައްމަދު ޝަފާއު ހަސަން، މީޑިއާ ކައުންސިލްގެ ރައީސް

    ރާއްޖޭގެ ނޫސްވެރިކަން ވަޑިފަތިވެފައި އޮތް ގޮތް. މި ރާއްޖޭގެ މީޑިއާގެ މާލީ މިނިވަން ކަމުގެ ސިފަ އޮތް ހާލަތު އެންމެނަށް އެނގޭ. އެކަން ވަޒަންކޮށް ފަރުވާ ހޯދުން މުހިންމު. ކައުންސިލުން މި ދަނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ މީޑިއާތަކާއި ގުޅޭ ބޭސްލައިން ސްޓަޑީއެއް ފުރިހަމަ ކުރަމުން. އަދި މިޑިއާއަށް ހިތްވަރު ދޭން ފުރަތަމަ ފަހަރަށް މީޑިއާ ގްރާންޓް ސްކީމެއް މިހާރު ފަށައިފިން
    މުހައްމަދު ޝަފާއު ހަސަން، މީޑިއާ ކައުންސިލްގެ ރައީސް

    ދިވެހި ނޫސްވެރިންނަށް އޮތް ބިރާއި ގޮންޖެހުންތަކާއި ނުރައްކާތައް އަބަދުވެސް އެކި މިންވަރަށް އެކި ސިފަސިފައިގައި އޮވޭ. މިވަގުތު ވެސް މަސްދަރު ހާމަ ކުރަން މަޖުބޫރުކޮށް ޖަލަށްލެވޭ ގޮތަށް ހަދާފައިވާ ގާނޫނެއް އެބަ އޮތް. އަދި ނޫސްވެރިންނާ ނޫސްވެރިކަމަށް ވަރަށް ބޮޑު ހުރަހަކާ ނުރައްކަލެއް ކުރިމަތި ވާނެ އިސްލާހެއް ގާނޫނުލް އުގޫބާތަށް ހުށަހަޅާފައި އެބައޮތް. އެ  ގޮންޖެހުމުގެ ވިލާގަނޑު ނަގަމުން އަބަދޭ. އެކަން އެހެން އޮއްވާ ވެސް މި ކައުންސިލުން ވާނީ ނޫސްވެރި ކަމުގެ މާހައުލުގައި އޮތް ބިރުވެރިކަން ކުޑަ ކުރަން. އަދި ޒަމާނާ ފައި ހަމަ ކުރަން 12 އަހަރު ފަހުން ކައުންސިލުގެ ގާނޫނަށް ގެންނަން ފެންނަ އިސްލާހުތައް މަޖިލީހަށް ފޮނުވާފަ. އެކަން ވެސް އަޅުގަނޑުމެނަށް ވާނެ. އަދި ނޫސްވެރިކަން ވަށައި ބައްދާލަން ނަގާ ވިލާގަނޑު ވެސް އެއްލާލެވޭނެ
    21:17

    ނޫސްވެރިކަމުގެ އިނާމަށް އިންސާފުކޮށްދެއްވި ފަނޑިޔާރުންނަށް ވަނީ ހަނދާނީ ފިލައެއް ދީފައި. އެ ފިލާ ހަވާލުކޮށްދެއްވީ ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް

    21:07

    މިހާރު ކުރިއަށްދާ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފުވެރި މެހެމާނަކީ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ

    21:05

    މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެއް