ދުޅަހެޔޮ ކާނާ އާއި ކުޑަކުދިންގެ ހަރަކާތްތެރިކަމަށް އަމާޒުކޮށް އެޑްވޮކޭޓިން ފޯ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ފަށާފައިވާ "ހީލް" ކެމްޕެއިންގެ ރަސްމީކޮށް މިއަދު ފަށައިފި އެވެ. އާކްގެ މި ކެމްޕޭން މިއަދު ފެށީ އާކްގެ ވެބު ސައިޓް ރަސްމީކޮށް އިފްތިތާހު ކުރުމާއެކު ވެބްސައިޓްގެ ތެރެއިން ނެވެ.

ކުދަކުދިނަށް އަމާޒުކޮށް 2011 ވަނަ އަހަރުން ފެށިގެން އާކުން ކުރިއަށް ގެންދާ ކެމްޕެއިންގައި ކުދިންނަށް އަމާޒުކޮށްފައިވާ މެސެޖްތައް ހިމަނާފައި ވަނީ އާކްގެ ވެބްސައިޓްwww.arc.org.mvގަ އެވެ.

އާކްގެ ވެބުސައިޓު އިފުތިތާހުކުރީ މިއަދު ހަވީރު މަޖީދިއްޔާ ސުކޫލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކެމްޕެއިނާއި ވެބްސައިޓް އިފުތިތާހު ކޮށްދިނީ ކުޑަކުއްޖެކެވެ.

އާކުގެ ކޯފައުންޑާ އަދި އެގުޒެކެޓިވް ޑައިރެކްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ އާކްގެ ހީލް ކެމްޕޭން ރައްކާތެރި ކާނާ ކެއުމަށާއި ހަރަކާތް ތެރި ދިރިއުޅުމަށް ބާރުދިނުމުގެ ގޮތުން ހިންގާ ކެމްޕެއިނެއް ކަމަށާއި ކެމްޕެއިނުގެ ސަބަބުން ކުޑަކުދިނަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ވެބް ސައިޓް މެދުވެރިކޮށް ދުޅަހެޔޮ ސިއްހަތަކާ ބެހޭ ގިނަ މައުލޫމާތު ތަކެއް ވެސް ލިބެހުން ހުންނާނެ ކަމަށެވެ.

"މިކެމްފެއިނުގެ ސަބަބުން ކުދަކުދިނަށް ވަރަށް ގިނަގުނަ ފައިދާތަކެއް ކުރާނެ. އަޅުގަނޑުމެން ގެ މަގުސަދަކީ ދުޅަހެޔޮ ސިހަތެއް ލިބިފައިވާ ކުޑަކުދިންތަކެއް ދިރިއުޅޭ މުޖުތަމައެއް ބިނާކުރުން އެހެން ކަމުން މިއަދު މި ލޯންޗުކުރި ވެބު ސައިޓުން މިކަން ކަމާ ބެހޭ ވަރަށް ގިނަގުނަ މައުލޫމާތުތަކެއް ލިބޭނެ،" ޒެނީޝާ ވިދާޅުވި އެވެ.

ކުޑަކުދިންނަށް އަމާޒްކޮށް އާކް އިން ގިނަ ހަރަކާތްތަކެއް ހިންގަ އެވެ.