Last Updated:
3 year 2 week ago

އިންސާފުގެ މަގަށް ރާއްޖެ ރުޖޫއަކުރެވޭނެ ކަމުގެ އުންމީދު މި ހަތަރު އަހަރު ތެރޭ ގާއިމު ކުރެވިއްޖެ: ރައީސް

    ބުލޮގު ޚުލާސާ

    މިއީ މިއަދު ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ޖަލްސާއެވެ. މި ޖަލްސާގެ ޝަރަފްވެރި މެހެމާނަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ޖަލްސާގައި، މަތީ ދަރަޖަ ހޯއްދަވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

    21:50

    ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން މިއަހަރު ހުޅުވާލި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް މީހުން ބިނާ ކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދައިގެން އިނާމު ހާސިލު ކޮށްފައި ވަނީ އެއް ކުންފުންޏަކުން.

    21:42

    މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މި އަހަރު ލިބެނީ ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދު ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރައްވައިގެން ނުވަ ބޭފުޅަކަށާއި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯއްދަވައިގެން 41 ބޭފުޅަކަށާއި ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރައްވައިގެން އެއް ބޭފުޅަކަށް

    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

    ހުނަރު ޕްރޮގްރާމާއި ހިލޭ ޑިގްރީ ޕްރޮގްރާމަކީ ދިވެހި ޖުމްހޫރިއްޔާގެ ކުރިމަގަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމެންޓް. މި ފާއިތުވި ހަތަރު އަހަރު މުޅިން އަލަށް 15،547 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިކުރެވިއްޖެ.
    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު
    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

    ހަތަރު އަހަރު ކުރިން ރައްޔިތުންގެ އޮތް އަނެއް ކަންބޮޑުވުމަކީ އޭނާގެ ސިޔާސީ ފިކުރާއި ވިސްނުން ނިސްބަތްވާ ގޮތުގެ ސަބަބުން އޭނާއާ މެދު އަމަލުކުރާ ގޮތާއި ކުރާ ތަފާތުގެ ބޮޑުކަން. ނަމަވެސް މިއަދު މުޅި ރާއްޖެއިން ފެންނަ ހަގީގަތަކީ އެ ތަފާތު ކުރުން މާޒީވެއްޖެކަން. ކުޑައެއް ބޮޑެއް، ސިޔާސީ ކުލައެއް ތަފާތުނުކޮށް ހަމަހަމަކަމާއެކު ރަށްތަކާ ރައްޔިތުންނަށް މިއަދު ޚިދުމަތް ލިބޭނެ. އަމާންވެއްޓެއް ގާއިމުވެ، ހަމަޖެހިލައިގެން ދިރިއުޅުމާމެދު ވިސްނާނެ މާހައުލެއް މިއަދު އެބައޮތް. އެއީ ކުރިއާ އަޅާބަލާ ނަމަ މިހާރު އެތައް ގުނައަކުން ރާއްޖެ އަމާން ކުރެވިއްޖެ.
    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

    އޯގާތެރިކަމާއެކު ހަމަ މަގުން ދައުލަތް ހިނގާނެ ހުރިހާ ހަމަތައް އެންމެ ހަތަރު އަހަރުން ފުރިހަމަވެ، ނިމޭނެ ކަމަށް ބަލައިގެން ނުވާނެ. އެނގި ހާމަވެ، ސާފުވި އެންމެ ބޮޑު ހަގީގަތަކީ އިންސާފުގެ މަގަށް ރާއްޖެ ރުޖޫއަކުރެވޭނެ ކަމުގެ އުންމީދު މި ހަތަރު އަހަރު ތެރޭ ގާއިމު ކުރެވިފައިވާކަން.
    ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން --
    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

    މީގެ ހަތަރު އަހަރު ކުރިން އަޅުގަނޑު ހަވާލުވި މަސްއޫލިއްޔަތު ބިނާވަނީ ވަކި ހާއްސަ ބަދަލުތަކެއްގެ މައްޗަށް. މިހާތަނަށް ރާއްޖެ ހިނގަމުން އައީ އިޖުތިމާއީ އަދި އިގުތިސާދީ ތަފާތުތަކަކާއެކު. އެކަމަށް ޒަމާނާ ގުޅޭ، ކޮންމެހެން ބޭނުން ބަދަލުތައް ގެނައުމަކީ އަޅުގަނޑުވީ ވައުދެއް. އޭގެ ފެށުމަކީ މިހާރު އެކަށައެޅި އިދާރީ ގޮތުން ރާއްޖެ ހިނގަމުން މިދާ ލާމަރުކަޒީ ބޮޑު ބަދަލުތައް. ބޭނުމަކީ އެއް ތަނެއްގައި ހިފެހެއްޓި ގަނޑުވެފައިވާ ބާރުތައް އޭގެ ޒާތުން ދިރި މުޅި ރާއްޖެއަށް ފަތުރާލުން.
    ރައީސް އިބްރާހީމް މުހައްމަދު ޞާލިހް

    މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން ބޭނުންވި އެންމެ ބޮޑު ކަމަކީ އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫއަވުން. އެ ދުވަހު ރައްޔިތުން ބޭނުންވީ ދެފުށްފެންނަ، ޖަވާބުދާރީ ކުރެވޭނެ، ގާނޫނު އަސާސީގެ ތަރަހައިގެ މައްޗަށް ދައުލަތް ބިނާވުން. އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތަކު ބާކީނުވެ މިނިވަންކަމާއެކު ދިރިއުޅުން އާރާސްތު ކުރެވޭނެ މާހައުލެއް.
    21:05
    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވާހަކަދައްކަވަނީ ---
    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

    މީގެ ހަތަރު އަހަރު ކުރިން އަޅުގަނޑު ދިވެހި ރައްޔިތުންނަށް އެރުވި ޔަގީން ކަމެއް ވާނެ. އެއީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރާނެ ކަމުގެ ޔަގީންކަން. ތަފާތެއް ނެތި ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އަޅުގަނޑު ދެމިހުންނާނެ ކަމުގެ ޔަގީންކަން. މިއަދު މީ އޭގެ ހަތަރު އަހަރު ފަސް. އެ ދުވަހު އެ ވީ ވައުދުން ކަސިޔާރު ނުވެ ދިވެހި ރައްޔިތުންނަށް ހަމަހަމަ ހަތަރު އަހަރު ކަމުގައި ފާއިތުވި ހަތަރު އަހަރު ވެގެން ހިނގައްޖެ.
    20:56

    ކެމިކަލް ގުދަންތަކާއި، ވޯކްޝޮޕްތައް މީހުން ދިރިއުޅޭ ތަންތަނާ އެކަހެރި ކުރަން ޖެހޭ ކަމަށް ރައީސް ޞާލިޙު ވިދާޅުވި

    20:55

    ރައީސްގެ ވާހަކަފުޅު ފެއްޓެވީ ބުދަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވަމުން

    20:53

    މިވަގުތު ވާހަކަ ދައްކަވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

    ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --
    20:42

    ކީރިތި ގުރުއާން ހިތުދަސްކޮށް، އެއް ވަނަ ދަރަޖައިން ފާސްވެގެން ރައީސްގެ ހާއްސަ މެޑަލް ހާސިލު ކުރި ހާފިޒުންނާއި ހާފިޒާއިންނަށް މެޑަލާއި ހަނދާނީ ލިޔުން ދެއްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

    20:41

    ޖުމްހޫރީ ދުވަހު ރަސްމީ ޖަލްސާގެ ފަށައިގެން ކުރިއަށް ދަނީ