ބައިސްކޯފަށް ހަތަރު އަހަރު، ދިވެހީންގެ މުނިފޫހިފިލުވުމަށް އާ ދިރުމެއް!
ބައިސްކޯފަށް ހަތަރު އަހަރު، ދިވެހީންގެ މުނިފޫހިފިލުވުމަށް އާ ދިރުމެއް!

ދިވެހި އޮރިޖިނަލް ކޮންޓެންޓު އެއް ތަނަކުން އެންމެ ފަސޭހައިން ބަލާލެވެން އޮތް ތަނަކީ ސްޓްރީމިން ސާވިސް ބައިސްކޯފުއެވެ. ބައިސްކޯފުގެ ލައިބްރަރީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނައިރު ބަލާނެ އެއްޗެއް ނެތިގެން ފޫހިވެގެން އުޅޭކަށް މިހާރު ނުޖެހޭނެއެވެ. ބައިސްކޯފަށް މިއަދު ހަތަރު އަހަރު ފުރޭއިރު ދިވެހި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއަށް މި ޚިދުމަތް މިއޮތީ އަގު ނުކުރެވޭ ވަރު މުހިއްމު އެއްޗަކަށް ވެފައެވެ.

މަދު ކޮންޓެންޓުތަކާއެކު ބައިސްކޯފު އެންމެ ފުރަތަމަ ލޯންޗުކޮށްފައިވަނީ 12 ނޮވެމްބަރު 2018 ގައެވެ. ތަފާތު ފޯމިއުލާއަކާއެކު ފެށި ބައިސްކޯފަކީ ދިވެހި މުނިފޫހިފިލުވުމުގެ ތަފާތު އެދި ދާއިރާތަކަށް އަލިއަޅުވާލާ މުހިއްމު ސްޓްރީމިން ސާވިސް އެކެވެ. ފިލްމުތަކާއި ޝޯތަކުން ފެށިގެން މިއުޒިކް ވިޑޯތަކާއި ލަވަތަކެއް ވެސް ސްޓްރީމް ކޮށްލުމުގެ ޚިދުމަތް ބައިސްކޯފުން ލިބެއެވެ. މި ސްޓްރީމިން ސާވިސް އެހާ ތަފާތު ވަނީ އެހެންވެއެވެ.

ދިވެހީންގެ ތެރޭގައި މަގުބޫލުކަން ހޯދާފައިވާ ކޮންޓެންޓުތަކާއެކު ބައިސްކޯފުން ޚިދުމަތް ފެށި ނަމަވެސް މިހާރު މި ސާވިސް ވަނީ ބޮޑު ކޮންޓެންޓް ޕަވާހައުސް އަކަށް ބަދަލުކޮށްލާފައެވެ.

އަމިއްލަ ތަފާތު ޝޯތައް މިހާރު ބައިސްކޯފުގެ ލައިބްރަރީގައި ގުނާ ލެވޭ ވަރަށްވުރެ އިތުރުކޮށްލާފައިވާއިރު މިދިޔަ އަހަރު ވެގެން ދިޔައީ ބައިސްކޯފަށް އެކި ގޮތްގޮތުން ވަރަށް ބޮޑު އަހަރަކަށެވެ. ތަފާތު އެކި ކޮންޓެންޓުތަކާއެކު މިދިޔަ އަހަރު އެކަނިވެސް ވަނީ ބައިސްކޯފުގެ ލައިބްރަރީ އެއްކޮށް މުއްސަނދިކޮށްލާފައެވެ.

މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި ރިލީޒްކޮށްފައިވާ ކޮންޓެންޓުތަކާއެކު ބައިސްކޯފު އޮރިޖިނަލްސްތަކުގެ ތެރޭގައި 10 އަށް ވުރެ ގިނަ ޕްރޮޑަކްޓު ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ،

"ނޫންތަ؟"
"އޮފީސް ލޯބި"
"ހީކުރީމަ ހީކުރީ"
"ވިހާލި"
"ނެތީމޭ"
"ސަޕް ރާއްޖެ"
"ގިރިޓީ ލޯބި"
"ގުދަން"
"ނެކްސްޓް ޓު ޔޫ"
"މަޒްލޫމް"
"ލަމްސް ބުޓީކް"
"ކުރުވާހަކަ މުބާރާތް"
"ބްރިޖު"
"ރިމްޝާ"
"ބޭބީ"
"ހިއްސު"

މަތީގައި ފާހަގަކޮށްފައިވާ ކޮންޓެންޓު ތަކަކީ ފާއިތުވި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބައިސްކޯފުން ނެރެފައިވާ ކޮންޓެންޓުތަކެވެ. މީގެތެރޭގައި އޮރިޖިނަލް ސްކްރިޕްޓެޑް ޝޯތަކައި ޓޯކް ޝޯތައް ވެސް ހިމެނެއެވެ. އަދި ޑްރާމާއިން ފެށިގެން ތުރިލާ އަދި ކޮމެޑީ އަދި އެ ނޫން ޖޯންރާގެ ޝޯތައް ވެސް މި ލިސްޓުގައި ހިމެނެއެވެ.

ބައިސްކޯފަށް ދުވަހެއް ދުވަހަކަށް އޮރިޖިނަލް ކޮންޓެންޓް އިތުރުވުމަކީ މި ޕްލެޓްފޯމަށް އޮތް މަގުބޫލުކަން އިތުރުވާ ކަމުގެ ހެއްކެކެވެ. އަދި އާންމުންގެ މެދުގައި މަގުބޫލު ޕްލެޓްފޯމަކަށް ބައިސްކޯފު ހެދުމަށް އެ ޕްލެޓްފޯމުގެ ކޮމިޓްމެންޓު އޮތްކަން ވެސް މިކަމުން ހާމަވެގެން ދެއެވެ.

ބައިސްކޯފުގެ ބުރަ މަސައްކަތާއި މިދިޔަ އަހަރުގެ ކާމިޔާބީތަކަކީ ދިވެހި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީއަށް ވެސް ވަރަށް މުހިއްމު އަހަރެކެވެ.

ކޮވިޑާ ގުޅިގެން ދިވެހި ހަމައެކަނި ސިނަމާ ކަމަށްވާ އޮލިމްޕަސް ބަންދުކުރުމުގެ ސަބަބުން ދިވެހި އޮރިޖިނަލް އެއްވެސް ކޮންޓެންޓެއް މިދިޔަ އަހަރު ބޮޑު ސްކްރީނަށް އައިސްފައެއް ނުވެއެވެ. އޮލިމްޕަސް ބަންދު ވުމުން ދިވެހި އާޓިސްޓުންގެ ހުނަރުތައް ދައްކާލެވޭނެ ގޮތްތައް ވަރަށް ބޮޑަށް ހަނިވެގެން ދެއެވެ.

ބައިސްކޯފު މިދިޔަ އަހަރު އެހާ ބޮޑަށް މުހިއްމު ވަނީ މި ސަބަބާ ހުރެގެންނެވެ. ދިވެހި ކޮންޓެންޓު ދައްކާނެ ގޮތެއް ނެތިފައި އޮއްވައި އެކަމަށް ލިބުނު އެންމެ ވަރުގަދަ ޖަވާބަކީ ބައިސްކޯފެވެ. އަދި އޮލިސްޕަހަށް ދިމާވެފައިވާ ދަތިކަމުގެ ފޫބެއްދުމުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވީ ބައިސްކޯފެވެ، މި ސާވިސްގެ ލައިބްރަރީއަށް ބަލާލުމުން މިކަން އެނގޭނެއެވެ.

ބައިސްކޯފު ބަލާ އާންމުންގެ އޯޑިއެންސް އިތުރަށް ފުޅާ ކުރުމަށްޓަކައި ދާދިފަހުން ވަނީ ބައިސްކޯފު ޓީވީ އިން ވެސް ބަލާލެވޭނެ ހިދުމަތް ތައާރަފުކޮށްފައެވެ. އެންމެ ފަހުން ބައިސްކޯފުން ބާއްވާފައިވާ "ޗަނާޗާ" ފެސްޓިވަލް އަކީ ވެސް ބައިސްކޯފުގެ އޯޑިއެންސް އިތުރަށް އެންގޭޖުކޮށް މުނިފޫހިފިލުވުމުގެ އިތުރު ދާއިރާތަށް ފުޅާކުރުމަށް ފުރިހަމަ ކުރި ބޮޅެކެވެ. ތަފާތު މިއުޒިކް އާޓިސްޓުންނާއި ރާއްޖެއިން ބޭރުން ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ސްރީ ލަންކާގެ ޔޯހާނީ ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ފެސްޓިވަލް ވެސް ވެގެން ދިޔައީ ބޮޑު ހިޓަކަށެވެ.

މި ބުރަ މަސައްކަތްތަކާއެކު ވެސް ބައިސްކޯފު އަދިވެސް ވިސްނަމުން އަންނަނީ ކުރިއަށް އޮތް ތަނަށް މި ސްޓްރީމިން ސާވިސް އިތުރަށް ފުޅާ ކުރުމަށެވެ. އެގޮތުން ބައިސްކޯފަށް ހަތަރު އަހަރު މިއަދު ފުރުނު އިރު ކުރިއަށް ދާއިރުވެސް ތަފާތު ކަންތައްތަކެއް ފެންނާނެކަމުގެ ޔަގީންކަން ބައިސްކޯފުން ދެއެވެ. އެގޮތުން އާންމުންނަށް އިތުރު ކޮންޓެންޓުތަކާއި އެކި ކަހަލަ ފީޗާސްތައް ވެސް ބައިސްކޯފަށް އިތުރުކުރާނެ ކަމަށް ބައިސްކޯފުން ކަށަވަރުކުރެއެވެ.