11 Nov 2022, 18:41
މިމަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑްކަޕްގައި ކުޅޭ ސްޕެއިންގެ ކުޅުންތެރިންގެ ސްކޮޑުން ސާޖިއޯ ރާމޮސް އާއި ތިއާގޯ އަލަކަންޓާރާ ބާކީކޮށްފިއެވެ.
ޕީއެސްޖީއަށް ކުޅެމުން އަންނަ ރާމޮސްއަކީ ސްޕެއިންގެ ގަައުމީ ޓީމުގެ ކެޕްޓަނެވެ. ނަމަވެސް ކުރީގެ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ސްޕެއިންގެ ކޯޗުކަމާ ހަވާލުވިފަހުން ރާމޮސްއަށް ޓީމުން ޖާގައެއް ނުލިބެއެވެ.
ރާމޮސްއަކީ ސްޕެއިންގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިއާއެވެ. އޭނާ ވަނީ ސްޕެއިންގެ ގައުމީޓީމަށް 180 މެޗު ކުޅެދީފައެވެ. އުމުރުން 36 އަހަރުގެ ރާމޮސް ޕީއެސްޖީއަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަަންނައިރު މި ވޯލްޑްކަޕަކީ އޭނާގެ އެންމެ ފަހު ވޯލްޑްކަޕަށް ވެދާނެކަމަށް ގިނަ ފުޓުބޯޅަ ދިރާސާ ކުރާ މީހުން ލަފާކުރެއެވެ.
ލުއިސް އެންރީކޭގެ ކޯޗު ކަމުގައި ޖާގަ ހޯދަމުން އައި ލިވަޕޫލްގެ ތިއާގޯ އަލަކަންޓާރާ އަނިޔާއިން ރަނގަޅުވެ އަންނަނީ ކުޅުމުގައި ބައިވެރިވަމުންނެވެ. ނަމަވެސް އޭނާ ސްކޮޑުން ބާކީ ކުރި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.
ވޯލްޑްކަޕްގައި ސްޕެއިން ހިމެނެނީ ގްރޫޕް އީގައެވެ. އެ ގްރޫޕްގައި ހިމެނެނީ ކޯސްޓަރީކާއާއި، ޖަޕާންގެ އިތުރުން ވަރުގަދަ ޖަރުމަނެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި މި މަހުގެ 23 ވަނަ ދުވަހު ނިކުންނާނީ ކޯސްޓަ ރީކާއާ ދެކޮޅަށެވެ.
ވޯލްޑްކަޕަށް ސްޕެއިން ނެގި ސްކޮޑް
ކީޕަރުން
- އުނައި ސިމޮން - އެތުލެޓިކް ބިލްބާއޯ
- ރޮބާޓް ސަންޗޭޒް - ބްރައިޓަން
- ޑޭވިޑް ރަޔާ - ބްރެންޓްފޯޑް
ޑިފެންޑަރުން
- ކެސާ އަޒްބްލިކުއެޓާ - ޗެލްސީ
- ޑެނީ ކާވަހާލް - ރެއާލް މެޑްރިޑް
- އެރިކް ގާސިއަ - ބާސެލޯނާ
- ހޫގޯ ގުލަމޮން - ވެލެންސިއާ
- ޕައު ޓޮރެސް - ވިލަރެއާލް
- އައިމެރިކް ލަޕޯޓް - މެންޗެސްޓާ ސިޓީ
- ޖޯޑީ އަލްބާ - ބާސެލޯނާ
- ހޯސޭ ގަޔާ - ވެލެންސިއާ
މިޑްފީލްޑަރުން
- ސާޖިއޯ ބުސްކެޓް - ބާސެލޯނާ
- ރޮޑްރީ ހަނާންޑޭޒް - މެންޗެސްޓާ ސިޓީ
- ޕަބްލޯ ގަވީ - ބާސެލޯނާ
- ކާލޮސް ސޮލާ - ޕީއެސްޖީ
- މާކޮސް ލޮރެންޓޭ - އެތުލެޓިކޯ މެޑްރިޑް
- ޕެޑްރީ ގޮންޒާލޭޒް - ބާސެލޯނާ
- ކޯކޭ - އެތުލެޓިކޯ މެޑްރިޑް
ފޯވާޑުން
- ފެރާން ޓޮރެސް - ބާސެލޯނާ
- ނިކޯ ވިލިއަމްސް - އެތުލެޓިކޯ ބިލްބާއޯ
- ޔެރެމީ ޕީނޯ - ވިލަރެއާލް
- އަލްވާރޯ މޮރާޓާ - އެތުލެޓިކޯ މެޑްރިޑް
- މާކޯ އެސެންސިއޯ - ރެއާލް މެޑްރިޑް
- ޕަބްލޯ ސަރަބިއާ - ޕީއެސްޖީ
- ޑަނި އޮލްމޯ - ލެއިޕްޒިގް
- އަންސޫ ފަތީ - ބާސެލޯނާ