ބަނޑުގައި ވައި ހެދި ބަނޑަށް ބާރުވުން ނުވަތަ ބްލޯޓު ވުމަކީ ގިނަ ބަޔަކަށް ދޭތެރެ ދޭތެރެއިން ދިމާވާ ކަމެކެވެ. މިއީ ހަމަ ވަރަށް އާންމު ގޮތަކަށް ވެސް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ނަމަވެސް މިއީ ވަރަށް ވޭން ހުރި އުނދަގޫ ބޮޑު ކަމެކެވެ.

ބްލޯޓުވާ ހިނދު އެންމެ ފުރަތަމަ ވެސް އެކަމަށް އެކި ކަހަލަ ހައްލުތައް ބޭނުންވެއެވެ. ނަސީބަކުން ބްލޯޓު ވާނަމަ ފަސޭހައިން ހައްލެއް ހޯދޭނެ ގޮތްތަކެއް އެބަހުއްޓެވެ.

ޑައިޓީޝަނުން ބުނާގޮތުގައި ގޭގައި ލިބެން ހުރި އެއްޗެހި ބޭނުންކޮށްގެންވެސް ބްލޯޓިން ވަގުތީ ގޮތުން ހައްލު ކޮށްލެވޭނެއެވެ. ނަމަވެސް ބްލޯޓުވުމަކީ އާންމުކޮށް އަބަދު ވާ ކަމެއް ނަމަށް، އެކަމުގެ މާހިރަކަށް ވަގުތުން ދެއްކުމަށް ޑައިޓީޝަނުން އިތުރަށް ލަފާ ދެއެވެ. ސަބަބަކީ އިތުރު މައްސަލައެއް އުޅޭ ނަމަ ދެނެގަނެވޭނީ އޭރުން ކަމަށްވާތީއެވެ.

ވީމާ ޑައިޓީޝަނުން ފާހަގަކުރާ ކަންތައްތަކުގެ ތެރެއިން ބްލޯޓިން މަޑު ކުރުމަށް އެންމެ ފަސޭހައިން ކުރެވިދާނެ ފަސް ކަމެއް ހިމަނާލަމެވެ.

1. ކާއިރު ވީހާ ވެސް މަޑުމަޑުން ކެއުމަށް އާދަކުރުން. ކާ އިރު ލަސް ލަހުން ކެއުމަކީ ކުޑައިރުން ފެށިގެން ވެސް ދަސްކޮށްދޭ އާދައެކެވެ. މިއީ މީހާގެ ބަނޑަށް އުނދަގޫ ކުރުމުން ވެސް ދުރުކޮށްދޭ އާދައެކެވެ.

2. ޕޮޓޭސިއަމް ގިނަ އަދަދަކަށް ހިމެނޭ އެއްޗެހި ކާނާގެ ތެރޭގައި އާންމުކޮށް ބޭނުންކުރުން. މިސާލަކަށް، ދޮންކެޔޮ

3. ގިނަ އަދަދަކަށް ހަކުރު ހިމެނޭ އެއްޗެއްސާއި ގްލުޓެން ހިމެނޭ އެއްޗެހި ބޭނުންކުރުން ވަކި މުއްދަތަކަށް މެދުކަނޑާލުން

4. ކޮންމެ ފަހަރަކު ކައި ނިމިގެން ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓު އިށީނދެލައިގެން ހަމަޖެހިލައިގެން އިނުން. އަދި ބަނޑު ހަމަޖައްސާލުމަށް ފަހު މަދުވެގެން ދެ މިނެޓު ވަންދެއް ހިނގާލުމަށް އާދަކުރުން. ދެ މިނެޓަށް ވުރެ ގިނަ ވަގުތު ހިނގުމުގައި ހޭދަ ކުރިޔަސް އެންމެ ރަނގަޅުވާނެއެވެ.

5. އިށީނުމަށްފަހު އެތެރެއަށް ފުންކޮށް ނޭވާލައި ބޭރުކޮށްލުން. ގާތްގަނޑަކަށް ހަތަރު ވަރަކަށް ފަހަރު މިގޮތަށް ކަންތައް ކުރޭ.

އެހެންކަމުން ގޭހުގެ މައްސަލަ އުޅޭނަމަ މިކަންކަން ކުރުން މުހިންމެވެ.