06 Apr 2012, 15:28
މަގުމަތިން ދިޔަ އަންހެނެއްގެ އަތް ދަބަސް ފޭރިގަތް މީހަކު މިއަދު ހައްޔަރު ކޮށްފި އެވެ.
ޖަސްޓިސް ބިލްޑިން ކުރިމަތިން އަންހެން މީހާގެ ދަބަސް ފޭރިގަތީ ދެމީހަކު ވެގެނެވެ. ނަމަވެސް ފުލުުން ބުނީ އޭގެ ތެރެއިން އަތުލައިގެނެވި ހައްޔަރު ކޮށްފައިވަނީ މ. ޒިލިއަން، އަހުމަދު އިހުސާން، ،25 ކަމަށެވެ. ހާދިސާއަށްފަހު ފިލާފައިވާ އަނެއް މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ފޭރުމުގެ މި ހާދިސާގެ އިތުރުން ވެސް މިއަދު ހެނދުނު ހ. ގާޑަންބިއުޓީ އިން ވެސް ވަނީ ވައްކަން ކޮށްފަ އެވެ. ފުލުހުން ބުނީ އެ ގެއިން ވަގަށް ނެގި ލެޕްޓޮޕެއް ހޯދަމުން ދަނިކޮށް އެހެން ހ. ސްކައިނެޓްގައި އެ ލެޕްޓޮޕް ހުއްޓާ އެގެއިން ބަޔަކު ރިޕޯޓު ކުރުމުން އެގެއަށް ގޮސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެގެއިން ހައްޔަރު ކުރީ މުހައްމަދު އަތީގު ރުޝްދީ 35، އެވެ.
ވައްކަމާ ފޭރުމުގެ ހާދިސާތައް މާލޭގައި ދަނީ އަނެއްކާވެސް އިތުރުވަމުންނެވެ.