މާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން އެންމެ ފުރަތަމަ ބުނީ އަލިފާން ރޯވީ ހ. ކަރަންކާގޭ ކުރިމަތީގައި ހުރި ގެއެއްގެ ގްރައުންޑް ފްލޯގައި ކަމަށާއި ހާދިސާގެ ރިޕޯޓު ލިބުނީ 9:23ގައި ކަމަށެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން އެމްއެންޑީއެފުން ވަނީ 9:42ގައި އަލިފާން ނިއްވާލެވިއްޖެ ކަމަށް ބުނެފައެވެ. އަދި ރޯވީ ހ. ސާޒްގޭގައި ހުރި ކުނިތަކެެއްގައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް ސިފައިން ބުންޏެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސަންގެ ނޫސްވެރިޔާ ބުނި ގޮތުގައި ރޯވީ މީހުން ދިރިނޫޅޭ، ފަޅު ގެއެއްގައެވެ.

މިރޭ އެ ހާދިސާ ހިނގީ، މާފަންނުގައި ހުރި ގެއެއްގައި ރޭ އަލިފާން ރޯވުމުގެ ސަބަބުން 10 މީހަކު މަރުވި ފަހުންނެވެ. އެއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.