10 Nov 2022, 18:05
ދަމާސްއިން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް "އިލެވެން އިލެވެން"ގެ ނަމުގައި ފަށަން ނިންމައިފިއެވެ.
އެ ޕްރޮމޯޝަންގެ ދަށުން، ދަމާސްގެ ވިޔަފާރިވެބްސައިޓްމެދުވެރިކޮށް މިރޭ 12:00އިން ފެށިގެން މާދަމާ ރޭ 12:00އާ ހަމައަށް ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށްވެސް ބޮޑެތި ޑިސްކައުންޓްތައް ލިބޭނެއެވެ.
މި ޕްރޮމޯޝަންގައި ވެބްސައިޓްގެ އިތުރުން ދަމާސް އެކްސްޕްރެސްގެ އެޕްލިކޭޝަނުން ތަކެތި ގަނެގެން ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
ޑިސްކައުންޓް ލިބޭ ތަކެތީގެ ތެރޭގައި ފަރުނީޗަރާއި ގޭގައި ބޭނުންކުރާ ތަކެތި ހިމެނެއެވެ. މި ޕްރޮމޯޝަނަށް ކައުންޓްޑައުންއެއް ފެށުމުގެ ގޮތުން ދަމާސް އިން ގެންދަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންވެސް ޕްރޮމޯޝަނެއް ހިންގަމުންނެވެ. އެގޮތުން އެ ޕްރޮމޯޝަނުން ދަމާސްއިން ތަކެތި ގަންނަ ފަރާތްތަކަށް 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެެވެ.

ދަމާސްއިން 11:11 ގެ ކައުންޓްޑައުންއަށް ކުރިއަށް ގެންދާ ޕްރޮމޯޝަން
ދަމާސްއިން ބުނީ "އިލެވެން އިލެވެން" ޕްރޮމޯޝަން ކުރިއަށްގެންދަނީ މާދަމާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވެސް އޮންލައިން ވިޔަފާރިތަކުން ޚާއްސަ ޑިސްކައުންޓްތަކާއެކު ޕްރޮމޯޝަންތައް ހިންގާ ދުވަހަކަށް ވުމުން, ދަމާސްއިން ވެސް ރާއްޖޭގައި މިކަން ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ކަމަށެވެ.
މި ޕްރޮމޯޝަންގެ ދަަށުން ވެބްސައިޓް މެދުވެރިކޮށް ގަންނަ ހުރިހާ ތަކެއްޗެއް މާލެ އާއި ހުޅުމާލެ ނަމަ އެޕާޓްމެންޓާ ހަމައަށް ހިލޭ ގެންގޮސް ރާވައި ދޭނެއެވެ. އަދި އޯޑަރު ދިނީ ރަށަކުން ނަމަ އެ ރަށެއްގެ ބޯޓަކާ ހަމައަށް ހިލޭ ގެންގޮސްދޭނެއެވެ.
ދަމާސް އެކްސްޕްރެސްއަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ އަގުހެޔޮކޮށް ފަރުނީޗަރާއި ގޭތެރޭގެ ސާމާނުތައް ސަޕްލައިކޮށް ވިއްކާ އެއް ކުންފުންޏެވެ. ދަމާސްގެ އަމާޒަކީ އެންމެ އަގުހެޔޮކޮށް ކޮލެޓީ ތަކެތި ސަޕްލައިކޮށްދިނުމެވެ.