ގޭބަންދަށް ހުކުމްކޮށްފައިވާ ދެމީހަކު ރޭ ދަންވަރު ކަތިވަޅިއަކުން ފުލުހަކަށް ހަމަލަދިނުމުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެއީ މަސްއޮޑި ގުރޫޕަށް ނިސްބަތްވާ ދެ މީހަކު ކަމަށެވެ.

އެ ދެމީހުންނަކީ ޏ. ފުވައްމުލައް ދިގުވާނޑު، އައިރީ، އަޙްމަދު މުންސިފު އާއި މ. ކޮޅުފުށީ ޒަހީރާމަންޒިލް އަޙްމަދު ސިރުޙާން ޝަމީމެވެ.

ފުލުހުން ބުނީ ނަލަހިޔާ ހޮޓާ ކައިރިން ފުލުސް މީހާއަށް އެ ދެ މީހުން ކަތިވަޅިން ހަމަލަދޭން އުޅުނީ ފުލުހުންގެ ޗެކް ޕޮއިންޓަކަށް މަޑުކުރަން އެންގުމުން ވެސް ޗެކް ޕޮއިންޓް ފަޅާފައި ފިލައިގެން ދާން އުޅުމުން ފުލުހުން އެ ދެމީހުން ހުއްޓުވަން އުޅުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށެވެ.

މި ހާދިސާގައި ފުލުހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް ޔުނިފޯމްގެ މަތިން ލާފައި ހުރި ވެސްޓްގައި ވަޅި އެޅި ގެއްލުން ލިބުނެވެ. ފުލުހުން ފަށާފައިވާ ރޯޑް ސޭފްޓީ ޕްރޮގްރާމުގައި ވެހިކަލް ޗެކް ޕޮއިންޓްތައް ފަޅާލައި ފުހުންނަށް ހަމަލާ ދިނުން ވަނީ އާންމު ކަމަކަށް ވެފަ އެވެ. އަދި އެފަދަ ފަރާތްތައް ފުލުހުން ދަނީ ހައްޔަރުކޮށް ލައިސަންސް ހިފެހެއްޓުމުގެ އިތުރުން ވެހިކަލް ޓޯކޮށް ފިޔަވަޅު އަޅަމުންނެވެ.