09 Nov 2022, 18:15
ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން މާނޭއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނޭ ކަމަށް ފްރާންސްގެ ކުޅިވަރު ރިޕޯޓްތަކުން ބުނެފިއެވެ.
މާނޭއަށް އަނިޔާވެފައި ވަނީ އޭނާ ކުޅޭ ކްލަބް ބަޔާން މިޔުނިކް އިން ބްރެމެންއާ ދެކޮޅަށް ކުޅެ، 6-1ގެ ނަތީޖާއަކުން މޮޅުވި މެޗުގައެވެ. އެ މެޗުގެ 20 ވަނަ މިނެޓުގައި ކަކުލަށް އަނިޔާވުމުގެ ސަބަބުން މާނޭ ވަނީ ބަދަލުކޮށްފައެވެ.
އެ އަނިޔާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ބަޔާންގެ ކޯޗް ނަގެލްސްމަން ވިދާޅުވީ އަނިޔާގެ ކުޑަ ބޮޑުމިން ޔަގީން ކުރުމަށްޓަކައި އެކްސްރޭ އެއް ހަދަން ޖެހޭނެ ކަމަށެވެ.
އޭގެ ފަހުން ފްރާންސްގެ ކުޅިވަރަށް ހާއްސަ ނޫހަކުން ވަނީ މާނޭއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަމަށް މިހާރު ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.
މާނޭއަށް އަނިޔާ މިވީ ވޯލްޑް ކަޕަށް އެންމެ 11 ދުވަސް އޮއްވައެވެ. ވޯލްޑް ކަޕް ގްރޫޕް އޭގައި މާނޭގެ ގައުމު ސެނެގާލް އޮތް އިރު، އެގްރޫޕްގެ ފޭވަރިޓުންނަކީވެސް ސެނެގާލްއެެވެ. ނަމަވެސް، އެޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް ލިބުނު އަނިޔާއާއެކު ސެނެގާލް ޓީމަށް ވެސް މިވަނީ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.
މާނޭ ވަނީ ބަޔާން މިޔުނިކަށް ކުޅުނު 93 މެޗުގައި 43 ގޯލް ޖަހައިފައެވެ. އޭނާއަކީ 2021 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ ވެސްމެއެވެ.